Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުޓްރިލިއަން ޑޮލަރު

ދުނިޔޭގެ ފުރަތަމަ ޓްރިލިއަން ޑޮލަރުގެ ޕަބްލިކް ކުންފުންޏަކަށް އެޕަލްވެއްޖެ

ކުންފުނީގެ ހިއްސާއެއްގެ އަގު ވަނީ ރިކޯޑް އަދަދަކަށް އަރާފައި

އަރުޝަމް އަބްދުލް ޢަޒީޒް
އަރުޝަމް އަބްދުލް ޢަޒީޒް | 3 އޯގަސްޓު 2018 | ހުކުރު 14:31
އެޕްލް ކުންފުނީގެ މަޝްހޫރު އައިފޯން

އެޕްލް ކުންފުނީގެ މަޝްހޫރު އައިފޯން

ދުނިޔޭގެ ފުރަތަމަ ޓްރިލިއަން ޑޮލަރުގެ ޕަބްލިކް ކުންފުންޏަށް ފޯނު ހެދުމަށް މަޝްހޫރު އެޕަލްވެއްޖެއެވެ.

ބުރާސްފަތި ދުވަހު ދުނިޔޭގެ އެންމެ އަގުބޮޑު، ޓްރިލިއަން ޑޮލަރުގެ ކުންފުންޏަށްވުމުން އެޕަލްގެ ހިއްސާގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. އެ ކުންފުނީގެ ހިއްސާއެއްގެ އަގު ވަނީ 207.39 ޑޮލަރުގެ ރިކޯޑް އަދަދަށް އަރާފައެވެ.

ކުންފުނީގެ ހިއްސާގެ އަގު އަންގާރަ ދުވަހު އުފުލެން ފަށާފައިވާއިރު ކުރިއަށް އޮތް ތިން މަސް ދުވަސް ވަންދެން ހިއްސާގެ އަގު އުފުލޭނެ ކަމަށް ދަނީ ބެލެވެމުންނެވެ. އެޕަލްއިން ޓްރިލިއަން ޑޮލަރުގެ މަގާމު ހޯދާފައި ވަނީ އެމޭޒަންއާއި މަކްރޯސޮފްޓްފަދަ ދުނިޔޭގެ ބޮޑެތި ކުންފުނިތަކާއި ވާދައަށް ނިކުމެއެވެ.

ދުނިޔޭގެ މޯބައިލް ފޯނުގެ މާކެޓަށް އެންމެ ބޮޑު އިންގިލާބެއް ގެނައި އައިފޯނު 2007 ގައި ވުޖޫދަށް އައިފަހުން ހިއްސާގެ އަގުވަނީ 1،100 ޕަސަންޓު އުފުލިފައެވެ. އޭގެ ތިން ބައިކުޅަ އެއްބައި އުފުލިފައި ވަނީ މިދިޔަ އަހަރުއެވެ. އެއީ އެ ކުންފުނި 1980 ވަނަ އަހަރު އުފެދުނު އިރާ އަޅާބަލާއިރު 50،000 ގުނަ އިތުރު އަދަދެކެވެ.

އައިފޯނު އުފައްދައިގެން މަޝްހޫރުވި ކުންފުނީގެ އަގު އެއް ޓްރިލިއަން ޑޮލަރަށް އެރިއިރު، ދުނިޔޭގައި އެންމެ ފުރަތަމަ އެއް ޓްރިލިއަން ޑޮލަރަށް އަރާފައި ވަނީ ޗައިނާގެ ގައުމީ ތެޔޮ ކުންފުނި "ޕެޓްރޯ ޗައިނާ" އެވެ. އެ ކުންފުނި އެ މަގާމު ލިބުނީ 2007 ވަނަ އަހަރު ޝަންހާއި ސްޓޮކް އެކްސްޗޭންޖްގައި ލިސްޓްކުރުމުންއެވެ. ނަމަވެސް އެ ކުންފުނީގެ ހިއްސާގެ އަގު ވެއްޓުމާއެކު މިހާރު ދުނިޔޭގައި ހަމައެކަނި އެއް ޓްރިލިއަން ޑޮލަރުގެ ކުންފުންޏަކީ އެޕަލްއެވެ.

އިތުރަށް ކިޔާލަން

03 ޑިސެމްބަރު 2017

ދުނިޔޭގެ އެންމެ މޮޅު ޖެނެރަލް މެނޭޖަރުގެ އެވޯޑް ގައިސަރަށް!

03 ޑިސެމްބަރު 2017
ދުނިޔޭގެ އެންމެ މޮޅު ޖެނެރަލް މެނޭޖަރުގެ އެވޯޑް ގައިސަރަށް!
29 ނޮވެމްބަރު 2017

ރާއްޖޭގައި ފުރަތަމަ ފަހަރަށް މޮބައިލް ގޭމް ސްޓޯރެއް އޫރީދޫ އިން ތައާރަފުކޮށްފި

29 ނޮވެމްބަރު 2017
ރާއްޖޭގައި ފުރަތަމަ ފަހަރަށް މޮބައިލް ގޭމް ސްޓޯރެއް އޫރީދޫ އިން ތައާރަފުކޮށްފި
22 ނޮވެމްބަރު 2017

ރާއްޖޭގެ ފުރަތަމަ އައިސް ރިންކް ޖުމެއިރާއަށް!

22 ނޮވެމްބަރު 2017
ރާއްޖޭގެ ފުރަތަމަ އައިސް ރިންކް ޖުމެއިރާއަށް!
03 ނޮވެމްބަރު 2017

އައިފޯން 10 ދުނިޔޭގެ ބާޒާރަށްނެރި ވިއްކަން ފަށައިފި

03 ނޮވެމްބަރު 2017
އައިފޯން 10 ދުނިޔޭގެ ބާޒާރަށްނެރި ވިއްކަން ފަށައިފި
05 އޮކްޓޯބަރު 2017

!ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑެއް ނުވޭ

05 އޮކްޓޯބަރު 2017
!ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑެއް ނުވޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު