Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިހާބު 2018

ރިލްވާން ގެއްލުވާލި މައްސަލައިގެ ދެ ފުށްފެންނަ ތަޙްގީޣެއް ހިންގާނަން: އިބޫ

2 އޯގަސްޓު 2018 | ބުރާސްފަތި 09:44

ރިލްވާން ވީނުވީއެއް ނޭންގި ގެއްލިފައިވަނީ 2014 ވަނަ އަހަރުގެ އޯގަސްޓް 08 ވަނަ ދުވަހުން ފެށިގެން

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް | 2 އޯގަސްޓު 2018 | ބުރާސްފަތި 09:44
އެމްޑީޕީގެ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)

އެމްޑީޕީގެ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)

ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ވަގަށް ނެގި މައްސަލައިގެ ދެފުށް ފެންނަ ތަހްގީގެއް ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއްގައި ހިންގާ އިންސާފު ހޯދައި ދެއްވާނެ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެއެވެ.

މެލޭޝިއާ އާއި ސިންގަޕޫރަށް ކުރެއްވި ދެ ދުވަހުގެ ކެމްޕެއިން ދަތުރުފުޅު ނިންމާލެއްވުމަށް ފަހު ބުރާސްފަތި ދުވަހު މާލެ ވަޑައިގެން ރިލްވާން ގަދަކަމުން ފޮރުވި ކަމަށް ބުނެ ދެ މީހެއްގެ މައްޗަށް އުފުލި ޓެރަރިޒަމްގެ ދައުވާ ސާބިތުނުވާ ކަމަށް ހުކުމް ކުރުމުން އެކަމަށް އިޝާރަތް ކުރައްވާ ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ ރިލްވާން ގެއްލުވާލި މައްސަލާގައި އިންސާފުލިބިފައި ނުވާތީ ހިތާމަ ކުރައްވާ ކަމަށެވެ. ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވެރިކަމެއްގައި ރިލްވާން ގެއްލުވާލި މައްސަލާގައި ދެފުށް ފެންނަ މިނިވަން އިންސާފުވެރި ތަޙްގީގެއް ހިންގާނެ ކަމަށް އިބޫ ވިދާޅުވިއެވެ.

Advertisement - newsAdvertisement
"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ވެރިކަމެއްގައި ދެ ފުށް ފެންނަ ހާމަކަން ބޮޑު ތަޙްގީގެއް އެކަމުގައި ކޮށް، އިރާދަކުރެއްވިއްޔާ އެކަމުގައި އިންސާފު ހޯދައި ދޭނަން އެކަމުގައި" ރިލްވާން ގެއްލުވާލި މައްސަލައިގެ ތަޙްގީގް ކުރިއަށް ދިޔައީ އިންސާފުން ނޫން ކަމަށް އިޝާރަތް ކުރައްވާ ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވިއެވެ.

ނޫސްވެރިޔާ ރިލްވާން ގަދަކަމުން ފޮރުވި ކަމަށް ބުނެ ހ. ހިލްޓަން އާލިފް ރައޫފާއި ގދ. ވާދޫ ކަރަންކާގޭ މުހައްމަދު ނޫރައްދީންގެ މައްޗަށް އުފުލި ޓެރަރިޒަމްގެ ދައުވާ ސާބިތުނުވާ ކަމަށް ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.

ރިލްވާން ގެއްލުވާލި މައްސަލައިގެ ތަޙްގީގް ކުރިއަށް ދިޔައީ ރަނގަޅަށް ނޫން ކަމަށް އޭރުވެސް ގުޅިފައިވާ ޕާޓީތަކުން ފާހަގަކޮށް، ހާމަކަން ބޮޑު ތަހްގީގްގެއް ކުރުމަށް ފުލުހުންގެ ކިނބައިން އެދިވަޑައިގެންފައިވާނެ ކަމަށް އިބޫ ފާހަގަކުރެއްވިއެވެ،

"ނޫސްވެރިޔާ ރިލްވާން ގެއްލިގެން ދިޔަ ދިއުމާއި ގުޅޭގޮތުން ކުރެވުނު ތަޙްގީގެއްގެ މައްޗަށް ބިނާކޮށް ޝަރީއަތުން ގޮތެއް ނިމިގެން އެދިޔައީ، އަޅުގަނޑު މިއަދު ހިތާމަ ކުރަން އެކަމަށް އިންސާފު ލިބިފައި ނުވާތީ، އަޅުގަނޑުމެން އޭރު ވެސް ބުނަމުން އައީ، ތަޙްގީގްތައް ދަނީ ރަނގަޅަށް ނޫން ކަމަށް، ހާމަކަން ބޮޑު ގޮތެއްގައި އެކަން ނުދާ ވާހަކަ އަޅުގަނޑުމެން އޭރު ވެސް ހާމަކޮށްފައިވާނެ" އިބޫ ވިދާޅުވިއެވެ.

ހުޅުމާލޭގައި ދިރިއުޅެމުންދިޔަ ރިލްވާން 2014 ވަނަ އަހަރުގެ އޮގަސްޓް 8 ވަނަ ދުވަހުގެ ރޭ ގަދަކަމުން ކާރަކަށް ލައިގެން ގެންގޮސް ފޮރުވި ކަމަށް ބުނެ ދައުލަތުން ކޮށްފައިވާ ދައުވާ އިން ދެ މީހުން ސަލާމަތްވީ އެ އަމަލު ހިންގުމުގައި ބައިވެރިވި ކަން އެނގޭނެ އެއްވެސް ހެއްކެއް ގަރީނާއެއް ދައުލަތަށް ދެއްކިފައިނުވާތީ އެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން އިންތިހާބުގައި ވާދަކުރައްވާ ކެނޑިޑޭޓަކަށް އިބޫ ކަނޑައެޅުމުން، އެމަނިކުފާނު ވަނީ ރިލްވާންގެ އާއިލާއާއި ނިމިދިޔަ މަސް ތެރޭގައި ބައްދަލު ކުރައްވާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

އިތުރަށް ކިޔާލަން

02 މާރިޗު 2017

ކުއްލި ގޮތަކަށް މަރުވި ދެމަފިރިންގެ މައްސަލައިގެ ތަހުގީގު އަދިނުނިމޭ: ޕޮލިސް

02 މާރިޗު 2017
ކުއްލި ގޮތަކަށް މަރުވި ދެމަފިރިންގެ މައްސަލައިގެ ތަހުގީގު އަދިނުނިމޭ: ޕޮލިސް
20 ފެބުރުއަރީ 2017

ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި އެޖެންޑާ ކޮށްފި

20 ފެބުރުއަރީ 2017
ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި އެޖެންޑާ ކޮށްފި
19 ފެބުރުއަރީ 2017

ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި މާދަމާ އަށް އެޖެންޑާ ކޮށްފި

19 ފެބުރުއަރީ 2017
ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި މާދަމާ އަށް އެޖެންޑާ ކޮށްފި
07 ފެބުރުއަރީ 2017

ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!

07 ފެބުރުއަރީ 2017
ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!
06 ފެބުރުއަރީ 2017

އޭސީސީއަށް ހުށަހެޅުނު މައްސަލައިގެ ޢަދަދު 15 އިންސައްތަ އިތުރު ވެއްޖެ

06 ފެބުރުއަރީ 2017
އޭސީސީއަށް ހުށަހެޅުނު މައްސަލައިގެ ޢަދަދު 15 އިންސައްތަ އިތުރު ވެއްޖެ
23 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ
20 ޖެނުއަރީ 2017

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ
18 ޖެނުއަރީ 2017

ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!

18 ޖެނުއަރީ 2017
ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!
10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް