Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިހާބު 2018

65 އަހަރު ވުމަކީ ހަކަތަ ނެތިގެން ތިބެންޖެހޭ އުމުރެއް ނޫން: ރައީސް ޔާމީން

11 ޖުލައި 2018 | ބުދަ 07:01

ހަލުވި މަސައްކަތްތަކެއް ކުރެވޭނެ ކަމަށް ވިދާޅުވި

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 11 ޖުލައި 2018 | ބުދަ 07:01
ރައީސް ޔާމީން: 65 އަހަރުވުމުން ވެސް ދައުލަތް ބިނާ ކުރުމުގައި ފަންނީ މަސައްކަތް ކުރެވޭނެ ކަމަށް ވިދާޅުވި--

ރައީސް ޔާމީން: 65 އަހަރުވުމުން ވެސް ދައުލަތް ބިނާ ކުރުމުގައި ފަންނީ މަސައްކަތް ކުރެވޭނެ ކަމަށް ވިދާޅުވި--

އުމުރުން 65 އަހަރުވުމަކީ ވަޒީފާއިން ރިޓަޔަރ ކުރުމަށްފަހު، ހަކަތަ ނެތިގެން ކަމަށް ބުނެ، ތިބެންޖެހޭ އުމުރެއް ނޫން ކަމަށް ރައީސް އަބްދުﷲ ޔާމިން ވިދާޅުވެއްޖެއެވެ.

މ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ އަތޮޅު ކޮޅުފުއްޓަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ރައީސް ޔާމީންވިދާޅުވީ އުމުރުން 65 އަހަރުވުމަކީ ރިޓަޔަރ ކޮށްފައި ތިބެންޖެހޭ އުމުރެއް ނޫން ކަމަށާއި އެ އުމުރުގެ ބޭފުޅުން "ހަލުވި މަސައްކަތްތަކެއް" ކުރަމުންދާ ކަމަށެވެ.

Advertisement - newsAdvertisement

"އަޅުގަނޑު އެއްވެސް ގޮތަކަށް ގަބޫލު ކުރާކަށް ބޭނުމެއް ނޫން، ކޮންމެހެނެއް މަސައްކަތް ނުކުރެވިގެން، މަސައްކަތް ކުރުމުގެ ހަކަތަ ނެތިގެން، މިއީކީ ރިޓަޔަރ ކޮށްފަ ތިބެން ޖެހެ އުމުރެއް ނޫން. މިއީކީ ދޮށީ ރައްޔިތުންނަށް ވީތީކީ ވެސް ނޫން. މި އުމުރުފާގެ ބޭފުޅުންނަކީ އެ ބޭފުޅުންގެ ފަންނީ މަސައްކަތްތަކަށް ބެލިޔަސް، އެހެން މަސައްކަތަކަށް ބެލިޔަސް، ހަމަ ދައުލަތް ބިނާ ކުރުމުގައި، އެކިއެކި އިހްލާސްތެރި މަސައްކަތްތަކެއް، އަދި ހަލުވި މަސައްކަތްތަކެއް ކޮށްދެއްވާނެ ބޭފުޅުން،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން އެގޮތަށް ވިދާޅުވިއިރު، ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ކުރިމަތިލެވޭ އެންމެ ދޮށި އުމުރު ކަނޑައަޅާފައި ވަނީ ރައީސް ޔާމީން ސަރުކާރުންނެވެ. އެގޮތުން 65 އަހަރުވުމުން ރައީސް ކަމަށް ވާދަ ނުކުރެވޭ ގޮތަށް ގާނޫނުއަސާސީ އިސްލާހުކޮށްފައި ވަނީ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުންނެވެ. ގާނޫނުއަސާސީއަށް ގެނައި ފުރަތަމަ ބަދަލުގެ ގޮތުގައި އެ އިސްލާހު މަޖިލީހުން ފާސްކުރީ 2015 ވަނަ އަހަރުގެ ޖޫން މަހުގެ 24 ވަނަ ދުވަހުއެވެ.

އޭރު ރައީސް ޔާމީނާއި ޕީޕީއެމުން ވަކާލަތު ކުރަމުން ދިޔައީ 65 އަހަރުވުމަކީ ވެރިކަން ކުރެވޭނެ އުމުރެއް ނޫން ކަމަށެވެ. އަދި އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު، ނައިބު ރައީސް ކަމުގެ މަގާމަށް ގެނައީ ގާނޫނުއަސާސީގައި ވެރިކަމަށް ކުރިމަތިލެވޭ އެންމެ ހަގު އުމުރު ވެސް ކަނޑައެޅުމަށްފަހުއެވެ.

އުމުރުން 65 އަހަރުވުމުން "ހަކަތަ ނެތިގެން" ތިބެން ނުޖެހޭނެ ކަމަށް ވިދާޅުވެ ކޮޅުފުށީގައި ރައީސް ޔާމީން ވާހަކަފުޅު ދެއްކެވީ ދޮށީ އުމުރުގެ މީހުންނަށް ދޭ އިނާޔަތް ޕީޕީއެމްގެ ސަރުކާރަކުން ބޮޑު ކުރާނެ ކަމަށް ވައުދުވެވަޑައިގެން ދެއްކެވި ވާހަކަފުޅުގެ ތެރޭގައެވެ.

އުމުރުން 65 އަހަރުގައި ވެސް ހަލުވި މަސައްކަތްތަކެއް، ކުރާ ބޭފުޅުން އުޅޭ ކަމަށް ވިދާޅުވެ، ރައީސް ޔާމީން ވަނީ ވަޒީފާއިން ރިޓަޔަރ ކުރާ އުމުރު މަތިކުރާނެ ކަމަށް އިޝާރާތްކުރަށްވާފައެވެ. ނަމަވެސް އެކަމަކީ އިންތިހާބާ ދިމާކޮށް ގާނޫނު ބަދަލުކޮށްގެން ކުރަން އެހާ ފަސޭހަ ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.

"އެ އުމުރު މިއޮތީ 65 އަހަރަށް ހަމަޖައްސާފަ. އަދި ރިޓަޔަރމަންޓަށް ހިތްވަރު ދިނުމުގެ ގޮތުން ސަރުކާރުން ވަނީ 55 އަހަރާއި 65 އަހަރާ ދޭތެރެއިން ވެސް މީހުންނަށް ވެސް ރިޓަޔަރ އެބަ ކުރެވޭ. އެއީ މިހާރު އޮތް ގާނޫނީ އުސޫލު. އެ ގާނޫނީ އުސޫލަށް ބަދަލު ގެނެސްގެން ކަންކަން ކުރުމަކީ މިހާ އިންތިހާބާ ކައިރިވެފައި އޮއްވާ އެއީކީ ފަސޭހަ ކަމަކަށް ވެސް ނުވާނެ،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން މ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެންމެ ފަހު މަންޒިލެއްގެ ގޮތުގައި ވަޑައިގެންނެވީ ކޮޅުފުއްޓަށެވެ. އެމަނިކުފާނު އިއްޔެ ވަނީ ކޮޅުފުށީގެ އިތުރުން އެ އަތޮޅު ދިއްގަރާއި މުލަކާއި މުއްޔަށް ވަޑައިގެންފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ
17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް