Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރިޔާސީ އިންތިހާބު 2018

ރީރަޖިސްޓްރީ ކުރި މީހުންގެ އަދަދު އެއްލައްކައަށް އެރީ ކީއްވެގެންތޯ ބަލަންޖެހޭ: އިބޫ

މިއީ އަޅުގަނޑުމެންގެ ހިސާބުތަކަށް ވުރެ ބޮޑު އަދަދެއް

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް, ރާއްޖެ އެމްވީ | 12 އޯގަސްޓު 2018 | އާދީއްތަ 07:40
ހަނިމާދޫއަށް އިބޫ ވަޑައިގަތުމުން ހޫނު މަރުޙަބާއެއް އެރަށުގެ ރައްޔިތުން އެމަނިކުފާނަށް ވަނީ ދަންނަވާފައި

ހަނިމާދޫއަށް އިބޫ ވަޑައިގަތުމުން ހޫނު މަރުޙަބާއެއް އެރަށުގެ ރައްޔިތުން އެމަނިކުފާނަށް ވަނީ ދަންނަވާފައި

ވޯޓުލުމުގެ ހައްގު ލިބިގެންވާ 263,000 (ދެލައްކަ ފަސްދޮޅަސް ތިންހާސް) ރައްޔިތުންގެ ތެރެއިން 100،000( އެއްލައްކަ) އެއްހާ މީހުން ރީ ރިޖިސްޓްރީކޮށްފައިވާ ކަމުގެ މައުލޫތު ލިބޭ ކަމަށާއި، އެ އަދަދު ނުކުތީ ކޮންގޮތަކުންތޯ ބަލަން ޖެހޭ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެއެވެ.

ހދ އަތޮޅަށް ގުޅިފައިވާ ޕާޓީން ކުރައްވާ ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން ނޮޅިވަރަމްފަރުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ ހޮނިހިރު ދުވަހުގެ ނިޔަލަށް ރީރަޖިސްޓްރީކުރުމަށް ކަނޑައަޅާފައިވާ ވަގުތު ހަމަވިއިރު، ރީރަޖިސްޓްރީ ކުރި މީހުންގެ އަދަދު އެއްލައްކައަށް އެރިގޮތް ބަލަންޖެހޭ ކަމަށެވެ. މިއީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ހިސާބުތަކަށް ވުރެ ބޮޑު އަދަދެއް ކަމަށް އިބޫ ވިދާޅުވިއެވެ.

Advertisement - newsAdvertisement
"ރޭގެ ނިޔަލަށް މި ވަނީ، ރީރަޖިސްޓްރޭޝަންގެ ރަޖިސްޓްރީ ކުރުމުގެ ވަގުތު ހަމަވެފައި، ހަބަރު ލިބޭ ގޮތުގައި ގާތްގަނޑަކަށް އެއްލައްކައެއްހާ މީހުން އެބަ އޮތް، ތިމާ ދިރިއުޅޭތަން ނޫން ތަންތަނަށް ވޯޓްލުމަށް ރަޖިސްޓްރީ ކޮށްފަ، މިއީ އަޅުގަނޑުމެންނަން ފެންނަ ހިސާބުތަކުން ދައްކާ ގޮތުގައި ބޮޑު އަދަދެއް، މީގާ މި އަދަދު ނުކުތީ ކީއްވެގެންތޯ ބަލަންޖެހޭ، ފަހަރުގައި ހުރެދާނެ ސަރުކާރުގެ އޮފީސްތަކުން ގަނޑުކޮށް މަޖުބޫރުކޮށްގެން އޮފީސްތަކުގެ މުވައްޒިފުން ލައްވާ ފޯމް ފުރުވާފާ، އެއަށް އިތުބާރު ނުކުރެވިގެން، އަމިއްލައަށް ރަޖިސްޓްރީ ކޮށްފަ ހުރި ކަމަށް ވެސް" ނޮޅިވަރަމްފަރުގައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވިއެވެ.

ހދ އަތޮޅަށް އިބޫ ކުރައްވާ ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން

އިބޫ ވިދާޅުވީ އެ އަދަދު ނުކުންނަން ޖެހުނީ ސަރުކާރުގެ މުވައްޒިފުންނަން މަޖުބޫރުކޮށްގެން ރީރަޖިސްޓްރޭޝަން ފޯމް ފުރުމުން، މަޖުބޫރުކޮށްގެން ފުރި ފޯމްތަކަށް އިތުބާރުނުކޮށް އަލުން ރީރަޖިސްޓްރީ ފޯމް ފުރުމުން ކަމަށްވެސް ވެދާނެ ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް ތިން ދުވަހު ވޯޓް ރަޖިސްޓްރީ ކުރެވިފައިވަނީ ކޮން ރަށަކަށްތޯ ބަލާ ޗެކްކުރުމަށް އިބޫ އެދިވަޑައިގެންނެވިއެވެ.

ނޮޅިރަމްފަރުގައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ އެދާއިރާގެ މެމްބަރު ހުސެއިން އަރީފަކީ އިސްލާހީ މަސައްކަތުގައި ހިތްވަރާއެކު މަސައްކަތް ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއް ކަމަށެވެ. އަދި އަރީފު އެދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއަށް އިންތިހާބުކުރެއްވުމަކީ އެދާއިރާގެ ރައްޔިތުން އިސްލާހީ މަސައްކަތުގައި ސާބިތުކަމާއި އެކު ތިއްބެވިކަމުގެ ހެއްކެއް ކަމަށް އިބޫ ވިދާޅުވިއެވެ.

އެހެންކަމުން ނޮޅިވަރަމްފަރުގެ ރައްޔިތުން އަނިޔާވެރިކަމާއި ދެކޮޅަށް ވޯޓް ދެއްވުމަށް އިބޫ ގޮވާލެއްވިއެވެ. އަދި ނޮޅިވަރަމްފަރުގައި ދަނޑުވެރިކަން ކުރާ ގިނަ ރައްޔިތުން ދިރިއުޅޭ ކަން ފާހަގަކުރައްވަމުން އިބޫ ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއްގައި ދަނޑުވެރިން ހައްދާ ތަކެއްޗަށް ހަމަ އަގުލިބޭނެގޮތަށް މާރކެޓަށް ނެރެވޭނެ ގޮތް ގާއިމްކޮށްދެއްވާނެކަމަށެވެ. އެކަން ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯގައި ހިމެނިފައިވާނެ ކަމަށް އިބޫ ފާހަގަކުރެއެވިއެވެ.

ތިން ދުވަހުގެ މި ދަތުރުފުޅުގައި އިބޫ ހދ. އަތޮޅުގެ 13 ރަށަކަށް ވަޑައިގަންނަވާނެއެވެ. މިއީ އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓްގެ ގޮތުގައި އިބޫ ކަނޑައެޅި ފަހުން އެމަނިކުފާން ހދ. އަތޮޅަށް ވަޑައިގަންނަވާ ފުރަތަމަ ކެމްޕެއިން ދަތުރުފުޅުއެވެ. މި ދަތުރުފުޅުގައި އާދީއްތަ ދުވަހު އިބޫ ވަޑައިގަންނަވާނީ އެ އަތޮޅު ނޮޅިވަރަމްފަރު، ހިރިމަރަދޫ، ނެއްލާއިދޫ، ނައިވާދޫ އަދި މަކުނަދޫއަށެވެ. އިބޫ އާއި ގުޅިފައިވާ ޕާޓީތަކުގެ އިސްވެރިން ނޮޅިވަރަމްފަރަށް ވަޑައިގަތުމުން އެރަށުގެ ރައްޔިތުން ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރިޔާސީ ބަޔާނަކީ، ހިސާބު އަދަދު ތަކަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލާފައިވާ ބަޔާނެއް: މަހުލޫފު

ރިޔާސީ ބަޔާނަކީ، ހިސާބު އަދަދު ތަކަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލާފައިވާ ބަޔާނެއް: މަހުލޫފު

09 ފެބުރުއަރީ 2017
ކައުންސިލަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކަށް ބަދަލުގެނެސް އެބިލް މަޖިލީހުން ފާސްކޮށްފި

ކައުންސިލަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކަށް ބަދަލުގެނެސް އެބިލް މަޖިލީހުން ފާސްކޮށްފި

08 ފެބުރުއަރީ 2017
ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި

ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި

07 ފެބުރުއަރީ 2017
ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

06 ފެބުރުއަރީ 2017
މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް

މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް

06 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު