Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕީއެސްއެމް

ޕީއެސްއެމް މުވައްޒަފުންނަށް ލިމިޓެއް ނެތި އިތުރު ގަޑީގެ ފައިސާ ދޭން ނިންމައިފި

3 އޯގަސްޓު 2018 | ހުކުރު 17:19

އަސާސީ މުސާރައަށް ވުރެ އިނާޔަތް ބޮޑު ވެގެންދާނެ

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 3 އޯގަސްޓު 2018 | ހުކުރު 17:19
ޕީއެސްއެމްގެ ޗެނަލްތައް ހިންގާ އިމާރާތް: މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާގެ ލިމިޓް ވަނީ އުވާލާފައި

ޕީއެސްއެމްގެ ޗެނަލްތައް ހިންގާ އިމާރާތް: މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާގެ ލިމިޓް ވަނީ އުވާލާފައި

ރިޔާސީ އިންތިހާބާ ދިމާކޮށް، ޕަބްލިކް ސާވިސް މީީޑިއާ (ޕީއެސްއެމް)ގެ މުވައްޒަފުންގެ އިތުރު ގަޑީގެ ގޮތުގައި ދެމުންދާ ފައިސާގެ ލިމިޓް އުވާލައިފިއެވެ.

ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި ދައުލަތުގެ މީޑިއާގެ މުވައްޒަފުންގެ އިތުރު ގަޑީގެ ލިމިޓް އުވާލިކަން އެ ކުންފުނީގެ މުވައްޒަފުންނަށް އަންގާފައި ވަނީ މިދިޔަ ހަފްތާގައެވެ. އެގޮތުން ލިމިޓެއް ނެތި، މި ހިނގާ އޮގަސްޓު މަހުން ފެށިގެން އިތުރު ގަޑީގެ އިނާޔަތް ލިބޭނެކަން މުވައްޒަފުންނަށް ވަނީ އަންގާފައެވެ.

Advertisement - newsAdvertisement

ޕީއެސްއެމް މުވައްޒަފުންނަށް އިތުރު ގަޑީގެ ފައިސާ ދިނުމަށް ގެނައި އާ ބަދަލުގެ ސަބަބުން އަސާސީ މުސާރައަށް ވުރެ، އިތުރު ގަޑީގެ ފައިސާ ބޮޑުވުމުގެ ފުރުސަތު އޮންނާނެއެވެ.

ޕީއެސްއެމްގެ މުވައްޒަފުންނަށް މީގެ ކުރިން، އިތުރު ގަޑީގެ ގޮތުގައި އެންމެ ގިނައިން ލިބެނީ އަސާސީ މުސާރައިގެ 50 ޕަސަންޓެވެ. އޮކްޓޯބަރު މަހު އެކުލަވާލި އެ އުސޫލު އުވާލުމަށްފަހު، ރިޔާސީ އިންތިހާބާ ދިމާކޮށް އެ ކުންފުނީގެ ބައެއް މުވައްޒަފުންނަށް މަގާމުގެ ކުރިއެރުން ވެސް ވަނީ ދީފައެވެ.

ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ހަލީލު "ރާއްޖެއެމްވީ"އަށް ވިދާޅުވީ އިތުރު ގަޑީގެ ލިމިޓް އުވާލަން ނިންމީ، ކުންފުނީގެ ކުރީގެ ބޯޑުން އެކުލަވާލަން ނިންމި ޓާކްސް ބޭސްޑް އުސޫލުން މުވައްޒަފުންނަށް އިނާޔަތް ދިނުމާ ބެހޭ މިންގަނޑު ތައްޔާރު ކުރެވިފައި ނުވާތީ ކަމަށެވެ. ނަމަވެސް އެ މިންގަނޑު އެކުލަވާލެވެންދެން، ލިމިޓެއް ނެތި މުވައްޒަފުންނަށް އިތުރު ގަޑީގެ ފައިސާ ދިނުމަށް ނިންމާފައިވާ ކަމަށް ހަލީލު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޕީއެސްއެމްގެ މަގުސަދަކީ މުވައްޒަފުން މަސައްކަތް ކުރާ ވަގުތަށް ފައިސާ ދިނުމުގެ ބަދަލުގައި، ކުރާ ކޮންމެ މަސައްކަތަކަށް ފައިސާ ދިނުން ކަމަށެވެ. ގޮތުން މުވައްޒަފުން ކުރާ މަސައްކަތަށް ފައިސާ ދޭނެ އުސޫލެއް އެ ކުންފުނިން އެކުލަވާލާނެ ކަމަށާއި އެއަށްފަހު، އިތުރު ގަޑީގެ ފައިސާ އުވާލާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޕީއެސްއެމްގެ މުވައްޒަފުންގެ އަދަދު 400އަށް ވުރެ ގިނަ އެވެ. މިދިޔަ އަހަރުގެ ބަޖެޓުގައި އެކަނިވެސް އެ ކުންފުންޏަށް 60 މިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ. އެ ކުންފުންޏަށް މިދިޔަ އަހަރު ކަނޑައެޅި ބަޖެޓަށް ވުރެ 33 ޕަސެންޓު ބޮޑު ބަޖެޓެއް މިއަހަރަށް ވަނީ ކަނޑައަޅާފައެވެ. އެގޮތުން 80 މިލިއަން ރުފިޔާގެ ބަޖެޓެއް ޕީއެސްއެމަށް މިއަހަރު ކަނޑައަޅާފައިވާ ކަމަށް ދައުލަތުގެ ބަޖެޓުން ދައްކައެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ
24 ޖެނުއަރީ 2017

ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ

24 ޖެނުއަރީ 2017
ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ
22 ޖެނުއަރީ 2017

ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި

22 ޖެނުއަރީ 2017
ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
16 ޖެނުއަރީ 2017

ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
11 ޖެނުއަރީ 2017

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް