Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
އިސްލާމް
ރޯދަ އާއި ދީން

ކައްފާރާ ދިނުން

ދަ ގެއްލޭ ކަންތައްތަކުގެ ތެރެއިން ކައްފާރާ  ދިނުމަކާއި ނުލައި ހަމައެކަނި ޤަޟާކުރުން ލާޒިމު ވަނީ ނުވަކަމަކުންނެވެ.

އަހްމަދުﷲ ޖަމީލް
އަހްމަދުﷲ ޖަމީލް, ރާއްޖެ އެމްވީ | 15 މެއި 2018 | އަންގާރަ 07:35
މިދިޔަ އަހަރުގެ ރޯދަ މަހު، މިސްކިތެއްގައި ރޯދަ ވިއްލުމަށް ތައްޔާރުކޮށްފައި

މިދިޔަ އަހަރުގެ ރޯދަ މަހު، މިސްކިތެއްގައި ރޯދަ ވިއްލުމަށް ތައްޔާރުކޮށްފައި

އެޑިޓަރުގެ ނޯޓް: މިލިޔުމަކީ، ތަޢުލީމުއްދިޔާ 3 ގައި ފަޟީލަތުއްޝައިޚް މުޙައްމަދު ޖަމީލު ލިޔުއްވާފައިވާ ލިޔުމުގެ ނަކަލެކެވެ. މި ލިޔުން ޝާއިޢުކުރާ މަގުސަދަކީ ފަރުޟު ރޯދަ އާއި ސުންނަތް ރޯދަ ހިފާނެ ގޮތާއި ރޯދައިގެ ހުކުމްތަކާ ގުޅޭ މައުލޫމާތު ގެނެސްދިނުމަށެވެ. މިއީ މެއި 15، 2018 ވަނަ ދުވަހު ޝާއިޢުކުރެވިފައިވާ ލިޔުމާ ގުޅޭ ބައެވެ.

އިހު ބުނެވިދިޔަ ފަދަ ޖިމާޢުއަކުން ރޯދަ ނަގައިލައިފި ނަމަ، ދޭންޖެހޭ ކައްފާރާއަކީ ޢައިބުތަކުން ސަލާމަތްވެގެންވާ މުއުމިނު އަޅަކު މިނިވަން ކުރުމެވެ. މިނިވަންކުރާނެ އަޅަކު ނުލިބިއްޖެނަމަ ވިދިވިދިގެން ދެމަސް ދުވަހު ރޯދަ ހިފުމެވެ. އެ ދެމަސް ދުވަހުގެ ތެރެއިން އެންމެ ދުވަހެއް ވެސް ވީއްލިއްޖެނަމަ، މެދު ކެނޑުނީއެވެ. އަލުން ފަށައިގެން ދެމަސް ދުވަސް ހަމަކުރާންޖެހޭނެއެވެ. ރޯދަ ހިފުމަށް ނުކުޅެދިއްޖެނަމަ ފަސް ދޮޅަސް މިސްކީނުންނަށް ކޮންމެ މިސްކީނަކަށް މުއްދެއް ބަހައި ދިނުން ވާޖިބެވެ. އެއް ކަމަކަށް ވެސް ކުޅަދާނަ ނުވެއްޖެނަމަ، އެމީހެއްގެ ޒިއްމާގައި ކައްފާރާ ހަރުލައި އޮވެދެއެވެ.

ކައްފާރާ ރޯދައިގެ ނިޔަތް:

ދުލުންކިޔާނީ نَوَيْتُ صَوْمَ غَدٍ كَفَّارَةً لِلَّهِ تَعَالى މިފަދައިންނެވެ. ހިތުން ނިޔަތް ގަންނާނީ ކައްފާރާ ރޯދަ މާދަމާ މާތްކަލާނގެ ކިބައަށް ރޯދހިފުމަށް ނިޔަތް ގަތީމެވެ. މިފަދައިންނެވެ.

ކައްފާރާ ދިނުމަކާއި ނުލައި ޤަޟާކުރުން ލާޒިމުވާ ކަންތައްތައް:

ރޯދަ ގެއްލޭ ކަންތައްތަކުގެ ތެރެއިން ކައްފާރާ ދިނުމަކާއި ނުލައި ހަމައެކަނި ޤަޟާކުރުން ލާޒިމު ވަނީ ނުވަކަމަކުންނެވެ.

ފުރަތަމައީ: އެތެރެ ހަށްޓަށް އެއްޗެއް ވާޞިލުވާންހުރި މަގަކުން ތިމާއަށް އިޚްތިޔާރު ލިބިގެންވާ ޙާލު ދެނެހުރެގެން ގަސްތުގައި އެތެރެހަށްޓަށް އެއްޗެއް ވާޞިލުކުރުމެވެ. ތިމާގެ ނުރުހުމުގައި ތިމާގެ އަނގަޔަށް މީހަކު އެއްޗެއް އަޅައި ކައްވައިފިނަމަ ރޯދައެއް ނުގެއްލޭނެއެވެ. ރޯދައަށް ހުރިކަން ހަދާންނެތިގެން ނުވަތަ ރޯދައަށް ހުރެ ކައިބޮއި އުޅެގެން ނުވާނޭކަން ނޭނގޭ ޙާލު އެއްޗެއް ކެޔަސް ނުވަތަ ބުޔަސް ހަމައެފަދައެވެ. ތިމާގެ ގަސްތަކާއި ނުލައި އެއްޗެއް އެތެރެހަށްޓަށް ވާޞިލުވިއަސް ރޯދަ ގެއްލުމެއް ނެތެވެ. ތިމާގެ ދެދޮރުން ކުރެ ދޮރަކުން ބޭހެއް ކުރުމުގެ ގޮތުން އެއްޗެއް އެތެރެއަށް ވާޞިލު ކުޅަނަމަ ރޯދަ ގެއްލިދާނެއެވެ. ކަންފަތުތެރެއަށް ކުކުޅު ފަތް، އިލޮށިފަދަ ތަކެތި ބޭނުމުން ވެސް ރޯދަ ގެއްލޭނެއެވެ. ވުޟޫކުރާ މީހާ އަނގައަށް ފެންލުމުގައި މުބާލަޣާ ކުރުމަކާއި ނުލައި ކޯދޮންނަނިކޮށް ތިމާގެ އިޚްތިޔާރުން ބޭރުވާ ގޮތެއްގައި އެތެރެހަށްޓަށް ފެންފޮދެއް ދިޔައަސް ރޯދައެއް ނުގެއްލޭނެއެވެ. އެއްޗެއްގައި ވަސްގަތުމުން އެވަގުތު އަސަރު ބޮލުތެރެއަށް ވާޞިލުވިޔަސް ރޯދަ ގެއްލުމެއް ނެތެވެ. ކައްކާ މީހާ ކާއެއްޗެހީގެ ރަހަބެލުމުގައި ހަމައެކަނި ރަހަ ތިމާގެ ކަރުތެރެއަށް ވާޞިލުވިޔަސް ހަމައެފަދައެވެ. އެހެން އެއްޗަކާއި އެކުނުވާހައި ހިނދަކު ތިމާގެ ކުޅުދިރުވުމަކުން ރޯދައެއް ނުގެއްލޭނެއެވެ.

ދެވަނައީ: ތިމާ އަމިއްލައަށް ގަސްތުގައި ހޮޑު ގެނެސްގަތުމެވެ. ހޮޑުލަވައިގަނެގެން ނުހުރެވިގެން ގޮސް ހޮޑުލާއިރު އެއިން އެތިކޮޅެއް އެތެރެއަށް ނުދިއައީ ވިއްޔާ ރޯދައެއް ނުގެއްލޭނެއެވެ.

ތިންވަނައީ: ޖިމާޢުވުން ނޫން އެހެން ގޮތަކުން ނަމަވެސް ތިމާގެ މަނި ބޭރުކޮށްގަތުމެވެ. އިޙްތިލާމްވުން ފަދަ ތިމާގެ އިޚްތިޔާރުން ބޭރުގައިވާ ގޮތަކުން މަނި ނިކުތަސް ރޯދައެއް ނުގެއްލޭނެއެވެ.

ހަތަރުވަނައީ: ޙައިޟުވުމެވެ.

ފަސްވަނައީ: ނިފާސްވުމެވެ.

ހަވަނައީ: ދަރިވިހެއުމެވެ.

ހަތްވަނައީ: މޮޔަވުމެވެ.

އަށްވަނައީ: މުޅިދުވާލު ހަތަރުދަމު ގަނޑުވެފައި މަސްތުވެފައި އޮތުމުވެ.

ނުވަ ވަނައީ: މުރުތައްދުވުމެވެ.

އިސްވެ ދެންނެވުނު ކަންތައްތަކުގެ ތެރެއިން ކަމެއް މެދުވެރިވެގެން ރޯދަ ގެއްލިޖެނަމަ، އެދުވަހުން ދެން އޮތް އިރެއްގައި އިމްސާކަށް ހުރުމާއެކު، އެރޯދަ ޤަޟާކުރުން ވާޖިބެވެ. ސުންނަތް ރޯދައިގައި ނުވަތަ ރަމަޟާން މަސް ނޫން މަހަކު ހިފާ ފަރުޟު ރޯދައެއްގައި އިމްސާކަށް ހުރުން ވާޖިބެއް ނޫނެވެ. އިމްސާކަށްހުރުމަކީ ކެއިން ބުއިން ދޫކޮށްލައިގެން ހުރުމެވެ.

ރޯދަވެރިޔާ ކުރުން ސުންނަތްވެގެންވާ ކަންތައްތައް:

އިރުއޮއްސިއްޖެކަން ޔަޤީންވުމުން ނަމާދުކުރުމުގެ ކުރީގައި ރޯދަ ވީއްލުމަށް އަވަސްވެގަތުން.

ތިން އޮށް ކަދުރު، ނުވަތަ ފެން، ނުވަތަ ކޮންމެވެސް ފޮނިއެއްޗަކުން ރޯދަ ވީއްލުން.

ރޯދަ ވީއްލުމަށްފަހު އަންނަނިވި ދުޢާކިޔުން: اَللّهُمَّ لَكَ صُمْتُ وَعَلَى رِزْقِكَ أفْطَرْتُ وَعَلَيْكَ تَوكَّلْتُ وَبِكَ آمَنْتُ ذَهَبَ الظَّمَأُ، وَابْتَلَّتِ الْعُرُوقُ، وَثَبَتَ الْأَجْرُ، يَا وَاسِعَ الفَضْلِ اغْفِرْلِى، اَلْحَمْدُ للهِ الَّذِىْ أَعَانِنِى فَصُمْتُ وَرَزَقَنِى فَأفْطَرْتُ.

ކިތަންމެ ކުޑަ އެތިކޮޅަކުން ނަމަވެސް ހާރުކެއުން.

ފަޖުރުލުމާއި މެދު ހިތުގައި ޝައްކު ކަމެއް ނުހިނގާ ހިސާބަށް ހާރު ފަސްކުޅައުން.

ތިމާގެ މައްޗަށް ހިނެއުމެއް ވާޖިބުވެފައިވާ ނަމަ، ފަޖުރުލުމުގެ ކުރީގައި ހިނައިގަތުން.

ދުވާލުގައި އިޙްތިލާމްވީނަމަވެސް ހިނައިގަތުމަށް އަވަސްވެގަތުން.

ޞަދަޤާތްދިނުމާއި ޤުރްއާން ކިޔެވުމާއި މާތްކަލާނގެ ކިބައަށް ޛިކުރުކޮށް ކައުއިތުރު ރަސޫލުﷲގެ ފާނުންގެ މައްޗަށް ޞަލަވާތްކިޔަވައި އުޅުން ގިނަކުޅައުން.

މިސްކިތުގައި އިޢުތިކާފަށް އިނުން. ފަހު ދިހައިގައި އިޢުތިކާފަށް އިނުމުގެ ސުންނަތްކަން ގަދައެވެ.

ނުނިމޭ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ހިނިތުންވެ ތިބެ ޚިދުމަތް ދިނުން

ހިނިތުންވެ ތިބެ ޚިދުމަތް ދިނުން

22 ސެޕްޓެމްބަރު 2022
ކުޑަކުދިންނަށް ކީރިތި ޤުރުއާނުގައިވާ ރިވެތި ވާހަކަތައް ކިޔައި ދިނުން މުހިންމު

ކުޑަކުދިންނަށް ކީރިތި ޤުރުއާނުގައިވާ ރިވެތި ވާހަކަތައް ކިޔައި ދިނުން މުހިންމު

18 އެޕްރީލު 2022
ދަރަނީން ޒަކާތްދިނުން:

ދަރަނީން ޒަކާތްދިނުން:

11 ޖޫން 2018

އަހަރުތަކުން މިއަދު

17 މާރިޗު
އޮރެންޖް މެރިންގ ޕައި
20251 އަހަރު ކުރިން
ލައިފް ސްޓައިލް

އޮރެންޖް މެރިންގ ޕައި

ނުޒުހާ ބްރޯޑްކޮމް އަށް އައްޔަންކޮށްފި، އެކަމަކު ފަތްކޮޅު ފޮނުވީ ގެއަށް
20242 އަހަރު ކުރިން
ރާއްޖެ

ނުޒުހާ ބްރޯޑްކޮމް އަށް އައްޔަންކޮށްފި، އެކަމަކު ފަތްކޮޅު ފޮނުވީ ގެއަށް

އދ. ދިއްދޫ ކައުންސިލްގެ ރައީސްކަމަށް އައްޝާން އަބްދުﷲ ހޮވިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

އދ. ދިއްދޫ ކައުންސިލްގެ ރައީސްކަމަށް އައްޝާން އަބްދުﷲ ހޮވިއްޖެ

މޮޔަގެރި އަވަލާހެން އިންޑިޔާ ފަހަތުން ނުނެއްޓިގެން އުޅެނީ ކީއްވެގެން؟
20224 އަހަރު ކުރިން
ރިޕޯޓު

މޮޔަގެރި އަވަލާހެން އިންޑިޔާ ފަހަތުން ނުނެއްޓިގެން އުޅެނީ ކީއްވެގެން؟

ރައީސް ކަމަށް ކުރިމަތިލަނީ ވަރުގަދަ ޓީމަކާއެކު: އިއްލަ
20215 އަހަރު ކުރިން
ކުޅިވަރު

ރައީސް ކަމަށް ކުރިމަތިލަނީ ވަރުގަދަ ޓީމަކާއެކު: އިއްލަ

މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު
20197 އަހަރު ކުރިން
ރިޕޯޓު

މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު

ތިން ފަނޑިޔާރުންނާ އަނާރާ ކުރެއްވި ސުވާލު: އެހެން ދީނަކަށް ފުރުސަތު ދޭނަންތޯ؟
20188 އަހަރު ކުރިން
ރާއްޖެ

ތިން ފަނޑިޔާރުންނާ އަނާރާ ކުރެއްވި ސުވާލު: އެހެން ދީނަކަށް ފުރުސަތު ދޭނަންތޯ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު