Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ޔާމީން

ރިލްވާން މަރުވެފައިވާ ކަމަށް ވިދާޅުވިތާ މާގިނަ އިރެއް ނުވަނީސް ރައީސް މައާފަށް އެދިވަޑައިގެންފި!

7 އޯގަސްޓު 2018 | އަންގާރަ 14:02

ރައީސް ފަހުން ވިދާޅުވީ އިރާދަކުރެއްވިއްޔާ ރިލްވާން އަދި ފެންނާނެ ކަމަށް

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 7 އޯގަސްޓު 2018 | އަންގާރަ 14:02
ރިލްވާން އޭނާގެ މަންމައާ އެކު

ރިލްވާން އޭނާގެ މަންމައާ އެކު

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދުރިލްވާން މަރުވެފައިވާ ކަމަށް ވިދާޅުވިތާ މާގިނަ އިރެއް ނުވަނީސް އެހެން ވިދާޅުވެވުނީތީ ރައީސް އަބްދުﷲ ޔާމީން މައާފަށް އެދިވަޑައިގެންފިއެވެ.

ރިލްވާން ހޯދަން ވަޒީރުންގެ މަޖިލީހުގެ ފެންވަރުގައި ކުރަމުން ދިޔަ މަސައްކަތްތައް ހުއްޓުވާލީ ރައީސް އަބްދުﷲ ޔާމީން ކަމަށް ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު ވިދާޅުވުމާ ގުޅިގެން އެއަށް ރައްދު ދެއްވައި ގދ. މަޑަވެލީގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރިލްވާން މަރުވެފައިވާ ކަމަށް ޝައްކު ނުކުރައްވާ ކަމަށެވެ. ނަމަވެސް އެ އަތޮޅު ފަރެސްމާތޮޑާ އަށް ވަޑައިގެން ރައީސް ވަނީ އެ ވާހަކަތަކަށް މައާފަށް އެދިވަޑައިގެންފައެވެ. އަދި އިރާދަކުރެއްވިއްޔާ ރިލްވާން ފެންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ގދ. އާއި ގއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ފަރެސްމާތޮޑާ އަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މަޑަވެލީގައި އެ މަނިކުފާނު ދެއްކެވި ވާހަކަ ރައްޔިތުންނަށް އޮޅޭ ގޮތަށް ނޫސްތަކުން ޚަބަރު ފަތުރާފައިވާ ކަމަށެވެ. އެގޮތުން، އެ މަނިކުފާނު ދެއްކެވި ވާހަކަ އޮޅޭ ގޮތަށް ތަރުޖަމާ ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މަޑަވެލީގައި އެ މަނިކުފާނު ވިދާޅުވި ވާހަކަފުޅަކީ ރިލްވާންގެ މައްސަލައިގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދެއްކެވި ވާހަކައަކީ ދޮގުކަން ހާމަ ކޮށްދިނުމަށް ވިދާޅުވި ވާހަކަތަކެއް ކަމަށެވެ. އެ ވާހަކަފުޅު ދެއްކެވީ ރިލްވާން މަރު ސާބިތު ކުރުން ނޫން ކަމަށް ރައީސް ވިދާޅުވި އެވެ.

""އަޅުގަނޑު މިއީކީ ޝަރުއީ ގޮތުން މީހަކު މަރުވިތޯ ނޫންތޯ ނިންމާ މީހާއެއް ނޫން،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ރިލްވާން ހޯދުމަށް ކެބިނެޓުގައި މަސައްކަތް ކުރެއްވި ކަމަށް އަދީބު ހާމަކުރެއްވިޔަސް، އެއީ ހަގީގަތެއް އެކުލެވޭ ވާހަކައެއް ނޫން ކަމަށެވެ. އަދި އިރާދަ ކުރެއްވިއްޔާ ރިލްވާން މަރެއް ނުވާނެ ކަމަށާއި އޭނާ ހޯދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެހެން ވިދާޅުވެވުނީތީ މާއާފަށް އެދިވަޑައިގަތެވެ.

"ﷲގެ ރަހުމަތުން، އިރާދަކުރެއްވިއްޔާ ރިލްވާން މަރެއް ނުވާނެ. އަޅުގަނޑުމެންނަށް އޭނަ ހޯދޭނެ ވެސްމެ" ރައީސް ޔާމީން ވިދާޅުވިއެވެ.

އޮގަސްޓް، 2014 ގައި ވީނުވީއެއް ނޭނގި ގެއްލިފައިވާ ރިލްވާން ގަދަކަމުން ފޮރުވި ކަމަށް ބުނެ ދައުލަތުން ޓެރަރިޒަމްގެ ދައުވާކުރި ހ. ހިލްޓަން އާލިފް ރައޫފާއި ގދ. ވާދޫ ކަރަންކާގޭ މުހައްމަދު ނޫރައްދީންގެ މައްޗަށް ކުރި ދައުވާ ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން މިދިޔަ ހަފުތާގައި ވަނީ ހުކުމްކޮށްފަ އެވެ. ދައުލަތުން ތުހުމަތު ކުރަނީ ރިލްވާން ގަދަކަމުން ފޮރުވީ އާލިފް ގެންގުޅުނު ރަތް ކުލައިގެ ކާރަށް ރިލްވާން ގަދަކަމުން އަރުވައިގެން ގެންގޮސް ކަމަށެވެ. އެކަމަކު، އެ ދައުވާ އެ ދެ މީހުންގެ މައްޗަށް ސާބިތެއް ނުވެ އެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

04 މެއި 2017

މިވެރިކަން ބަދަލުވި ދުވަހަކުން ރިލްވާންގެ މައްސަލައިގެ ފުރިހަމަ ތަހުގީގެއް ކުރާނަން: ރައީސް ނަޝީދު

04 މެއި 2017
މިވެރިކަން ބަދަލުވި ދުވަހަކުން ރިލްވާންގެ މައްސަލައިގެ ފުރިހަމަ ތަހުގީގެއް ކުރާނަން: ރައީސް ނަޝީދު
04 މެއި 2017

އަނިޔާވެރިކަމަށް އެއްވެސް އިރެއްގައި ކުރިއެރުމެއް ނޯންނާނެ: ޝާހިދު

04 މެއި 2017
އަނިޔާވެރިކަމަށް އެއްވެސް އިރެއްގައި ކުރިއެރުމެއް ނޯންނާނެ: ޝާހިދު
02 މެއި 2017

ރިލްވާން ވަގަށްނެގި މައްސަލާގައި ފުލުހުން މައުމޫމާތު ހިއްސާ ނުކުރާތީ ކޯޓަށް ހުށަހަޅައިފި

02 މެއި 2017
ރިލްވާން ވަގަށްނެގި މައްސަލާގައި ފުލުހުން މައުމޫމާތު ހިއްސާ ނުކުރާތީ ކޯޓަށް ހުށަހަޅައިފި
01 މެއި 2017

ވޯޓަރސް ލިސްޓުގެ ފައިނަލް ލިސްޓުގައި މަރުވެފައިވާ 16 މީހުންގެ ނަން ހިމެނޭ: އެމްޑީޕީ

01 މެއި 2017
ވޯޓަރސް ލިސްޓުގެ ފައިނަލް ލިސްޓުގައި މަރުވެފައިވާ 16 މީހުންގެ ނަން ހިމެނޭ: އެމްޑީޕީ
24 އެޕްރީލު 2017

ޑރ އަފްރާޝީމާއި، ރިލްވާންގެ މައްސަލައަށް ސަރުކާރުން ސަމާލުކަން ދޭނަމަ ހާމަކުރެވޭނެ މައުލޫމާތު ހުންނާނެ: ރިޔާޒް

24 އެޕްރީލު 2017
ޑރ އަފްރާޝީމާއި، ރިލްވާންގެ މައްސަލައަށް ސަރުކާރުން ސަމާލުކަން ދޭނަމަ ހާމަކުރެވޭނެ މައުލޫމާތު ހުންނާނެ: ރިޔާޒް
24 އެޕްރީލު 2017

ރިލްވާން މައްސަލައިގެ ހަޤީޤަތަށް ވާސިލްވުމަށް ސަރުކާރު އޮތީ ނުކުޅެދުމުގެ ތެރޭގައި: ރައީސް ޔާމީން

24 އެޕްރީލު 2017
ރިލްވާން މައްސަލައިގެ ހަޤީޤަތަށް ވާސިލްވުމަށް ސަރުކާރު އޮތީ ނުކުޅެދުމުގެ ތެރޭގައި: ރައީސް ޔާމީން
22 އެޕްރީލު 2017

މިސަރުކާރަށް ދެން މާގިނަ ދުވަހެއް ނެތް: މަލީހު

22 އެޕްރީލު 2017
މިސަރުކާރަށް ދެން މާގިނަ ދުވަހެއް ނެތް: މަލީހު
04 ފެބުރުއަރީ 2017

މަރުވެފައިވާ ބަޔަކަށް އެލަވަންސް ދޫކޮށްފި

04 ފެބުރުއަރީ 2017
މަރުވެފައިވާ ބަޔަކަށް އެލަވަންސް ދޫކޮށްފި
02 ފެބުރުއަރީ 2017

ސީރިއާގައި "މަރުވެފައިވާ" ދިވެއްސެއްގެ ޝަރީއަތުގެ އަޑުއެހުމެއް!

02 ފެބުރުއަރީ 2017
ސީރިއާގައި "މަރުވެފައިވާ" ދިވެއްސެއްގެ ޝަރީއަތުގެ އަޑުއެހުމެއް!
18 ޖެނުއަރީ 2017

ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!

18 ޖެނުއަރީ 2017
ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް