Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިހާބު 2018

ކޯލިޝަން ސަރުކާރެއްގައި ފަނޑިޔާރުގެއަށް އަތެއް ނުބާނާނަން: ފައިސަލް

3 އޯގަސްޓު 2018 | ހުކުރު 19:33

ގުޅިފައިވާ ޕާޓީތަކުން ތަފާތުކުރުމެއް ނެތި އިންސާފުގާއިމްކޮށްދޭނަން

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް | 3 އޯގަސްޓު 2018 | ހުކުރު 19:33
ކާށިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަދި ކޯލިޝަންގެ ރަނިންގމޭޓް ފައިސަލް ނަސީމް

ކާށިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަދި ކޯލިޝަންގެ ރަނިންގމޭޓް ފައިސަލް ނަސީމް

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވެރިކަމެއްގައި ފަނޑިޔާރުގެއަށް އަތް ނުބާނާނެ ކަމަށް އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ ރަނިންގމޭޓް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީގެ 10 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ހުކުރު ދުވަހުގެ ރޭ މ.ކުނޫޒްގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ފައިސަލް ވިދާޅުވީ ދިވެހި ރައްޔިތުން އެދި ގޮވަމުން ދަނީ އިންސާފު ގާއިމްކޮށްދިނުމަށް ކަމަށެވެ. ގުޅިފައިވާ ޕާޓީތަކުން އިންސާފު ގާއިމްކޮށްދޭނެ ކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް އަރުވާކަމަށް ފާހަގަކުރައްވާ ފައިސަލް ވިދާޅުވީ ވަކި ގޮތަކަށް މައްސަލަ ނިންމަން ފަނޑިޔާރުގެއަށް އަތް ނުބާނާނެ ކަމަށެވެ.

Advertisement - newsAdvertisement
"ކޯލިޝަން ސަރުކާރަކީ ދުވަހަކު ވެސް ފަނޑިޔާރުގެ ތެރެއަށް އަތްބާނާ އިންސާފާ ކުޅޭނެ ސަރުކާރެއް ނޫން" ފައިސަލް ވިދާޅުވިއެވެ.

ކޯލިޝަންގެ ސަރުކާރެއްގައި މިނިވަން މުއައްސަސާތަކުގެ ވެރިންނަން މިނިވަންކަމާއި އެކު މަސައްކަތް ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ފައިސަލް ވިދާޅުވިއެވެ. ގުޅިފައިވާ ޕާޓީތަކުން މިއަދު މަސައްކަތް ކުރަނީ ސިޔާސީ ފިކުރު އެއްކިބާ ކޮށްފައިވާ ގައުމީ މަސައްކަތެއްގެ ގޮތުގައި ކަމަށާއި އެހެންކަމުން ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއްގައި ތަފާތު ކުރުމެއް ނުގެންގުޅޭނެ ކަމަށް ފައިސަލް ވިދާޅުވިއެވެ. އަދި އެކަން ތަރައްގީގެ މަޝްރޫއުތައް ހިންގާއިރު ވެސް ފެނިގެންދާނެ ކަން ފާހަގަކުރައްވަމުން ފައިސަލް ވިދާޅުވީ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދަން ވަކި ރަށެއް ތަފާތެއް ނުކުރާނެ ކަމަށެވެ.

މީގެ އިތުރުން އިންތިހާބުގެ ރީރަޖިސްޓްރޭޝަންގެ ކަންކަން ކުރިއަށްދާއިރު، ވަކި ގޮތަކަށް ނަތީޖާ ނެރެފާނެ ކަމުގެ އަޑުތައް އަރުވާ ސަރުކާރުން ބިރުދައްކަމުންދާ ކަމަށް ފައިސަލް ވިދާޅުވިއެވެ. އެހެންނަމަވެސް މިއަދު ދިވެހި ގައުމުގެ އެންމެހާ ރައްޔިތުން ތިބީ ވަކި ކަމަކަށް ބޭނުންވެގެން ކަމަށާއި، އެކަންކަން ބަދަލުކުރެވޭނެ ބަޔަކު ނެތް ކަމަށް ފައިސަލް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

އިތުރަށް ކިޔާލަން

10 ސެޕްޓެމްބަރު 2017

އިންޑިއާ އިން ރޮހިންޖާ މުސްލިމުންނަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދިނުމަށް ބަންގްލަދޭޝުން ގޮވާލައިފި

10 ސެޕްޓެމްބަރު 2017
އިންޑިއާ އިން ރޮހިންޖާ މުސްލިމުންނަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދިނުމަށް ބަންގްލަދޭޝުން ގޮވާލައިފި
28 އޯގަސްޓު 2017

އިލެކްޝަންސް ކޮމިޝަނުން އެވަނީ ސުޕްރީމް ކޯޓަށް ގޮންޖަހާފައި، ބައި އިލެކްޝަން ބާއްވާކަށް ނުޖެހޭ : އިދިކޮޅު ކޯލިޝަން

28 އޯގަސްޓު 2017
އިލެކްޝަންސް ކޮމިޝަނުން އެވަނީ ސުޕްރީމް ކޯޓަށް ގޮންޖަހާފައި، ބައި އިލެކްޝަން ބާއްވާކަށް ނުޖެހޭ : އިދިކޮޅު ކޯލިޝަން
06 އޯގަސްޓު 2017

އެއްބައިވަންތަކަމުގެ ސަރުކާރެއްގައި ރައީސް ޔާމީނަށް ފުރުސަތެއް ނެތް: ރައީސް ނަޝީދު

06 އޯގަސްޓު 2017
އެއްބައިވަންތަކަމުގެ ސަރުކާރެއްގައި ރައީސް ޔާމީނަށް ފުރުސަތެއް ނެތް: ރައީސް ނަޝީދު
30 ޖުލައި 2017

މަސީހުގެ މައްސަލަ އަދިވެސް ބާތިލެއް ނުވޭ : އިދިކޮޅު ކޯލިޝަން

30 ޖުލައި 2017
މަސީހުގެ މައްސަލަ އަދިވެސް ބާތިލެއް ނުވޭ : އިދިކޮޅު ކޯލިޝަން
20 ޖުލައި 2017

މަސީހުގެ މައްސަލަ ބޭރުކޮށްލީ ގަވައިދާ ހިލާފަށް: އިދިކޮޅު ކޯލިޝަން

20 ޖުލައި 2017
މަސީހުގެ މައްސަލަ ބޭރުކޮށްލީ ގަވައިދާ ހިލާފަށް: އިދިކޮޅު ކޯލިޝަން
24 މެއި 2017

ސަރުކާރު ކޯލިޝަންގެ ޖަލްސާއަށް ދާ މީހުން މަދުވެގެން އަލީ އާރިފް ހިތްހަމަ ނުޖެހިއްޖެ

24 މެއި 2017
ސަރުކާރު ކޯލިޝަންގެ ޖަލްސާއަށް ދާ މީހުން މަދުވެގެން އަލީ އާރިފް ހިތްހަމަ ނުޖެހިއްޖެ
27 ފެބުރުއަރީ 2017

ޒަރީރުގެ މައްޗަށް ހިންގީ ބޭއިންސާފު ޝަރީއަތެއް: ރައީސް ނަޝީދު

27 ފެބުރުއަރީ 2017
ޒަރީރުގެ މައްޗަށް ހިންގީ ބޭއިންސާފު ޝަރީއަތެއް: ރައީސް ނަޝީދު
26 ފެބުރުއަރީ 2017

ރާއްޖެއިން ބޭރުގެ ޓްރަރިސްޓް ޖަމާއަތެއްގެ ބޮޑެއްގެ ގޮތުގައި ހުރި މީހާގެ މައްޗަށް ހިންގާ ޝަރީއަތް ސިއްރުކޮށްފި

26 ފެބުރުއަރީ 2017
ރާއްޖެއިން ބޭރުގެ ޓްރަރިސްޓް ޖަމާއަތެއްގެ ބޮޑެއްގެ ގޮތުގައި ހުރި މީހާގެ މައްޗަށް ހިންގާ ޝަރީއަތް ސިއްރުކޮށްފި
23 ފެބުރުއަރީ 2017

ޝަރުއީ ދާއިރާ އިންތިހާ އަށް ސިޔާސީވެފައި، އިންސާފުވެރި ޝަރީއަތެއް ލިބުމުގެ ހައްގެއް ނެތް: އެމްނެސްޓީ

23 ފެބުރުއަރީ 2017
ޝަރުއީ ދާއިރާ އިންތިހާ އަށް ސިޔާސީވެފައި، އިންސާފުވެރި ޝަރީއަތެއް ލިބުމުގެ ހައްގެއް ނެތް: އެމްނެސްޓީ
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް