Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރީ ރެޖިސްޓްރޭޝަން

އޮޅުވާލައިގެން ރީ ރެޖިސްޓްރޭޝަން ފޯމު ފުރުުވާކަމުގެ ޝަކުވާ ދަނީ ލިބެމުން: އިލެކްޝަންސް

25 ޖުލައި 2018 | ބުދަ 16:48

ރީ ރަޖިސްޓްރީ ކުރުމުގައި އޮޅުވާލައިގެން ފޯމު ފުރުވައިފާނެތީ ރައްޔިތުން ސަމާލުވުމަށް ކޮމިޝަނުން އެދޭ

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 25 ޖުލައި 2018 | ބުދަ 16:48
އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއް

އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއް

ރީ ރަޖިސްޓަރީ ކޮށްދިނުމުގެ ނަމުގައި ބައެއް ފަރާތްތަކުން އޮޅުވާލައިގެން ފޯމު ފުރަމުންދާކަމުގެ ޝަކުވާ ލިބެމުންދާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުދަ ދުވަހުގެރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެފަދަ ކަންކަން ހިނގާކަމުގެ ޝަކުވާ ލިބެމުންދާތީ އެފަދަ ކަންކަމަށް ހުރިހާ ރައްޔިތުން ވެސް ސަމާލުުވުމަށް އެދޭކަމަށެވެ.

Advertisement - newsAdvertisement

އަދި ރަށްވެހިވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރަޖިސްޓަރީވުމުގެ ފުރުޞަތު ވީހާ ވެސް ގިނަ ރައްޔިތުންނަށް ހޯދައި ދިނުމަށްޓަކައި އިލެކްޝަނުން ކުރާ މަސައްކަތުގައި، ސިޔާސީ ޕާޓީތަކުންނާއި ދައުލަތުގެ އިދާރާތަކުން ކޮށްދޭ މަސައްކަތްތައް ފާހަގަކުރާކަމަށް އެ ކޮމިޝަނުން ބުންޏެވެ.

އިލެކްޝަން ކޮމިޝަނުން މިހެން ބުނެފައިވާއިރު، ރިޔާސީ އިންތިހާބުގައި ރަށްވެހިވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓްލުމަށް ރީ ރަޖިސްޓްރީ ވާ ފަރާތްތަކަށް ހާއްސަކޮށް އިލެކްޝަން ކޮމިޝަނުން ތައްޔާރުކޮށްފައިވާ ފޯމުގެ ބަދުލުގައި އެހެން ފޯމެއް ބޭނުންކޮށްގެން ޕީޕީއެމް އިން މީހުން ރީ ރަޖިސްޓްރީކުރުވަން އުޅޭކަމަށް ގުޅިފައިވާ އިދިކޮޅު ފަރާތްތަކުގެ ރިޔާސީ ކެންޑިޑޭޓުގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވެސް ވަނީ ވިދާޅުވެފައެވެ. މާރިޔާ ވިދާޅުވީ ރިޔާސީ އިންތިހާބަށް ރީ ރެޖިސްޓްރީ ކުރުމަށް ޕީޕީއެމުން ގޭގެއަށް ހިފައިގެން ދަނީ މުޅިން ތަފާތު ފޯމެއްކަން ގުޅިފައިވާ ޕާޓީތަކުން ޑޯ ޓު ޑޯ ހަރަކާތް ހިންގަމުން ދިޔައިރު ފާހަގަކުރެވިފައިވާ ކަމަށެވެ.

ރަށްވެހިވެފައިވާ ރަށް ނޫން ތަނެއްގައި ވޯޓްލުމަށް ރީ ރަޖިސްޓަރީ ކުރުމުގެ ފުރުސަތު އަންނަ އޯގަސްޓްމަހުގެ 11 ވަނަ ދުވަހާއި ހަމައަށް ވަނީ ހުޅުވާލައިފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

11 އޯގަސްޓު 2017

އެސްޓީއޯގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދަމުންދާތީ ސަމާލު ވުމަށް އެދެފި

11 އޯގަސްޓު 2017
އެސްޓީއޯގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދަމުންދާތީ ސަމާލު ވުމަށް އެދެފި
04 ޖުލައި 2017

މެންބަރު އަހްމަދު ރަޝީދުގެ އަމިއްލަ ޝަކުވާތަކެއް ފުލުހުން ބަލަނީ!

04 ޖުލައި 2017
މެންބަރު އަހްމަދު ރަޝީދުގެ އަމިއްލަ ޝަކުވާތަކެއް ފުލުހުން ބަލަނީ!
17 މެއި 2017

މަޑިފުއްޓާއި ކޮމަންޑޫގެ ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުބައިލައިފި

17 މެއި 2017
މަޑިފުއްޓާއި ކޮމަންޑޫގެ ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުބައިލައިފި
14 މެއި 2017

ރައްޔިތުންނަށް ހިދުމަތް ދޭން ޖެހޭނީ ކުރާ ޝަކުވާއަށް ބެލުމެއް ނެތި: އަޒްލީން

14 މެއި 2017
ރައްޔިތުންނަށް ހިދުމަތް ދޭން ޖެހޭނީ ކުރާ ޝަކުވާއަށް ބެލުމެއް ނެތި: އަޒްލީން
13 އެޕްރީލު 2017

ޕީޕީއެމަށް ވަނުމަށް ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރު ކުރާ ޝަކުވާތައް އިތުރުވެއްޖެ

13 އެޕްރީލު 2017
ޕީޕީއެމަށް ވަނުމަށް ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރު ކުރާ ޝަކުވާތައް އިތުރުވެއްޖެ
20 މާރިޗު 2017

ވޯޓު ލެވޭ މީހުންގެ ލިސްޓް ޢާއްމުކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އަންގާރަ ދުވަހު ހުޅުވާލަނީ

20 މާރިޗު 2017
ވޯޓު ލެވޭ މީހުންގެ ލިސްޓް ޢާއްމުކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އަންގާރަ ދުވަހު ހުޅުވާލަނީ
08 މާރިޗު 2017

ރީ-ރެޖިސްޓްރޭޝަން ފޯމު މޮބައިލް ސްޓޭޝަންތަކަށް ހުށަހެޅުމުގެ ސުންގަޑި އަވަސްކޮށްފި

08 މާރިޗު 2017
ރީ-ރެޖިސްޓްރޭޝަން ފޯމު މޮބައިލް ސްޓޭޝަންތަކަށް ހުށަހެޅުމުގެ ސުންގަޑި އަވަސްކޮށްފި
08 މާރިޗު 2017

އެކަނިވެރި މައިންނަށްދޭ އިނާޔަތް ނުލިބޭކަމުގެ ޝަކުވާތައް އާދޭ: އެޗްއާރުސީއެމް

08 މާރިޗު 2017
އެކަނިވެރި މައިންނަށްދޭ އިނާޔަތް ނުލިބޭކަމުގެ ޝަކުވާތައް އާދޭ: އެޗްއާރުސީއެމް
03 ފެބުރުއަރީ 2017

އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

03 ފެބުރުއަރީ 2017
އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
16 ޖެނުއަރީ 2017

ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

16 ޖެނުއަރީ 2017
ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް