Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެމޫދަށް ކުނި އެޅުން

8 ކިލޯގެ ޕްލާސްޓިކް ކޮތަޅު ކައިގެން ބޮޑުމަހެއް މަރުވެއްޖެ!

ޕައިލެޓް ވޭލް ފެނިފައިވަނީ ތައިލެންޑްގެ ދެކުނުން

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 4 ޖޫން 2018 | ހޯމަ 19:52
ބޮޑުމަހުގެ ބަނޑުން ނެގި ކޮތަޅުތައް

ބޮޑުމަހުގެ ބަނޑުން ނެގި ކޮތަޅުތައް

8 ކިލޯގެ ބަރުދަން ހުރި ޕްލާސްޓިކް ކޮތަޅުތަކެއް ކައިގެން ގައިގެ ވަރު ދެރަވި ބޮޑުމަހެއް މަރުވެއްޖެއެވެ.

ބޮޑުމަހުގެ އާއިލާއަށް ނިސްބަތްވާ މި ޕައިލެޓް ވޭލް ފެނިފައިވަނީ ދެކުނު ތައިލެންޑްގެ އައްސޭރިފަށުން، މެލޭޝިއާއާއި ގުޅޭ ސަރަހައްދީ ރޮނގު ކައިރިން މިދިޔަ މެއި މަހުގެ 28 ވަނަ ދުވަހުއެވެ.

މި ޕައިލެޓް ވޭލް ފެނުމުން ޖަނަވާރުންނަށް ފަރުވާ ދޭ ޑޮކްޓަރުންގެ ޓީމަކުން އެއަށް ފަރުވާދެވޭތޯ މަސައްކަތްކުރިއެވެ. އެހެންނަމަވެސް ފަރުވާދެމުން ދަނިކޮށް މި ޖޫން މަހުގެ ފުރަތަމަ ދުވަހު އެމަސް ވަނީ މަރުވެފައެވެ. މަރުވި އިރު ޕައިލެޓް ވޭލް ހޮޑުގެ ގޮތުގައި 5 ކޮތަޅު އަނގައިން ބޭރުކޮށްފައިވާތީ މަހުގެ އޮޓޮޕްސީއެއް ހެދިއެވެ. އަދި އޮޓޮޕްސީއިން އެނގުނު ގޮތުގައި އެމަހުގެ ބަނޑުގައި 8 ކިލޯގެ ޕްލާސްޓިކް ކޮތަޅު ހުއްޓެވެ.

މި ޕައިލެޓް ވޭލްގެ ގައިން ވަރުދެރަވެ ހާލުދެރަވީ ކާނާކަމަށް ހީކޮށް ޕްލާސްޓިކް ކޮތަޅު ކެއުމުން ކަމަށާއި، ގައިގެ ވަރު ދެރަވެ، އަސްލު ކާނާ ހޯދުމަށް އެއަށް އުނދަގޫވިކަމަށް ޑޮކްޓަރުން ބުނެއެވެ.

މިދިޔަ އެޕްރީލް މަހު ސްޕެއިންގެ އައްސޭރިފަށަށްވެސް ޕްލާސްޓިކް ކައިގެން މަރުވި މަހެއް ލެއްގިއެވެ. 33 ފޫޓުގެ އެ ސްޕަރމް ވޭލްގެ ގޮހޮރުގައި 27 ކިލޯގެ ބަރުދަން ހުރި ޕްލާސްޓިކް ކޮތަޅު ހުއްޓެވެ.

އދގެ ތިމާވެއްޓާއި ބެހޭ ޕްރޮގްރާމް ޔުނެޕް އިން އަންދާޒާކުރާ ގޮތުގައި އަހަރަކު 80 މިލިއަން ޓަނުގެ ޕްލާސްޓިކް ކޮތަޅު ކަނޑުތަކަށް އުކާލާއެވެ. މިއީ ކަނޑަށް އުކާލާ ކުނީގެ 80 އިންސަައްތައެވެ.

ތައިލެންޑަކީ އެންމެ ގިނަ އަދަދަކަށް ޕްލާސްޓިކް ކޮތަޅު ބޭނުންކުރާ އެއް ޤައުމެވެ. ތައިލެންޑްގެ ކަނޑުތަކަށް ކޮންމެ އަހަރަކު ގިނަ އަދަދަކަށް ކޮތަޅު އުކާލަމުންދާއިރު، އެތަކެތި ކައިގެން ކަނޑުގެ ގިނަ އަދަދެއްގެ ދިރުންތައް ކޮންމެ އަހަރަކުވެސް މަރުވެއެވެ. މިކަމާއި ގުޅިގެން މިދިޔަ މެއި މަހު ތައިލެންޑް ސަރުކާރުން ވަނީ އެޤައުމުގައި ބޭނުންކުރާ ޕްލާސްޓިކް ކޮތަޅު މަދުކުރުމަށް ޕްލާސްޓިކް ކޮތަޅު ބޭނުންކުރުމުން ޓެކްސްއެއް ނަގާނެކަމަށް އިއުލާންކޮށްފައެވެ. ތައިލޭންޑް ސަރުކާރުން ވަނީ ޤުދުރަތީ ގޮތުން ނެތިގެންދާ ކޮތަޅު ބޭނުންކުރުން އިތުރު ކުރުމަށް ބާރު އަޅަމުންނެވެ.

އިތުރަށް ކިޔާލަން

26 މާރިޗު 2022

ފުރަތަމަ ފަހަރަށް އިންސާނުންގެ ލެއިން މައިކްރޯޕްލާސްޓިކް ފެނިއްޖެ

26 މާރިޗު 2022
ފުރަތަމަ ފަހަރަށް އިންސާނުންގެ ލެއިން މައިކްރޯޕްލާސްޓިކް ފެނިއްޖެ
15 ސެޕްޓެމްބަރު 2021

ޕްލާސްޓިކް ސަރޖަރީގެ އިޝްތިހާރުތަކާ ދެކޮޅަށް ޗައިނާ ޑެއިލީއިން ތެދުވެއްޖެ

15 ސެޕްޓެމްބަރު 2021
ޕްލާސްޓިކް ސަރޖަރީގެ އިޝްތިހާރުތަކާ ދެކޮޅަށް ޗައިނާ ޑެއިލީއިން ތެދުވެއްޖެ
12 ޖޫން 2020

ނުބައި ޗާޓެއް ދައްކައިގެން ޕާކިސްތާންގެ ގައުމީ ޓީވީގެ 2 ނޫސްވެރިޔަކު ވަޒީފާއިން ވަކިކޮށްފި

12 ޖޫން 2020
ނުބައި ޗާޓެއް ދައްކައިގެން ޕާކިސްތާންގެ ގައުމީ ޓީވީގެ 2 ނޫސްވެރިޔަކު ވަޒީފާއިން ވަކިކޮށްފި
29 ޖޫން 2019

ޕްލާސްޓިކް ކޮތަޅަކަށް ލާ އެއްލާލާފައި އޮތް ކުއްޖާ ގެ ހާލު ރަނގަޅު

29 ޖޫން 2019
ޕްލާސްޓިކް ކޮތަޅަކަށް ލާ އެއްލާލާފައި އޮތް ކުއްޖާ ގެ ހާލު ރަނގަޅު
29 މެއި 2019

މެލޭޝިއާއިން 3000 ޓަނުގެ ޕްލާސްޓިކް ކުނި އަނބުރާ ފޮނުވާލަނީ

29 މެއި 2019
މެލޭޝިއާއިން 3000 ޓަނުގެ ޕްލާސްޓިކް ކުނި އަނބުރާ ފޮނުވާލަނީ
13 މެއި 2019

ކަނޑުގެ އެންމެ ފުނުން ވެސް ޕްލާސްޓިކް ކޮތަޅު!

13 މެއި 2019
ކަނޑުގެ އެންމެ ފުނުން ވެސް ޕްލާސްޓިކް ކޮތަޅު!
07 ޑިސެމްބަރު 2018

ހުރިހާ ވެލައެއްގެ ބަނޑު ތެރެއިން ވެސް މައިކްރޯ ޕްލާސްޓިކް ފެނުނު: ދިރާސާ

07 ޑިސެމްބަރު 2018
ހުރިހާ ވެލައެއްގެ ބަނޑު ތެރެއިން ވެސް މައިކްރޯ ޕްލާސްޓިކް ފެނުނު: ދިރާސާ
25 އޮކްޓޯބަރު 2018

ކޮންމެ އަގެއް ދައްކައިގެން ވެސް ދެކުނު ޗައިނާ ކަނޑާއި ޓައިވާން ދިފާއުކުރާނަން: ޗައިނާ

25 އޮކްޓޯބަރު 2018
ކޮންމެ އަގެއް ދައްކައިގެން ވެސް ދެކުނު ޗައިނާ ކަނޑާއި ޓައިވާން ދިފާއުކުރާނަން: ޗައިނާ
20 ސެޕްޓެމްބަރު 2017

ސައުދީއަށް ހަތިޔާރު ވިއްކައިގެން އިނގިރޭސި ކުންފުނިތަކަށް އެތައް ސަތޭކަ މިލިއަން ޑޮލަރުގެ ފައިދާ

20 ސެޕްޓެމްބަރު 2017
ސައުދީއަށް ހަތިޔާރު ވިއްކައިގެން އިނގިރޭސި ކުންފުނިތަކަށް އެތައް ސަތޭކަ މިލިއަން ޑޮލަރުގެ ފައިދާ
28 އޯގަސްޓު 2017

ކެންޔާގައި ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުން މަނާކޮށްފި

28 އޯގަސްޓު 2017
ކެންޔާގައި ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުން މަނާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު