Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ނޭޝަންސް ލީގު

ނޭޝަންސް ލީގު: ސްޕެއިން ބަލިކޮށް އިންގްލޭންޑް އުންމީދު އާކޮށްފި

16 އޮކްޓޯބަރު 2018 | އަންގާރަ 06:09

ސްޕެއިންގެ މައްޗަށް އިންގްލޭންޑް ކުރި ހޯދީ 2-3 ގެ ނަތީޖާއަކުން

ލީވާން އަލީ
ލީވާން އަލީ | 16 އޮކްޓޯބަރު 2018 | އަންގާރަ 06:09
ސްޕެއިން އަދި އިންގްލޭންޑް ބައްދަލުކުރި މެޗުގެ ތެރެއިން

ސްޕެއިން އަދި އިންގްލޭންޑް ބައްދަލުކުރި މެޗުގެ ތެރެއިން

ޔުއެފާ ނޭޝަންސް ލީގުގައި ސްޕެއިން ބަލިކޮށް އިންގްލޭންޑުން އުންމީދު އާކޮށްފިއެވެ.

ހޯމަ ދުވަހުގެ ރޭ ކުޅުނު މެޗު ސްޕެއިންއާ ވާދަކޮށް އިންގްލޭންޑުން މެޗު ކާމިޔާބުކުރީ 2-3 ގެ ނަތީޖާއަކުންނެވެ.

ސްޕެއިން ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ރަނގަޅަށް ކުޅުނީ ސްޕެއިނުންނެވެ. އެގޮތުން އެޓީމުން ވަނީ އިންގްލޭންޑްގެ ހާފަށް ބާރުބޮޑުކޮށް ލަނޑު ޖެހުމަށް ފުރުސަތުތައް ތަނަވަސްކޮށްފައެވެ.

އެހެންނަމަވެސް 16 ވަނަ މިނެޓުގައި އިންގްލޭންޑުން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު މާކަސް ރަޝްފަޑްގެ އެހީތެރިކަމާ އެކު ކާމިޔާބުކުރީ ރަހީމް ސްޓާލިންއެވެ.

އިންގްލޭންޑުން ލީޑު ފުޅާކުރީ 29 ވަނަ މިނެޓުގައެވެ. މި ލަނޑު ހެރީ ކޭންގެ އެހީތެރިކަމާ އެކު ކާމިޔާބުކުރީ މާކަސް ރަޝްފަޑްއެވެ. އިންގްލޭންޑުން ތިން ވަނަ ލަނޑު ޖެހީ 38 ވަނަ މިނެޓުގައެވެ. މި ލަނޑު ހެރީ ކޭންގެ އެހީތެރިކަމާ އެކު ކާމިޔާބުކުރީ ރަހީމް ސްޓާލިންއެވެ.

ފުރަތަމަ ހާފް ނިމުނީ 0-3 ގެ ބޮޑު ތަފާތަކުން ސްޕެއިންގެ މައްޗަށް އިންގްލޭންޑް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ސްޕެއިނުން އެޓީމުގެ ކުޅުން ރަނގަޅުކޮށްފައިވާއިރު، އިންގްލޭންޑްގެ ހާފަށް ބާރުބޮޑުކޮށް ގިނަ ހަމަލާތަކެއް ވަނީ ފޮނުވާލާފައެވެ. ސްޕެއިނުން ނަތީޖާގެ ފަރަގު ކުޑަކުރީ 58 ވަނަ މިނެޓުގައި މާކޯ އެސެންސިއޯގެ އެހީތެރިކަމާ އެކު ޕެކާ އަލްކަސާ ކާމިޔާބުކުރި ލަނޑުންނެވެ. އަލްކަސާ ލަނޑު ކާމިޔާބުކުރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރިތާ މިނެޓެއް ތެރޭގައެވެ.

ސްޕެއިން އަށް މެޗުގެ ފަހު 20 މިނެޓު ތެރޭގައި ލަނޑު ޖެހުމަށް ފުލުފުލުގައި ގިނަ ފުރުސަތުތައް ވަނީ ލިބި ބޭކާރުވެފައެވެ. ސްޕެއިންގެ ދެވަނަ ލަނޑު އިތުރުވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ ކެޕްޓަން ސާޖިއޯ ރާމޮސްއެވެ.

މިއީ 1987 ވަނަ އަހަރު ފަހުން ސްޕެއިންގެ މައްޗަށް އިންގްލޭންޑް ކުރިހޯދުނު ފުރަތަމަ ފަހަރެވެ. އަދި މިއީ 2003 ވަނަ އަހަރު ފަހުން އަމިއްލަ ދަނޑުގައި ސްޕެއިންގެ މައްޗަށް ޓީމަކަށް ކުރިހޯދުނު ފުރަތަމަ ފަހަރެވެ.

މި ނަތީޖާއާ އެކު ރެލިގޭޓު ނުވުމުގެ އުންމީދު އިންގްލޭންޑުން ވަނީ އާކޮށްފައެވެ. މުބާރާތުގެ ފުރަތަމަ މެޗުން އިންގްލޭންޑް ވަނީ ސްޕެއިން އަތުން ބަލިވެފައެވެ. ދެވަނަ މެޗުގައި ރަށުން ބޭރުގައި ކްރޮއޭޝިއާ އަތުން އިންގްލޭންޑް ވަނީ އެއްވަރުވެފައެވެ.

ނޭޝަންސް ލީގުގެ ފުރަތަމަ ކެޓަގަރީގެ ގްރޫޕް ހަތަރެއްގެ އެއް ވަނައިގައި ސްޕެއިން އޮތީ ތިން މެޗުން ހަ ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އިންގްލެންޑް ތިން މެޗުން ހަތަރު ޕޮއިންޓް ހޯދައިގެން އޮތްއިރު، ގްރޫޕުގެ ފުލުގައި އޮތް ކްރޮއޭޝިއާ އަށް ތިން މެޗުން ލިބިފައިވަނީ އެއް ޕޮއިންޓެވެ. ކޮންމެ ޓީމަކަށް ބާކީ ދެ މެޗު އޮތްއިރު، ފައިނަލް ބުރަށް ކޮލިފައިވާނީ އެއް ވަނަ އަށް ދާ ޓީމެވެ. އަދި އެންމެ ފުލަށްދާ ޓީމެއް ދެ ވަނަ ކެޓަގަރީ އަށް ރެލިގޭޓްވާނެއެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

14 ޖެނުއަރީ 2017

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް