Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއޯ ލެވެލް އިމްތިހާނު

އޯލެވެލް އިމްތިހާނުގެ ބައިވެރިވުމަށް ހުޅުވާލައިފި

ޖޫން 4 ގެ ނިޔަލަށް އިމްތިހާނުގައި ބައިވެރިވުމަށް ވަނީ ހުޅުވާލާފައި

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 15 މެއި 2018 | އަންގާރަ 04:11
ހިރިޔާ ސްކޫލުގެ ދަރިވަރުންތަކެއް އޯ ލެވެލް އިމްތިހާނު ހަދަނީ

ހިރިޔާ ސްކޫލުގެ ދަރިވަރުންތަކެއް އޯ ލެވެލް އިމްތިހާނު ހަދަނީ

މިއަހަރުގެ އޯލެވެލް އިމްތިހާނުގައި ބައިވެރިވުމަށް ހުޅުވާލައިފި އެވެ.

ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) އިން ހާމަކޮށްފައިވާ ގޮތުގައި 2018 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކެމްބްރިޖު އޯލެވެލް އާއި އައިޖީސީއެސްއީ އަދި އެސްއެސްސީ އިމްތިހާނުގެ ނޯމަލް އެންޓްރީގެ އެޕްލިކޭޝަން ދޫކުރުމާއި ފައިސާ ބަލައިގަތުން މިމަހުގެ 14 އިން ޖޫން 4 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށެވެ. ސެންޓަރުތަކުން ބައިވެރިވާ ކެންޑިނޭޓުން އެޕްލިކޭޝަން ފޯމް ހުށަހަޅަންޖެހޭނީ އެ ސެންޓަރަކަށް ކަމަށް ޑީޕީއީ އިން ބުނެއެވެ.

ފޯމު ދޫކުރުމާއި ފޯމު ޗެކު ކުރުމާއި ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވާ ހެނދުނު 8:30 އޮމް މެންދުރު 1:30 އަށެވެ. ރަމަޟާން މަހުގައި ފޯމު ބަލައިގަންނާނީ ހެނދުނު 10:00 އިން މެންދުރު 1:45 އަށް ކަމަށް ޑީޕީއީ އިން ބުނެ އެވެ.

ފާއިތުވެދިޔަ އަހަރު އޯލެވެލް އިމްތިހާނުގައި 5300 ކުދިން ބައިވެރިވެފައިވެ އެވެ. އޭގެތެރޭގައި އަތޮޅުތަކުން ބއިވެރިވި 3800 ކުދިންނާއި މާލޭގެ ސްކޫލުތަކުން ބައިވެރިވި 1500 ކުދިން ހިމެނެ އެވެ. މިފާއިތުވެދިޔަ އަހަރު އޯލެވެލް އިމްތިހާނުން ފަސް މާއްދާއިން ފާސްވި ކުދިންގެ އަދަދު ވަނީ 77 ޕަސެންޓަށް އަރާފަ އެވެ. އަދި 3 މާއްދާއިން ފާސްވި ކުދިންގެ އަދަދު ވަނީ 93 ޕަސެންޓަށް އަރާފަ އެވެ. މީގެ އިތުރުން މާއްދާތަކުން "ޔޫ" ގްރޭޑް ލިބޭ ކުދިންގެ އަދަދު ވަނީ ހަތް ޕަސެންޓަށް ދަށް ކުރެވިފަ އެވެ. 2016 ވަނަ އަހަރު އޯ ލެވެލް އިމްތިހާނުން ފަސް މާއްދާއިން ފާސްވި ކުދިންގެ އަދަދު އުޅެނީ 70 ޕަސެންޓްގަ އެވެ.

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

31 ޖެނުއަރީ 2017
ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި
30 ޖެނުއަރީ 2017

2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ

30 ޖެނުއަރީ 2017
2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ
27 ޖެނުއަރީ 2017

ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މީހުން ތަމްރީނު ކުރާނެ މީހުން ހޯދަން އަލުން ހުޅުވާލައިފި

27 ޖެނުއަރީ 2017
ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މީހުން ތަމްރީނު ކުރާނެ މީހުން ހޯދަން އަލުން ހުޅުވާލައިފި
23 ޖެނުއަރީ 2017

ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

23 ޖެނުއަރީ 2017
ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
20 ޖެނުއަރީ 2017

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި

20 ޖެނުއަރީ 2017
 ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި
17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
16 ޖެނުއަރީ 2017

ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

16 ޖެނުއަރީ 2017
ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
15 ޖެނުއަރީ 2017

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
14 ޖެނުއަރީ 2017

އޯލެވެލް ނިންމާ ދަރިވަރުންނަށް ޔޫޑަބްލިޔޫސީގެ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި

14 ޖެނުއަރީ 2017
އޯލެވެލް ނިންމާ ދަރިވަރުންނަށް ޔޫޑަބްލިޔޫސީގެ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު