Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދަތިކުރުމުގެ ފިޔަވަޅު

ފިޔަވަޅު އަޅާ މީހުންގެ ލިސްޓެއް އޮތްނަމަ އަޅުގަނޑަށް އެނގޭނެ: ޝިޔާން

22 އޯގަސްޓު 2018 | ބުދަ 20:04

ލިސްޓެއް އޮތްނަމަ އެކަން ސަފީރަށް އަންގާނެކަމަށް ވިދާޅުވި

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 22 އޯގަސްޓު 2018 | ބުދަ 20:04
ރާއްޖެއިން ވިލާތުގެ އިއްތިޙާދަށް ކަނޑައަޅާފައިވާ ސަފީރު އަހުމަދު ޝިޔާން (ވ)

ރާއްޖެއިން ވިލާތުގެ އިއްތިޙާދަށް ކަނޑައަޅާފައިވާ ސަފީރު އަހުމަދު ޝިޔާން (ވ)

ވިލާތުގެ އިއްތިޙާދުން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ އިސްވެރިންނާއި، އެމަނިކުފާނުގެ އަރިސް ބޭފުޅުން ހިމެނޭ ގޮތަށް 41 ބޭފުޅަކާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން ލިސްޓެއް ތައްޔާރުކޮށްފައި ނެތްކަމަށާއި، ތައްޔާރުކޮށްފައި އޮތްނަމަ، އެލިސްޓެއް އެމަނިކުފާނަށް އެނގިވަޑައިގަންނަވާނެކަމަށް ރާއްޖެއިން ވިލާތުގެ އިއްތިޙާދަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަހުމަދު ޝިޔާން ވިދާޅުވެއްޖެއެވެ.

ފިޔަވަޅު އަޅާ 41 ފަރާތެއްގެ ނަން ހިމެނޭ ލިސްޓެއް އެބައޮތްކަމަށް ވިލާތުގެ އިއްތިޙާދުގެ ޤާނޫނު ހަދާ މަޖިލީހު (ޔޫރަޕިއަން ޕާލަމެންޓް)ގެ މެމްބަރުންތަކެއް ވިދާޅުވުމާއި ގުޅިގެން ރާއްޖެ.އެމްވީ އާއި ވާހަކަ ދައްކަވަމުން ޝިޔާން ވިދާޅުވީ ޔޫރަޕިއަން ޕާލަމެންޓް މެމްބަރުންނަށް އެފަދަ ލިސްޓެއް އޮތަސް ނުލިބޭނެކަމަށެވެ. އަދި ދަތިކުރުމުގެ ފިޔަވަޅުތައް އެޅޭނީ އެކަމަށްޓަކައި އެކުލަވާލާފައިވާ އޮނިގަނޑުގެ އެނެކްސްއަށް ނަންތައް އިތުރުކޮށްގެންކަމަށާއި، އެ އެނެކްސްއަށް ނަންތައް އިތުރުކުރާނަމަ އެކަން ކުރާނީ ޔޫރަޕިއަން އެކްސްޓާރނަލް އެކްޝަން ސަރވިސަސްގެ ފިޔަވަޅު އަޅާ ޓީމުން، ވަރަށް ސިއްރިޔާތުގައިކަމަށެވެ. އީޔޫ ޕާލަމެންޓް މެމްބަރުން އެވިދާޅުވާ ލިސްޓެއް ނޯންނާނެކަމަށް ތަކުރާރުކޮށް ވިދާޅުވަމުން ޝިޔާން ވިދާޅުވީ އެފަދަ ލިސްޓެއް އެކުލަވާލާނަމަ އެކަން އެމަނިކުފާނަށް އެނގިވަޑައިގަންނަވާނެކަމަށާއި، އެމަނިކުފާނަށް އަންގާނެކަމަށެވެ.

Advertisement - newsAdvertisement

މީގެ އިތުރުން ޝިޔާން ވިދާޅުވީ ފިޔަވަޅު އަޅާ ފަރާތްތަކުގެ ލިސްޓެއް އެކުލަވާލާނީ އީޔޫ ކައުންސިލުން ބައްދަލުވުމެއް ބޭއްވުމަށްފަހުކަމަށާއި، މިވަގުތު އީޔޫގެ އެޖެންޑާގައި ރާއްޖޭގެ ވާހަކައެއް ނެތްކަމަށެވެ.

ފިޔަވަޅު އަޅާ ފަރާތްތަކުގެ ލިސްޓެއް އެބައޮތްކަމަށް ވިލާތުގެ އީޔޫ ޕާލަމެންޓް މެމްބަރުން ވިދާޅުވުމާއި ގުޅިގެން ދިވެހި ސަރުކާރުންވެސް ވަނީ އެކަން ދޮގުކޮށްފައެވެ. ސަރުކާރުގެ ފަރާތުން ވިލާތުގެ އިއްތިޙާދުގައި ލޮބީކުރައްވާ އެންމެ އިސް ވަޒީރު، ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީ ރާއްޖެ.އެމްވީ އާއި ވާހަކަ ދައްކަވަމުން ވިދާޅުވީ، އެވާހަކައަކީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ދައްކާ ވާހަކަތަަކެއް ކަމަށެވެ. އަދި ވިލާތުގެ އިއްތިޙާދުން އެކުލަވާލި ފްރޭމްވަރކްގެ ފަހުން ފިޔަވަޅުތަކާއި ބެހޭ ގޮތުން އިތުރު މަސައްކަތެއް ކުރެވިފައި ނުވާކަމަށް ޝައިނީ ވިދާޅުވިއެވެ.

ޔޫރަޕިއަން ޕާލަމެންޓްގެ މެމްބަރު ތޯމަސް ޒެޗޮވްސްކީ ޔޫރަޕިއަން ޕާލިމެންޓްގެ މެމްބަރުންގެ ހަބަރުތައް ގެނެސްދޭ ވެބްސައިޓެއް ކަމަށްވާ އީޕީ ޓުޑޭއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ރާއްޖޭގެ ވަކިވަކި ފަރުދުންނާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ނިންމައި، ތައްޔާރުކޮށްފައިވާ ލިސްޓް ފެނިފައިވާ ކަމަށާއި އެ ލިސްޓްގައި 41 ނަމެއް އޮތްކަން އެނގޭ ކަމަށެވެ. އެއީ ވަކިވަކި ފަރުދުންނާ ދެކޮޅަށް އެޅުމަށް ނިންމާފައިވާ ފިޔަވަޅުތަކެއް ކަމަށާއި މިއީ އެކަން ތަންފީޒުކުރަންވީ ވަގުތު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ހަމައެހެންމެ އެއީ ވަރަށް ސާފު ސީދާކޮށް ނިންމާފައިވާ ނިންމުމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން ރާއްޖޭގެ ސީނިއަރ ޑިޕްލޮމެޓެއް ވިދާޅުވީ ފިޔަވަޅު އަޅާ ފަރާތްތަކުގެ ރަސްމީ ލިސްޓެއް ނެތަސް، ފިޔަވަޅު އެޅުމުގެ ފްރޭމްވަރކް އެކުލަވާލާއިރު ނުރަސްމީ ލިސްޓެއް ގެންގުޅުމަކީ ގާތްކަމެއްކަމަށެވެ. އަދި އެފަދަ ނުރަސްމީ ލިސްޓެއް ދިވެހި ސަރުކާރަށް ނުވަތަ ދިވެހި ސަރުކާރު ތަމްސީލްކުރާ ފަރާތަކަށް ނުދައްކާނެކަމަށާއި، އެދައްކައިފިނަމަ ފިޔަވަޅުތަކުގެ އަސަރުކުޑަ ވެދާނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރަސްމީކޮށް ދަތިކުރުމުގެ ފިޔަވަޅުތަކުގެ ފްރޭމްވަރކްގެ އެނެކްސްގައި އެނަންތައް ނުހިމެނުމަކީ އެފަދަ ނުރަސްމީ ލިސްޓެއް ނެތްކަމަށް ދެއްކޭނެ ހުއްޖަތެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ސަރުކާރުން އެފަދަ ލިސްޓެއް ނެތްކަމަށް ވާހަކަ ދެއްކިޔަސް، ލިސްޓެއް އޮތުމުގެ ފުރުސަތު އެބައޮތްކަމަށާއި، ދިވެހި ސަރުކާރަށްވުރެ ބޮޑަށް އެކަން އެނގޭނީ ޔޫރަޕިއަން ޕާލަމެންޓް މެމްބަރުންނަށްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެންމެ ހިނގާ

1

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ވޯލްޑް ކަޕް ތެރޭގައި މެސީ މަރާލަން ރޭވިކަމުގެ ތަފްސީލު ހާމަވެއްޖެ

5

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

ކައުންސިލަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކަށް ބަދަލުގެނެސް އެބިލް މަޖިލީހުން ފާސްކޮށްފި

08 ފެބުރުއަރީ 2017
ކައުންސިލަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކަށް ބަދަލުގެނެސް އެބިލް މަޖިލީހުން ފާސްކޮށްފި
07 ފެބުރުއަރީ 2017

މޫނުބުރުގާ އަޅާތީ ކުޑަފަރީ ޤުރުއާން ޓީޗަރުވެސް ވަޒީފާއިން ވަކިކޮށްފި

07 ފެބުރުއަރީ 2017
މޫނުބުރުގާ އަޅާތީ ކުޑަފަރީ ޤުރުއާން ޓީޗަރުވެސް ވަޒީފާއިން ވަކިކޮށްފި
07 ފެބުރުއަރީ 2017

ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި

07 ފެބުރުއަރީ 2017
ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި
06 ފެބުރުއަރީ 2017

ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

06 ފެބުރުއަރީ 2017
ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
06 ފެބުރުއަރީ 2017

މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް

06 ފެބުރުއަރީ 2017
މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް
30 ޖެނުއަރީ 2017

މޫނު ބުރުގާ އަޅާތީ ރަސްދޫ ޓީޗަރަކު ވެސް ވަޒީފާއިން ވަކިކޮށްފި

30 ޖެނުއަރީ 2017
 މޫނު ބުރުގާ އަޅާތީ ރަސްދޫ ޓީޗަރަކު ވެސް ވަޒީފާއިން ވަކިކޮށްފި
29 ޖެނުއަރީ 2017

އިބްތިހާލު މަރުވީ އަނިޔާކުރިކަން އެނގިތިބެ، ފިޔަވަޅު ނާޅާ އޮއްވާ: ދައުލަތް

29 ޖެނުއަރީ 2017
އިބްތިހާލު މަރުވީ އަނިޔާކުރިކަން އެނގިތިބެ، ފިޔަވަޅު ނާޅާ އޮއްވާ: ދައުލަތް
16 ޖެނުއަރީ 2017

ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

16 ޖެނުއަރީ 2017
ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް