Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރިޔާސީ އިންތިހާބު 2018

ރީރަޖިސްޓްރީ ކުރުމަށް ކުންފުނިތަކާއި އޮފީސްތަކުގައި ކުރާ މަސައްކަތަށް ހިތްވަރުދެން: ލޭބަރ ރިލޭޝަންސް އޮތޯރިޓީ

އެ އެތޯރިޓީން އެގޮތަށް ބުނީ "މިހާރު އޮންލައިންގައި" ޝާއިރުކުރި ހަބަރެއް ދޮގުކޮށް ނެރުނު ބަޔާނެއްގައި

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 31 ޖުލައި 2018 | އަންގާރަ 22:30
ވޯޓަރސް ރީރަޖިސްޓްރޭޝަންގެ މަސައްކަތް ކުރިއަށްގެންދަނީ

ވޯޓަރސް ރީރަޖިސްޓްރޭޝަންގެ މަސައްކަތް ކުރިއަށްގެންދަނީ

ރީރަޖިސްޓްރީ ކުރުމަށް ކުންފުނިތަކާއި އޮފީސްތަކުގައި ކުރާ މަސައްކަތަށް ހިތްވަރުދޭކަމަށް ލޭބަރ ރިލޭޝަން އެތޯރިޓީ އިން ބުނެފި އެވެ.

އެއްވެސް މުވައްޒަފަކަށް ނުފޫޒު ފޯރުވައިގެން ސިޔާސީ މަސައްކަތް ކުރުވާ ނަމަ އެ މައްސަލައެއް ބަލައި ފިޔަވަޅު އަޅާނެ ކަމަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީ އާއި ހަވާލާދީ "މިހާރު އޮންލައިންގައި" ޝާއިރުކުރި ހަބަރެއް ދޮގުކޮށް ލޭބަރ ރިލޭޝަން އެތޯރިޓީ އިން އާންމުކުރި ބަޔާނެއްގައި ބުނީ، އެ ހަބަރަކީ އެ އެތޯރިޓީން ދިން މައުލޫމާތާއި އެއްގޮތަށް ޝާއިއުކޮށްފައިވާ ހަބަރެއް ނޫން ކަމަށެވެ. އަދި އިންތިހާބުގައި ރީރަޖިސްޓްރީ ކުރުމަކީ ވޯޓުލާން ވީހާ ގިނަ ބަޔަކު ނިކުތުމަށް ދެވޭ ހިތްވަރަކަށްވާތީ، ރީރަޖިސްޓްރީވުމަށް އެހީތެރިވުމާއި ރީރަޖިސްޓްރީ ކުރުމުގައި ކުންފުނިތަކާއި އޮފީސްތަކުގައި މަސައްކަތްކުރާ މުވައްޒިފުން ނިކުމެ މަސައްކަތްކުރުމަކީ އެ އެތޯރިޓީން ހިތްވަރުދޭކަމެއް ކަމަށެވެ.

ރީރަޖިސްޓްރީ ކުރުމަށް ކުންފުނިތަކާއި އޮފީސްތަކުގައި ކުރާ މަސައްކަތަށް ހިތްވަރުދޭކަމަށް ލޭބަރ ރިލޭޝަން އެތޯރިޓީ އިން ބުނިއިރު، ކުންފުނިތަކާއި އޮފީސްތަކުން ރީރަޖިސްޓްރީކުރުމަށް ފުރާ ފޯމުތައް ލިބޭނީ ޕީޕީއެމްގެ ކެމްޕޭން އޮފީހަށްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް ވިދާޅުވާ ވީޑިއޯއެއް ވަނީ އާންމުވެފަ އެވެ. އެއާއެކު އިދިކޮޅު ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، ޤާނޫނީ ވަކީލުން ވިދާޅުވެފައިވަނީ ރީރަޖިސްޓްރީ ކުރުމުގެ މަސައްކަތުގައި އޮފީސް ވަގުތުގައި މުވައްޒަފުން ހަރަކާތްތެރިވާން އެންގުމަކީ ކުށެއް ކަމަށެވެ.

އިތުރަށް ކިޔާލަން

20 ފެބުރުއަރީ 2018

ހުސައިން އަހުމަދަކީ މަސައްކަތަށް ފަރުވާކުޑަ ފަރާތެއް، އިސްތިއުފާ ދިނީ ވަޒީފާއިން ވަކި ކުރާނެ ކަމަށް ހީވުމުން: އެމްޕީއެލް

20 ފެބުރުއަރީ 2018
ހުސައިން އަހުމަދަކީ މަސައްކަތަށް ފަރުވާކުޑަ ފަރާތެއް، އިސްތިއުފާ ދިނީ ވަޒީފާއިން ވަކި ކުރާނެ ކަމަށް ހީވުމުން: އެމްޕީއެލް
21 އޯގަސްޓު 2017

ފަނޑިޔާރުންގެ މަސައްކަތަށް ހުރަސްއަޅާނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފި

21 އޯގަސްޓު 2017
ފަނޑިޔާރުންގެ މަސައްކަތަށް ހުރަސްއަޅާނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފި
21 އޯގަސްޓު 2017

ފިނޭންސް މިނިސްޓްރީގެ މަސައްކަތަށް ވޮލެންޓިޔަރުން ހޯދަނީ

21 އޯގަސްޓު 2017
ފިނޭންސް މިނިސްޓްރީގެ މަސައްކަތަށް ވޮލެންޓިޔަރުން ހޯދަނީ
26 ޖުލައި 2017

ބަލާފާސްކުރުމުގެ ނަމުގައި ފުލުހުން ދަނީ މަސައްކަތަށް ހުރަސް އަޅަމުން: ޖުމްހޫރީ ޕާޓީ

26 ޖުލައި 2017
ބަލާފާސްކުރުމުގެ ނަމުގައި ފުލުހުން ދަނީ މަސައްކަތަށް ހުރަސް އަޅަމުން: ޖުމްހޫރީ ޕާޓީ
23 ޖުލައި 2017

ނޫސްވެރިންގެ މަސައްކަތަށް ހުރަސް އެޅޭފަދަ ކަމެއް އެއްވެސް ފަރާތަކުން ނުކުރުމަށް މީޑިއާ ކައުންސިލުން ގޮވާލައިފި

23 ޖުލައި 2017
ނޫސްވެރިންގެ މަސައްކަތަށް ހުރަސް އެޅޭފަދަ ކަމެއް އެއްވެސް ފަރާތަކުން ނުކުރުމަށް މީޑިއާ ކައުންސިލުން ގޮވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު