Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރިޔާސީ އިންތިހާބު 2018

މުޅި ތިމަރަފުށި ގަދަ ހިފުމުކަށް، ރައްޔިތުން އިބޫގެ ދަތުރުފުޅަށް ކެތްމަދުވެފައި!

ހަވަނަ ދުވަހުގެ ރޭ ތިމަރަފުށީގައި ބޮޑު ޖަލްސާއެއް ބާއްވަން ވަނީ ނިންމާފައި

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް, ރާއްޖެ އެމްވީ | 4 އޯގަސްޓު 2018 | ހޮނިހިރު 11:49
ތިމަރަފުށީ މަގުމަތީގައި ބަހައްޓާފައި ހުރި ޖޯއްޔެއްގައި އެރަށުގެ ރައްޔިތުން މަޑުކޮށްލައިގެން

ތިމަރަފުށީ މަގުމަތީގައި ބަހައްޓާފައި ހުރި ޖޯއްޔެއްގައި އެރަށުގެ ރައްޔިތުން މަޑުކޮށްލައިގެން

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީން ބަލިކުރަން ތިމަރަފުށީ ރައްޔިތުން ބޭނުން ވަނީ ބޮޑުތަނުންނެވެ. މިއަދު އެރަށުގައި އިންތިހާބުގެ ފޯރި ވަނީ ގަދަވެފައެވެ. މަގުތަކުގައި ދިދަ ދަމައި ޖަގަހަތައް ހުޅުވަން ތައްޔާރުކުރަނީއެވެ. ގުޅިފައިވާ ޕާޓީތަކަށް ތާއިދުކުރާ ރައްޔިތުން ތިބީ މިފަހަރު ގަދަ ހިފުމަކަށް ދާންށެވެ. ރައީސް ޔާމީން ބަލިކުރަން އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހަށް "ބޯކޮށް" ވޯޓު އަޅަންށެވެ. އެރަށުގެ ރައްޔިތުން ތިބީ އިބޫ އާއި އެކުކަން އާދީއްތަ ދުވަހު އެމަނިކުފާން ތ. އަތޮޅަށް ކުރައްވާ ދަތުރުފުޅުން ހާމަކޮށްދޭން އެތައް ތައްޔާރީތަކެއް ދަނީ ވަމުންނެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އެމްޑީޕީ ތިމަރަފުށީގެ ކެމްޕެއިން މެނޭޖަރު އަންވަރު ވިދާޅުވީ އިބޫގެ މި ދަތުރުފުޅުގައި އެމަނުކުފާން ލާމް އަދި ތ. އަތޮޅުގެ ހުރިހާ ރަށަކަށް ވަޑައިގަންނަވާނެ ކަމަށެވެ. ކޮންމެ ރަށަކުން ވެސް މިހާރު އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާ އަންނަ އިރު، މި ދަތުރުފުޅުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ބޮޑު ދެ ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އަންވަރު ވިދާޅުވިއެވެ.

މި މަހުގެ 6 ވަނަ ދުވަހުގެ ރޭ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ބޮޑު ޖަލްސާ ތިމަރަފުށީގައި ބާއްވަން ނިންމާފައިވާއިރު، 7 ވަނަ ދުވަހުގެ ރޭ ބޮޑު ޖަލްސާ ބާއްވަން ނިންމާފައި ވަނީ ހައްދުންމަތީ ގަމު ތުނޑި ބަދަރު ސަރަހައްދުގައެވެ. ޖަލްސާއަށް ގުޅިފައިވާ ޕާޓީތަކުން ތައްޔާރުވަމުން ދަނީ ވަރަށް ފޯރިޔާ ޖޯޝާ އެކީގައެވެ.

ކެމްޕެއިން ދަތުރުފުޅުގައި އިބޫ ވަޑައިގަންނަވާތީ ތައްޔާރީތައް ކުރިއަށްދަނީ

އެގޮތުން މި ދަތުރުފުޅުގައި ތިމަރަފުށީގެ އަންހެނުންގެ ޖަގަހާއި، ގުޅިފައިވާ ޕާޓީތަކުގެ ކެމްޕެއިން އޮފީސް ހުޅުވަން ނިންމާފައިވާ އިރު ގުޅިފައިވާ ޕާޓީތަކުގެ އާންމު މެމްބަރުން ދަނީ އެންމެ ފަހުގެ މަސައްކަތް ކުރަމުންނެވެ. ފިރިހެންވެރިން ކުލަލާއިރު، އަންހެންވެރިން ދިދަފަތި ދަމަނީއެވެ. ނުވިތާކަށް ދިވެހި ބޮޑު ކެއުން ކެއްކުމަށްޓަކައި މިހާރު އަންހެންވެރިން މަސައްކަތް ފަށައިފިއެވެ.

"މިހާރު ދިދަ ފެހުމާއި، ކެއުން ކެއްކުމާއި އެކަހަލަ މަސައްކަތް މި ކުރަނީ. މިހާރު ހަފްތާއެއް ވެއްޖެ އިބޫ އަންނާތީ މަސައްކަތް ކުރާތާ. ވައްކަން ކުރާ މީހަކަށް ތާއިދެއް ނުކުރާނަން. އަޅުގަނޑުމެންގެ ރަށައް ރައީސް ޔާމީން ފަސް އަހަރުވީ އިރު އެއްވެސް ކަމެއް ނުކޮށްދޭ. ހަމަ ކޮށްދިން އެއްވެސް ކަމެއް ނެތް. ވާރޭ ވެހިއްޖިއްޔާ މިތާގައި އޮންނަނީ ފެންބޮޑުވެފައި. މުސްކުޅިއަކަށް ހިނގޭކަށް ވެސް ނޯވޭ. ޔާމީން ވެރިކަމަށް އައިސްފައި މިރަށަށް ކޮށްދިން އެއްވެސް ކަމެއް ނެތް،" ދިދަ ފަހަން އިން އަންހެނަކު ބުންޏެއެވެ.

ކެމްޕެއިން ދަތުރުފުޅުގައި އިބޫ ވަޑައިގަންނަވާތީ ތައްޔާރީތައް ކުރިއަށްދަނީ

ތިމަރަފުށީ ރައްޔިތުން ދެކޭ ގޮތުގައި ރައީސް ޔާމީންގެ ސަރުކާރަށް ނޫނެކޭ ބުނުމަށް އަތުކުރި އޮޅާލައިގެން އެންމެ ފުރަތަމަ ނުކުންނަން ޖެހޭ ރައްޔިތުންނަކީ އެރަށުގެ ރައްޔިތުންނެވެ. ރައީސް ނަޝީދު ވެރިކަމުގައި އެރަށުގައި 78 ހެކްޓަރުގެ ބިން ހިއްކައި އެއާޕޯޓު އެޅުމުން އެމަނިކުފާނު މިނިވަންކުރުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު އިބޫއަށް ވޯޓުދޭން ޖެހޭ ކަމަށް އެމްޑީޕީގެ ސަޕޯޓަރުން ބުނެއެވެ.

"މުޅި ތިމަރަފުށި ވެސް އޮތީ އިބޫއަށް. ދައްތަމެން ހަމަ އިބޫއަށް އޯކޭ. މަމެންގެ މީހަކީ ނަޝީދު. ނަޝީދުގެ ހައްގަށްޓަކައި ކޮންދޭންވީ ކޮންމެ ކަމެއް އިރާދަކުރެއްވިއްޔާ ދައްތަމެން ކުރާނަން. ދެން މުސްތަފާ އެޔޯ އަހަރުމެންގެ މީހާ އަހަރުމުންގެ ތިމާގެ މީހާ. ކަންމަތީގައި ގިއްޖެހިފައިވާ ކުދިންނަން މި ސަރުކާރުން ވަޒީފާ ދެނީ، ދައްތަގެ ތިން ކުދިން ޑިގްރީ ނަގައިގެން ތިބޭއިރު. އެއާޕޯޓަށް ލުމުން، ކައުންސިލް އިދާރާއަށް ތިން ފަހަރުލުމުން ވެސް ނުލިބުނު. އެހެންވީމާ އިބޫ އަށް ވޯޓުދޭންވީ،" ރާއްޖެއެމްވީއާ ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ކެމްޕެއިން ދަތުރުފުޅުގައި އިބޫ ވަޑައިގަންނަވާތީ ތައްޔާރީތައް ކުރިއަށްދަނީ

މީގެ އިތުރުން ރައްޔިތުންގެ މަޖިލީގައި އެ ދާއިރާ ތަމްސީލުކުރައްވާ މެމްބަރު މުހައްމަދު މުސްފަތާގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނެ ރައީސް ޔާމީންގެ ސަރުކާރުން މުސްތަފާއަށް އެދާއިރާގެ ރައްޔިތުންގެ އަޑު މަޖިލީހުގައި އިއްވުމަށް ވެސް ހުރަސް އަޅާފައި ވާތީ ވެސް އިބޫއަށް ވޯޓުދޭން ޖެހޭ ކަމަށް ގަބޫލުކުރާ ރައްޔިތުން ވެސް އެރަށުގައި އެބަ ތިއްބެއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒަކީ އެރަށު މާޖެހީގެއަށް ނިސްބަތްވާ މީހަކަށް ވާއިރު، ރިޔާޒަށް އެ ދެމުންދާ ނުޙައްގު އަނިޔާތަކުން މިންޖުވުމަށް ވެސް އިބޫއަށް ވޯޓުދޭންޖެހޭ ކަމަށް ދެކޭ ގިނަ ރައްޔިތުންތަކެއް އެބަ ތިއްބެވެ. ކޮންމެއަކަސް އެތައް ގޮތަކުން ތ. އަތޮޅަކީ މި ފަހަރުގެ ރިޔާސީ އިންތިޚާބާ ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ އަތޮޅެކެވެ. ބަދަލަކަށް އެ މީހުން ކުރާ އުންމީދު ވަރަށް ބޮޑެވެ. އަތޮޅަށް ނިސްބަތްވާ އެތައް ދަރިންނަކަށް ލިބެމުންދާ އަނިޔާތަކަށް ނިމުމެއް ގެނެގޭނެ ހަމައެކަނި ގޮތަކީ މިހާރު އޮތް ސަރުކާރު ބަދަލުކޮށް އިބޫ ވެރިކަމަށް ގެނައުން ކަމަށް ދެކޭ އެތައް ރައްޔިތުންނެއް ތ. އަތޮޅުގައި އެބަ ތިއްބެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

11 ޖެނުއަރީ 2017
ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް

ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް

11 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

17 އެޕްރީލު
ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް
20251 އަހަރު ކުރިން
ރާއްޖެ

ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"
20233 އަހަރު ކުރިން
ކުޅިވަރު

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް
20224 އަހަރު ކުރިން
ރާއްޖެ

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!
20188 އަހަރު ކުރިން
ރިޕޯޓު

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު