Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ސްޕެނިޝް ލަލީގާ

ސްޕެނިޝް ލަލީގާ: ސެވިއްޔާ ބަލިކޮށް ބާސާ އެއްވަނަ އަށް ޖެހިލައިފި

ބާސާ އެއްވަނައިގައި އޮތީ 18 ޕޮއިންޓާއެކު

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 21 އޮކްޓޯބަރު 2018 | އާދީއްތަ 04:19
ބާސާ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ

ބާސާ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ

ސްޕެނިޝް ލަލީގާގައި ސެވިއްޔާ ބަލިކޮށް ބާސެލޯނާ ޕޮއިންޓް ތާވަލުގެ އެއްވަނަ އަށް ޖެހިލައިފިއެވެ.

ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗު ސެވިއްޔާއާ ވާދަކޮށް ބާސާ އިން ކާމިޔާބު ކުރީ 2-4 ގެ ނަތީޖާއަކުންނެވެ.

ބާސާ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ދެވަނަ މިނެޓުގައި އެޓީމުން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު ލިއޮނެލް މެސީގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ ފިލިޕޭ ކުޓީނިއޯއެވެ.

މި ލަނޑަށް ފަހު ސެވިއްޔާ އަށް ވަނީ ނަތީޖާ ހަމަހަމަކުރުމަށް ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އެހެން ނަމަވެސް 12 ވަނަ މިނެޓުގައި ބާސާ އިން ވަނީ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު ލުއިސް ސުއަރޭޒްގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ މެސީއެވެ.

މެޗުގެ 18 ވަނަ މިނެޓުގައި ބާސާގެ މެސީގެ އަތަށް އަނިޔާވުމުން އޭނާ ވަނީ ޑެމްބެލޭއާ ބަދަލު ކޮށްފައެވެ. އެގޮތުން މެޗުގެ ބޮޑުބައި ބާސާ އިން ކުޅުނީ މެސީއާ ނުލައެވެ.

ފުރަތަމަ ހާފް ނިމުނީ ބާސާގެ މޮޅު ކުޅުމާއެކު 0-2 ގެ ނަތީޖާއިން ސެވިއްޔާގެ މައްޗަށް އެޓީމު ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެންވެސް ބާސާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، 63 ވަނަ މިނެޓުގައި އެޓީމުން ވަނީ ތިންވަނަ ލަނޑު ކާމިޔާބު ކޮށްފައެވެ. މި ލަނޑު އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރީ ސުއަރޭޒްއެވެ.

މެޗުގެ ފަހު 10 މިނެޓު ތެރޭގައި ތިން ލަނޑު ވަނީ ފެނިގެން ގޮސްފައެވެ. އެގޮތުން 81 ވަނަ މިނެޓުގައި ސެވިއްޔާ އިން ނަތީޖާގެ ފަރަގު ކުޑަކުރިއިރު، މި ލަނޑަކީ ބާސާގެ ކްލިމެންޓް ލެންގްލެޓް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

އެހެންނަމަވެސް މެޗުގެ 88 ވަނަ މިނެޓުގައި އިވާން ރަކިޓިޗް ބާސާގެ ހަތަރުވަނަ ލަނޑު ކާމިޔާބު ކޮށްފައިވާއިރު، އިތުރުވަގުތުގައި ސެވިއްޔާ އިން ވަނީ އެޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ލުއިސް މުރިއެލްއެވެ.

މި ނަތީޖާއާއެކު ބާސާ އޮތީ ކުޅުނު ނުވަ މެޗުން ލިބުނު 18 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ އެއްވަނައިގައެވެ. މެޗުން ބަލިވި ސެވިއްޔާ އަށް ނުވަ މެޗުން 16 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު ވަނީ ޕޮއިންޓް ތާވަލުގެ ތިންވަނަ އަށް ވެއްޓިފައެވެ.

ހޮނިހިރު ދުވަހުގެ ރޭ އެޓްލެޓިކޯ މެޑްރިޑް އާއި ވިޔަރެއާލް ބައްދަލުކުރި މެޗު ނިމުނީ 1-1 ގެ ނަތީޖާއިން އެއްވަރުވެގެންނެވެ.

ވިޔަރެއާލް ދަނޑުގައި ކުޅުނު މި މެޗުގައި ފުރަތަމަ ހާފްގައި ލަނޑެއް ފެނިގެން ނުދާއިރު، ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ އެޓްލެޓިކޯ އިންނެވެ. މި ލަނޑު 51 ވަނަ މިނެޓުގައި ކާމިޔާބުކުރީ ފިލިޕޭ ލުއިޒްއެވެ. ވިޔަރެއާލް އިން ނަތީޖާ ހަމަހަމަކުރީ 65 ވަނަ މިނެޓުގައި މާރިއޯ ގަސްޕާ ކާމިޔާބުކުރި ލަނޑުންނެވެ.

މި ނަތީޖާއާއެކު އެޓްލެޓިކޯ އޮތީ ސެވިއްޔާއާ އެއް އަދަދަކަށް ޕޮއިންޓް ހޯދައިގެން އެޓީމުގެ ފަހަތުން ޕޮއިންޓް ތާވަލުގެ ހަތަރުވަނައިގައެވެ. އެޓްލެޓިކޯ އަށް ހަތަރުވަނަ ލިބެނީ ލަނޑުގެ ތަފާތުންނެވެ. ވިޔަރެއާލް އޮތީ ނުވަ މެޗުން ލިބުނު ނުވަ ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 14 ވަނައިގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް

ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

26 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

6 ޖޫން
އޮސްޓްރޭލިއާ އިން ރާއްޖެ އަންނަ ފަތުރުވެރިންނަށް އިންޒާރެއް
20251 އަހަރު ކުރިން
ރާއްޖެ

އޮސްޓްރޭލިއާ އިން ރާއްޖެ އަންނަ ފަތުރުވެރިންނަށް އިންޒާރެއް

ޕާޓޭން ވަންނަ ކަމަށް ބުނެ، ސަލްމާން މިސްކިތް ރޭގަނޑު 9:00ގައި ބަންދުކުރަން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ޕާޓޭން ވަންނަ ކަމަށް ބުނެ، ސަލްމާން މިސްކިތް ރޭގަނޑު 9:00ގައި ބަންދުކުރަން ފަށައިފި

މަރުގެ ތުންފަތް މައްޗަށް ދެ ފަހަރު، ހިބައިން ނަގާފައި ދިނީ ކިޑްނީ
20233 އަހަރު ކުރިން
ރިޕޯޓު

މަރުގެ ތުންފަތް މައްޗަށް ދެ ފަހަރު، ހިބައިން ނަގާފައި ދިނީ ކިޑްނީ

ކެންސަރަށް ދެވުނު ފަރުވާއަކުން ޑޮކްޓަރުން ހައިރާންވާފަދަ ނަތީޖާއެއް
20224 އަހަރު ކުރިން
ސިއްހަތު

ކެންސަރަށް ދެވުނު ފަރުވާއަކުން ޑޮކްޓަރުން ހައިރާންވާފަދަ ނަތީޖާއެއް

ފިޔާތޮށި އަހުމަދު މަނިކުގެ ޚުލްގާއި ގައުމީ ޚިދުމަތަށް ބަލައިލުމެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިޔާތޮށި އަހުމަދު މަނިކުގެ ޚުލްގާއި ގައުމީ ޚިދުމަތަށް ބަލައިލުމެއް

ހުކުރު ނަމާދުގައި ހުއްޓަ އަނބުރައިގަނެގެން ވެއްޓުނު މީހާ ނިޔާވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ހުކުރު ނަމާދުގައި ހުއްޓަ އަނބުރައިގަނެގެން ވެއްޓުނު މީހާ ނިޔާވެއްޖެ

ފައިސަލްގެ ލޮލަށް ނުރައްކާތެރި ބައްޔެއް ޖެހިފައިވާއިރު ޕާސްޕޯޓު ނުދިނުމަކީ ކަންބޮޑުވާ މައްސަލައެއް: އިދިކޮޅު ފަރާތްތައް
20188 އަހަރު ކުރިން
ރާއްޖެ

ފައިސަލްގެ ލޮލަށް ނުރައްކާތެރި ބައްޔެއް ޖެހިފައިވާއިރު ޕާސްޕޯޓު ނުދިނުމަކީ ކަންބޮޑުވާ މައްސަލައެއް: އިދިކޮޅު ފަރާތްތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު