Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ފަރަށް އުރުނު ބޯޓު

ފަރަށް އުރުނު ބޯޓުން 115 ކިލޯގެ މަސްތުވާތަކެތި ވަނީ ފެނިފައި:ޕޮލިސް

ބޯޓުގައި ތިބީ 8 މީހުން

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 3 ޖޫން 2018 | އާދީއްތަ 14:30
ފުލުހުންނާއި ސިފައިން ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ

ފުލުހުންނާއި ސިފައިން ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ

މިދިޔަ ބުރާސްފަތި ދުވަހު ހއ. އިންނަފިނޮޅު ފަރަށް އުރުނީ އީރާނު ބޯޓެއް ކަމަށާއި މިހާތަނަށް އެބޯޓުން 115 ކިލޯގްރާމްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

އާދީއްތަ ދުވަހު ސިފައިންނާއި ފުލުހުން ގުޅިގެން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި، ފުލުހުންގެ ތަރުޖަމާން އަހުމަދު ޝިފާން ވިދާޅުވީ، މިހާތަނަށް ރަށްރަށަށް ލެއްގި ތަކެތީގެ އަދަދަށް ބަލާއިރު 14 ބާވަތެއްގެ މަސްތުވާތަކެތި ހިމެނޭގޮތަށް 115 ކިލޯ ގްރާމްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ.

Advertisement - newsAdvertisement

"އެރޭ އުލިގަމުން ގުޅާފައި ރިޕޯޓްކުރީ 15.8 ކިލޯގެ 14 އައިޓަމްގެ މަސްތުވާތަކެތި ފެނުނުކަމަށް. 1 ޖޫންގައި މޮޅަދޫއިން ރިޕޯޓް ކުރީ 300 ގްރާމް މަސްތުވާތަކެތި ފެނުނު ކަމަށް.2 ޖޫން އިހަވަންދޫއިން 380 ގްރާމް ފެނުނު ކަމަށް ރިޕޯޓް ކުރި. އަދި އޭގެ ފަހުން ދެ ފަޅުރަށަކުން 4.2 ކިލޯގެ މަސްތުވާތަކެތި ފެނިފައިވޭ. އަނދާފައި ހުރީމާ ސީދާ މަސްތުވާތަކެތި ހުރިވަރެއް ނޭނގޭ. މިހާތަނަށް 115 ކިލޯގެ މަސްތުވާތަކެތި ވަނީ ފެނިފައި." ޝިފާން ވިދާޅުވިއެވެ.

ޝިފާން ވިދާޅުވީ އެބޯޓުގައި ތިބީ ޕާކިސްތާނު މީހަކާއި އީރާނުގެ 7 މީހުން ކަމަށާއި އެ އެންމެންވެސް މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައިވާކަމަށެވެ. އަދި ބޯޓުގައި ރޯކޮށްލަން އުޅުމުގެ ތެރޭގައި އޭގެތެރެއިން އެކަކަށް އަނިޔާވެފައިވާކަމަށް ޝިފާން ވިދާޅުވިއެވެ.

ފުލުހުންނަށް ބޯޓެއް އުރިފައިވާކަމުގެ މައުލޫމާތު ލިބުނީ އެދުވަހު 9:20 ހާއިރު ކަމަށާއި ބޯޓް ކައިރިއަށް ފުލުހުންނަށް ދެވުނީ އެދުވަހު ހެނދުނު 10:45 ގައި ކަމަށެވެ. ފުލުހުން ދިޔައިރު ބޯޓުގައި އަނދަމުންދާ ކަމަށާއި އަލިފާން ނިވުނީ 11:10 ގައި ކަމަށް ޝިފާން ވިދާޅުވިއެވެ.

ޝިފާން ވިދާޅުވީ މިހާތަނަށް ތަހުގީގަށް އެނގުނު މައުލޫމާތައް ބަލާއިރު މިއީ ސީދާ ރާއްޖެއަށް އެތެރެކުރި މަސްތުވާތަކެތިކަމަށް ނުބެލެވޭކަމަށާއި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ކަމާއިބެހޭ އިދާރާތަކާ ގުޅިގެން މިކަން ބަލަމުންދާ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފުވައްމުލަކު ފަރަށް އެރި ބޯޓް ޖޫރިމަނާ ކުރުމުގެ ގާނޫނީ ލަފަޔަކަށް އީޕީއޭ އިން އެދިއްޖެ

ފުވައްމުލަކު ފަރަށް އެރި ބޯޓް ޖޫރިމަނާ ކުރުމުގެ ގާނޫނީ ލަފަޔަކަށް އީޕީއޭ އިން އެދިއްޖެ

30 މެއި 2017
ކާޑު ހިފައިގެން ދަނިކޮށް ފަރަށް އެރިި ކޮޅުވެއްޓި ފުންކޮށްފި

ކާޑު ހިފައިގެން ދަނިކޮށް ފަރަށް އެރިި ކޮޅުވެއްޓި ފުންކޮށްފި

29 މެއި 2017
މުދާ އުފުލާ ދޯންޏެއް ތިލަފުށީ ފަރަށް އަަރައިފި

މުދާ އުފުލާ ދޯންޏެއް ތިލަފުށީ ފަރަށް އަަރައިފި

28 މެއި 2017
ކޮޅުވެއްޓިއެއް ފަރަށް އެރުމުން ފުންކުރަންދިޔަ ކޮޅުވެއްޓިވެސް ފަރަށް އަރައިފި

ކޮޅުވެއްޓިއެއް ފަރަށް އެރުމުން ފުންކުރަންދިޔަ ކޮޅުވެއްޓިވެސް ފަރަށް އަރައިފި

18 މެއި 2017
1.3 ކިލޯގެ މަސްތުވާތަކެތި ފުުލުހުން އަތުލައިގެންފި

1.3 ކިލޯގެ މަސްތުވާތަކެތި ފުުލުހުން އަތުލައިގެންފި

16 އެޕްރީލު 2017

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު