Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިޚާބު 2018

މުޅި ހަޔާތުގައި ވެސް ތެދުވެރިކަމާއި އަމާނާތްތެރިކަން ދޫކޮށް ނުލާނަން: އިބޫ

28 ޖުލައި 2018 | ހޮނިހިރު 18:50

ގޯތި ދޫކުރުމާ ގުޅޭ މުހިއްމު ވައުދެއް ވެވަޑައިގެންނެވި

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 28 ޖުލައި 2018 | ހޮނިހިރު 18:50
އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ): ތުޅާދޫގައި މުހިއްމު ތިން ވައުދެއް ވެވަޑައިގެންނެވި

އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ): ތުޅާދޫގައި މުހިއްމު ތިން ވައުދެއް ވެވަޑައިގެންނެވި

ތެދުވެރިކަމާއި އަމާނާތްތެރި ކަމަކީ މުޅި ހަޔާތުގައި ވެސް ދޫކޮށްލާނެ ދެ ކަމެއް ނޫން ކަމަށް ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ޕާޓީތަކުން ހޮނިހިރު ދުވަހު ބ. ތުޅާދޫގައި ބޭއްވި ޖަލްސާގައި ވާހަަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓުކަން ގަބޫލުފުޅު ކުރެއްވީ، ހަވާލު ކުރި ޒިންމާ އަދާކުރެވޭނެ ކަމުގެ ޔަގީންކަން އަމިއްލަ ނަފްސަަށް އޮތުމުން ކަމަށެވެ. ޕާޓީތަކުން އެއްބަސްވެވޭ ކެންޑިޑޭޓެއްގެ ގޮތުގައި ޕޯޑިއަމް ކައިރީގައި ހުއްޓިގެން ހުންނަންޖެހޭ ސަބަބަކީ ތެދުވެރިކަމާއި އަމާނާތްތެރިކަން ކަމަށް އިބޫ ވިދާޅުވި އެވެ.

Advertisement - newsAdvertisement

"އަޅުގަނޑު މިތާ ހުއްޓި ހުންނަންޖެހޭ ހަމައެކަނި ސަބަބަކީ އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި އަމާނާތްތެރިކަމާއި ތެދުވެރިކަން. އެއީ އަޅުގަނޑު ދޫކޮށްލާނެ ދެ ކަންތަކެއް ނޫން. އަޅުގަނޑުގެ މުޅި ހަޔާތުގައި ވެސް،" އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ ޕާޓީތަކުގެ ލީޑަރުންނާއި ރައްޔިތުން އެދޭ ގޮތަށް އިންސާފުގެ އައްސޭރިއަކަށް ރާއްޖެ ގެންދިއުމަށްޓަކާ އޭނާގެ ލަޔާގަތާއި ގާބިލިއްޔަތު ތަންދިން މިންވަރަކުން މަސައްކަތްޕުޅު ކުރައްވާނެ ކަމަށެވެ.

ތުޅާދޫގެ ރައްޔިތުންގެ ކަންބޮޑުވުންތައް ކައިރިން އަޑު އެއްސެވުމަށް ފަހު، އިބޫ ވިދާޅުވީ ތުޅާދޫފަދަ ބިން ހިއްކާފައިވާ ރަށްތަކުގައި ބިން ދޫނުކޮށް ހިފަހައްޓާފައި އޮތް އޮތުން، އެމަނިކުފާނުގެ ވެރިކަމެއްގައި ނިމުމަކަށް ގެންނާނެ ކަމަށެވެ. އެގޮތުން ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ލޭންޑު ޔޫސް ޕްލޭން ހަދައި، އެފަދަ ރަށްތަކުން ގޯތި ދޫކުރަން ފަށާނެ ކަމަށް އިބޫ ވިދާޅުވިއެވެ.

ޓޫރިޒަމް އިސްތިހާރު ކުރުމަށް މިއަހަރުގެ ބަޖެޓުގައި އޮތީ ތިން މިލިއަން ޑޮލަރު ކަމަށާއި ނަމަވެސް އެމަނިކުފާނު ވެރިކަމެއްގައި ޓޫރިޒަމް އިސްތިހާރު ކުރުމަށް އޭގެ ތިން ގުނަ ބޮޑު ބަޖެޓެއް، ކަނޑައަޅާނެ ކަމަށެވެ. އޭގެ ސަބަބުން ރިސޯޓުތަކަށާއި ގެސްޓު ހައުސްތަކަކާއި ޔޮޓުތަކަށް އަންނަ ޓޫރިސްޓުން އިތުރުވެގެންދާނެ ކަމަށް އިބޫ ވިދާޅުވިއެވެ.

މަސްވެރިންނަށް ވައުދު ވެވަޑައިގަންނަވަމުން އިބޫ ވިދާޅުވީ މަސްވެރިންނަށް މަހުގެ ހަމަ އަގު ހޯއްދަވައިދެއްވާނެ ކަމަށެވެ. ބޭރުގެ ފަރާތްތަކުން ރާއްޖޭގެ ކަނޑުތަކަށް ވަދެ، ދާ އަޅަން އެ ފުރުސަތު ނުދޭނެ ކަމަށާއި މަސްކަނޑުތައް ހާއްސަ ކުރާނީ ހަމައެކަނި ދިވެހި މަސްވެރިންނަށް ކަމަށް އިބޫ ވިދާޅުވިއެވެ.

ބ. އަތޮޅަކީ މިހާރަށް ވުރެ ބޮޑަށް ހިމާޔަތް ކުރަންޖެހޭ އަތޮޅެއްކަން ފާހަގަކޮށް، އިބޫ ވިދާޅުވީ އަހަރެއްގެ ތެރޭގައި ބ. އަތޮޅުގެ ތިމާވެށީގެ ރީތިކަން ބަލާލުމަށް ހަތަރު ލައްކައެއްހާ މީހުން އެ އަތޮޅަށް އަންނަ ކަމަަށެވެ. ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއްގައި ބ. އަތޮޅު އިތުރަށް ހިމާޔަތްކޮށް، އަތޮޅުގެ ހެޔޮ ނަފާ އަތޮޅުގެ ރައްޔިތުންނަށް ހޯއްދަވައި ދެއްވާނެ ކަމަށް އިބޫ ވިދާޅުވިއެވެ.

އިބޫ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ ކޮރަޕްޝަން ހުއްޓުވުމަށްޓަކާ އޮޑިޓާ ޖެނަރަލަށް ފުރިހަމަ މިނިވަންކަން ދެއްވާނެ ކަމަށާއި ސަރުކާރުގެ ތެރޭގައި އަށަގެންފައިވާ ކޮރަޕްޝަން ހުއްޓުވާނެ ކަމަށެވެ. އަދި ވިދާޅުވީ ރައްޔިތުންގެ މަސައްކަތާ އެކު ބޮޑުތަފާތަކުން އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

21 ޖެނުއަރީ 2017

ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

21 ޖެނުއަރީ 2017
ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި
17 ޖެނުއަރީ 2017

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި
14 ޖެނުއަރީ 2017

މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

14 ޖެނުއަރީ 2017
މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
11 ޖެނުއަރީ 2017

އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި

11 ޖެނުއަރީ 2017
އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި
11 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

11 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!
09 ޖެނުއަރީ 2017

އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ

09 ޖެނުއަރީ 2017
އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
06 ޖެނުއަރީ 2017

2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ

06 ޖެނުއަރީ 2017
2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް