Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ހޮހަޅައިގައި ތާށިވުން

ހޮހަޅައިގައި ބާކީ ތިބި ކުދިން ސަލާމަތްކުރުމުގެ މަސައްކަތް ފަށައިފި

ކުދިން ހޮހަޅައިގައި ތާށިވީ ޖޫން މަހުގެ 23 ވަނަ ދުވަހު

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު, ރާއްޖެ އެމްވީ | 9 ޖުލައި 2018 | ހޯމަ 12:55
ހޮހަޅައިގައި ތާށިވެފައި ތިބި ކުދިންގެ ތެރެއިން ސަލާމަތްކުރި އެއް ކުއްޖަކު ހޮސްޕިޓަލަށް ގެންދަން ހެލިކޮޕްޓަރަށް އަރުވަނީ

ހޮހަޅައިގައި ތާށިވެފައި ތިބި ކުދިންގެ ތެރެއިން ސަލާމަތްކުރި އެއް ކުއްޖަކު ހޮސްޕިޓަލަށް ގެންދަން ހެލިކޮޕްޓަރަށް އަރުވަނީ

ތައިލެންޑްގެ އުތުރުގައި އޮންނަ ޗިއަންގްރާއީ ސްޓޭޓްގެ ހޮހަޅައެއްގައި ތާށިވި 12 ކުދިންނާއި އެކުދިންގެ ކޯޗު ސަލާމަތްކުރުމުގެ މަސައްކަތް އަނެއްކާ ވެސް ފަށައިފިއެވެ.

އާދިއްތަ ދުވަހު އޭގެ ތެރެއިން ހަތަރު ކުއްޖަކު ހޮހަޅައިން ނެރެ ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު، ހޯމަ ދުވަހު ރާއްޖެއަށް އިރު އޮއްސުމާ ގާތްވިއިރު ޖުމްލަ އަށް ކުއްޖަކު ވަނީ ސަލާމަތްކޮށްފައެވެ. އާދިއްތަ ދުވަހު ކުދިން ސަލާމަތްކުރުމުގެ މަސައްކަތް މެދުކަނޑާލީ ހޮހަޅައިގެ ތެރޭގައި ބާކީ ތިބި ކުދިންނަށް ބޭނުންވާ އޮކްސިޖަން ސަޕްލައިކޮށްދިނުމަށެވެ.

ހޮހަޅައިގައި ތާށިވެފައި ތިބޭތާ ދެ ހަފްތާއަށް ވުރެ ގިނަ ދުވަސްވެފައިވާ މިކުދިން ސަލާމަތްކުރުމުގެ މަސައްކަތުގައި އެކުދިން ހޮހަޅައިން ނެރެނީ ވައިފުޅި އަޅައިގެން ފީނައިގެންނެވެ. ކޮންމެ ކުއްޖަކު ނެރޭއިރު އެކުއްޖާގެ ކުރީގައި އަދި ފަހަތުގައި ޑައިވަރަކު އޮންނަ އިރު، އެކުދިން ކުރިއަށް ދަނީ ކުރީގައި އޮންނަ ޑައިވަރާއި އެކުދިންނާއި ގުޅާފައިވާ ވާފަށުގެ އެހީގައެވެ. އަދި އެކުދިންގެ ވައި ފުޅި އުފުލަނީ ކުރީގައި އޮންނަ ޑައިވަރެވެ. މީގެ ތެރެއިން ގިނަ ކުދިންނަށް ފަތަން ވެސް ނޭނގޭ އިރު ހޮހަޅަތެރޭގައި ހުރި ހަނި ދޭތެރެދޭތެރެއިން އެކުދިން ނެރުމަކީ ނުރައްކާތެރި އަދި ގިނަ ވަގުތު ހޭދަވާ މަސައްކަތެކެވެ. ގާތްގަނޑަކަށް ހަތަރު ކިލޯ މީޓަރު އަޑީގައި ތިބި އެ ކުދިން ނެރުމުގެ މަސައްކަތްކުރުމުގެ ކުރިން އެ ކުދިންނަށް ފީނުމުގެ ޓްރެއިނިންތަކެއް ވެސް ދީފައި ވެއެވެ.

ހޮހަޅައިގެ ތެރޭގައި ތާށިވި ކުދިން ސަލާމަތްކުރުމުގެ މަސައްކަތް ފެށުމުގެ ކުރިން އެކުދިންނަށް އޮކްސިޖަން ސަޕްލައިކޮށްދެމުންދިޔަ ތައިލެންޑްގެ ކަނޑުގެ ސިފައިންގެ ޚާއްސަ ލަޝްކަރުގައި ކުރިން މަސައްކަތްކުރި ޑައިވަރަކު ވަނީ މަރު ވެސް ވެފައެވެ.

ހޮހަޅައިން ނެރޭ ކުދިން އެސަރަހައްދުގައި ޤާއިމްކޮށްފައިވާ ވަގުތީ ކްލިނިކެއްގައި ޑޮކްޓަރުން ބެލުމަށް ފަހު އެމްބިއުލާންސް އާއި ހެލިކޮޕްޓަރު ބޭނުންކޮށްގެން ގެންދަނީ ޗިއަންގްރާއީގެ މައި ހޮސްޕިޓަލަށެވެ.

އާދިއްތަ ދުވަހު ހޮސްޕިޓަލަށް ގެންދެވުނު 4 ކުދިން ވެސް ތިބީ ވަރަށް ބޮޑަށް ބަނޑުހައި ވެފައި ކަމަށާއި، އެކުދިންގެ ޙާލު ރަނގަޅުވަމުން އަންނަ ކަމަށް އޮފިޝަލުން ހާމަކުރެއެވެ. އަދި މިވަގުތު އެކުދިންގެ ފަރާތުން އިންފެކްޝަނެއް ފެތުރިދާނެ ކަމަށް ބަލައި، އެކުދިން ތިބީ އާއިލާތަކާ އެކަހެރިކޮށް ހޮސްޕިޓަލުގައި ބައިތިއްބާފައެވެ.

ވައިލްޑް ބޯއަރސް ނަމަކަށް ކުޔާ ފުޓުބޯޅަ ޓީމަކަށް ކުޅޭ މިކުދިންނާއި އެކުދިންގެ ކޯޗު ހޮހަޅައިގައި ތާށިވީ މިދިޔަ ޖޫން މަހުގެ 23 ވަނަ ދުވަހު ހޮހަޅަތެރޭގައި ހައިކްކުރަނިކޮށް، ކުއްލިއަކަށް ބޯކޮށް ވާރޭވެހި ހޮހަޅަ ތެރޭގައި ފެން ބޮޑުވުމާ ގުޅިގެންނެވެ. އަދި ހޮހަޅަތެރޭގައި ބޮޑު ބައެއްގައި ފެން ބޮޑުވެފައިވަނިކޮށް އެކުދިން ސަލާމަތްވީ ހިކިފަސްކޮށް އޮތް ކުޑަ ތަންކޮޅަކަށް އަރައިގެންނެވެ. އެކުދިންނަކީ އުމުރުން 13 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނެވެ. އަދި ކޯޗަކީ 25 އަހަރުގެ ޒުވާނެކެވެ. އެކުދިން ގެއްލުނުކަން އެނގުމާ އެކު ގިނަ އަދަދެއްގެ ޑައިވަރުން ދުނިޔޭގެ އެކިކަންކޮޅުތަކުން ގޮސް، އެކުދިން ފެނޭތޯ މަސައްކަތް ފެށިއެވެ. އަދި އެކުދިން ފެނިފައިވަނީ ނުވަ ދުވަސް ފަހުން މިދިޔަ ހަފްތާގައި އިނގިރޭސިވިލާތަށް ނިސްބަތްވާ ދެ ޑައިވަރުންނަށެވެ.

ހޮހަޅައިގައި ތާށިވި ކުދިން ސަލާމަތްކުރުމުގެ މަސައްކަތުގައި ތައިލެންޑަށް ނިސްބަތްވާ 40 ޑައިވަރުންނާއި އެެހެން ޤައުމުތަކަށް ނިސްބަތްވާ 50 ޑައިވަރުންނާ އެކު ޖުމްލަ 90 ޑައިވަރުން ބައިވެރިވެއެވެ. އަދި އެ މީހުންނަށް ބޭނުންވާ އެކި ކަންކަމުގައި އެ ސަރަހައްދުގައި ގިނަ އަދަދެއްގެ ވޮލެންޓިއަރުން ދަނީ ހަރަކާތްތެރިވަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިޒްރާއިލް ޖަލުތަކުގައި ތިބި ފަލަސްތީނުގެ ގައިދީން ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަނީ

އިޒްރާއިލް ޖަލުތަކުގައި ތިބި ފަލަސްތީނުގެ ގައިދީން ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަނީ

18 އެޕްރީލު 2017
އުތުރު ކޮރެއާގެ ތިބި މެލޭޝިއާގެ ރައްޔިތުންނާ ގުޅޭ ގޮތުން "ވަރަށް ނާޒުކު" މަޝްވަރާތަކެއް ކޮށްފައިވޭ: މެލޭޝިއާގެ ބޮޑު ވަޒީރު

އުތުރު ކޮރެއާގެ ތިބި މެލޭޝިއާގެ ރައްޔިތުންނާ ގުޅޭ ގޮތުން "ވަރަށް ނާޒުކު" މަޝްވަރާތަކެއް ކޮށްފައިވޭ: މެލޭޝިއާގެ ބޮޑު ވަޒީރު

30 މާރިޗު 2017
ބޯކޯ ހަރާމުން ގެންދިޔަ ކުދިންގެ މަތިން ހަނދާން ނައްތާނުލުމަށް ގޮވާލައިފި

ބޯކޯ ހަރާމުން ގެންދިޔަ ކުދިންގެ މަތިން ހަނދާން ނައްތާނުލުމަށް ގޮވާލައިފި

19 މާރިޗު 2017
ސީރިޔާގެ ކުޑަކުދިން އެންމެ ގިނައިން މަރުވެފައި ވަނީ 2016 ގައި: ޔުނިސެފް

ސީރިޔާގެ ކުޑަކުދިން އެންމެ ގިނައިން މަރުވެފައި ވަނީ 2016 ގައި: ޔުނިސެފް

14 މާރިޗު 2017
ވެކްސިން ނުޖަހާ ކުދިންނަށް ބައެއް ޚިދުމަތް ނުދޭން އޮސްޓްރޭލިއާއިން ވިސްނަނީ

ވެކްސިން ނުޖަހާ ކުދިންނަށް ބައެއް ޚިދުމަތް ނުދޭން އޮސްޓްރޭލިއާއިން ވިސްނަނީ

13 މާރިޗު 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު