Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިހާބު 2018

ރަށް ދޫކޮށް އެހެން ރަށަކަށް ބަދަލުވާން މަޖުބޫރެއް ނުކުރާނަން: ފައިސަލް

31 ޖުލައި 2018 | އަންގާރަ 22:28

ގޯތީގެ މައްސަލައަށް ހައްލެއް ހޯދަދޭނަން

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް | 31 ޖުލައި 2018 | އަންގާރަ 22:28
އދ އަތޮޅުގެ ރަށްތަކަށް ފައިސަލް ކުރެއްވި ކެމްޕޭން ދަތުރުގެ ތެރެއިން

އދ އަތޮޅުގެ ރަށްތަކަށް ފައިސަލް ކުރެއްވި ކެމްޕޭން ދަތުރުގެ ތެރެއިން

ކުދި ރަށްތަކުގައި ދިރިއުޅޭ ރައްޔިތުން އެހެން ރަށަކަށް ބަދަލުކުރަން ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއްގައި މަޖުބޫރު ނުކުރާނެކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ރަނިންގމޭޓް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އދ އަތޮޅަށް ކުރެއްވި ދެ ދުވަހުގެ ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ފައިސަލް ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއްގައި ކުދި ރަށްތަކުގައި ދިރިއުޅޭ ރައްޔިތުން ވަކި ރަށަކަށް "ހިޖުރަކުރަން" މަޖުބޫރު ނުކުރާނެ ކަމަށެވެ. ގުޅިފައިވާ ޕާޓީތަކެއްގެ ވެރިކަމުގައި އަބަދުވެސް ވިސްނުން ގެންގުޅޭނީ ރައްޔިތުން ބޭނުންވާ ކަންކަން ހާސިލްކޮށްދީގެން އެ ރަށެއްގައި ރައްޔިތުންނަން ހަމަޖެހިގެން ދިރިއުޅެވޭނެ މަގު ފަހި ކޮށްދިނުމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

Advertisement - newsAdvertisement
"އަޅުގަނޑުމެންގެ ސަރުކާރަކުން، އަޅުގަނޑުމެން މަޖުބޫރެއް ނުކުރުވާނަން، ހިޖުރަކުރުމަކީ ރަށްދޫކޮށް އެހެންތަނަކަށް ޖަމާވާން ގޮވާލުމަކީ ނުވަތަ އެގޮތަށް ބާރު އެޅުމަކީ އަޅުގަނޑުމެން ކުރާނެ ކަމެއް ނޫން، އަޅުގަނޑުމެންގެ ސަރުކާރެއްގައި ކޯލިޝަނުން އަބަދުވެސް ވިސްނަމުންދާނީ ރަށުގައި ރައްޔިތުންނަން އުޅެވޭނެ ގޮތެއް،" ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ކާށިދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވަމުން ގެންދަވާ ފައިސަލް ވިދާޅުވިއެވެ.

އދ އަތޮޅުގެ ރަށްތަކަށް ފައިސަލް ކުރެއްވި ދެ ދުވަހުގެ ދަތުރުގެ ތެރެއިން

އދ ގެ އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އެންމެ ބޮޑަށް ފާހަގަކުރެއްވުނު ކަމަކީ ކައުންސިލްތަކުގެ ބާރުވެރިކަން ރައީސް ޔާމީންގެ ސަރުކާރުން ނިގުޅައިގެންފައިވުމުން ރައްޔިތުން އެދޭ ކަންކަން ކައުންސިލްތަކަށް ކޮށްދިނުމަށް ނުކުޅެދިފައިވާ ކަން ކަމަށެވެ. އެގޮތުން ދިރިއުޅުމަށްޓަކައި ދޫކުރާ ބަންޑާރަ ގޯތި ދޫކުރުން ކައުންސިލްތަކުގެ ބާރުވެރިކަމުން ނިގުޅައިގަތުމަކީ ރައްޔިތުންގެ ކަންބޮޑުވެއް ކަމަށް ރައީސް ޔާމީންގެ ސަރުކާރުން އދ އަތޮޅުގެ ރަށްތަކުން ގޯތި ދޫކުރުން ހިފަހައްޓާފައިވުންކަން ފާހަގަކުރައްވަމުން ފައިސަލް ވިދާޅުވިއެވެ.

"ވޭތެވެދިޔަ ހަތަރުވަކަށް އަހަރު، މި ރަށުގެ (ދިގުރަށުގެ) ޒުވާނުންނަން ގޯތި އިނޣޭތޯ، މި ރަށައް ބަލާލާފިނަމަ ގާތްގަނޑަކަށް 40 އަކަށް ގޯއްޗަށް ރައްޔިތުން ވަނީ އެދިފައި، އަޅުގަނޑުމެންނަން މައުލޫމާތު ލިބޭ ގޮތުގައި ގާތްގަނޑަކަށް ހަތަރުވަކަށް އަހަރުވީ، ހަމަ އެކަނި ދޫކޮށްލާށޭ ބުނުން އޮތީ، ދޫކޮށްލާށޭ ބުނުން ފިޔަވާ އެހެން އެއްވެސް ކަމެއް ކުރާކަން ނުޖެހޭ،" ގޯތީގެ މައްސަލައަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދައްކަވަމުން ފައިސަލް ވިދާޅުވިއެވެ.

މީގެ އިތުރުން ފައިސަލް ވިދާޅުވީ ކޯލިޝަން ސަރުކާރެއްގައި މިފަދަ މައްސަލަތަކަށް ހައްލު ލިބިގެންދާނެ ކަމަށެވެ. ލާމަރުކަޒީ ނިޒާމު ޖަރުދަނާކޮށް، ކައުންސިލްތަކަށް ގާނޫނީ ގޮތުން ލިބެން ޖެހޭ ބާރުވެރިކަން ހޯދަނޭނެ ކަމަށެވެ. އަދި ރައީސް ޔާމީންގެ ސަރުކާރުން ބައެއް ކައުންސިލް ތަކުގެ ކައުންސިލަރުން ސަސްޕެންޑުކުރިނަމަވެސް، އެފަދަ ކަންކަން ހުއްޓާލަން މިހާރުވެސް ޖެހޭ ކަމަށެވެ. އެއީ ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމުގައި ގެންގުޅޭނެ ވިސްނުމެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އދ އަތޮޅުގެ ރަށްތަކަށް ފައިސަލް ކުރެއްވި ދެ ދުވަހުގެ ދަތުރުގެ ތެރެއިން

އދ އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރުފުޅުގައި ފައިސަލް ވަނީ އެ އަތޮޅުގެ ހުރިހާ ރަކަށް ވަޑައިގެން ކައުންސިލްތަކާއި ބައްދަލުކުރައްވައި، ރަށުގެ މުހިއްމު ތަންތަން ބައްލަވާފައެވެ. މިދަތުރުގައި ގުޅިފައިވާ ޕާޓީޓަކުގެ އިސްވެރިން ބައިވެރިވަޑައިގަންނަވާއިރު، އދ އަތޮޅުން ފައިސަލަށް ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

އިތުރަށް ކިޔާލަން

13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
12 ޖެނުއަރީ 2017

ހަސަން ލަތީފް ނ. އަތޮޅުގެ ރަށްތަކަށް ވަޑައިގަންނަވައިފި

12 ޖެނުއަރީ 2017
ހަސަން ލަތީފް ނ. އަތޮޅުގެ ރަށްތަކަށް ވަޑައިގަންނަވައިފި
11 ޖެނުއަރީ 2017

އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި

11 ޖެނުއަރީ 2017
އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި
11 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

11 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!
10 ޖެނުއަރީ 2017

ޗެއާޕާސަން ކަމަށް ހަސަން ލަތީފް ދޮރުން ދޮރަށް ކެމްޕޭން ފައްޓަވައިފި

10 ޖެނުއަރީ 2017
ޗެއާޕާސަން ކަމަށް ހަސަން ލަތީފް ދޮރުން ދޮރަށް ކެމްޕޭން ފައްޓަވައިފި
09 ޖެނުއަރީ 2017

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
07 ޖެނުއަރީ 2017

ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

07 ޖެނުއަރީ 2017
ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް