Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީީޕީގެ އެތެރޭގެ އިންތިޚާބ

އެމްޑީީޕީގެ އެތެރޭގެ އިންތިޚާބަށް ކުރިމަތިލުމަށް އަންގާރަ ދުވަހު ހުޅުވާލާނަން: ހަސަން ލަތީފް

15 މެއި 2018 | އަންގާރަ 00:29

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ހުޅުވާލަނީ މިއަދު

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 15 މެއި 2018 | އަންގާރަ 00:29
އެމްޑީޕީގެ ޗެއަރ ޕާރސަން ހަސަން ލަތީފް

އެމްޑީޕީގެ ޗެއަރ ޕާރސަން ހަސަން ލަތީފް

އެމްޑީީޕީގެ އެތެރޭގެ އިންތިޚާބަށް ކުރިމަތިލުމަށް އަންގާރަ ދުވަހު (މިއަދު) ހުޅުވާލާނެކަަމަށް އެމްޑީޕީގެ ޗެއަރ ޕާރސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހުގެރޭ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ، މޭމަހުގެ 15 ވަނަ ދުވަހަކީ އެ ފުރުސަތު ހުޅުވާލެވިގެންދާނެ ދުވަސް ކަމަށެވެ. އަދި ޕްރައިމަރީގެ ވޯޓްލުން މި މޭމަހުގެ 30 ވަނަ ދުވަހު ބާއްވާނޭކަަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ހަސަން ލަތިފް ވިދާޅުވީ، އެމްޑީޕީ ރާއްޖޭގައި އޮތް އެންމެ މެންބަރުން ގިނަ ޕާޓީކަމަށްވާއިރު، އިލެކްޝަންސް ކޮމިޝަނުގައި އޮތް ދަފުތަރުގައި އެޕާޓީގެ މެންބަރުންގެ އަދަދުގެ ގޮތުގައި އޮތީ ހަގީގީ އަދަދަށް ވުރެ އެތަށް ގުނައެއް މަދުކޮށްކަމަށެވެ.

އޭނާ ވިދާޅުވީ، ކަނޑައެޅިގެން އެޕާޓީގެ މެންބަރުންގެ ގޮތުގައި ތިބި މީހުން އިލެކްޝަންސް ކޮމިޝަނުން ޕާޓީގެ ދަފުތަރުން އެ މެންބަރުން ވަކިކޮށްފައިވާކަމަށެވެ. އަދި ހަގީގީ މެންބަރުންގެ އަދަދު އީސީން އޮތީ އޮޅުވާލާފައި ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

"އެބޭފުޅުން އެކަން ކުރައްވާ ސަބަބު ރައްޔިތުންނަށް އޮޅިފައެއް ނެތް. އެމްޑިޕީ މެންބަރުނަކަށްވެސް އެކަމެއް ނޯޅޭނެ" ހަސަން ލަތީފު ވިދާޅުވިގޮތުގައި އިލެކްޝަންސް އިން މެންބަރުންގެ އަދަދު މަދުކަމަށް ދައްކަނީ، ދައުލަތުން އެޕާޓީއަށް ދޭން ޖެހޭ ފައިސާގެ އަދަދު މަދުކުރުމަށާއި، އެމްޑީޕީ އަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު ޕާޓީ ނޫންކަމަށް ދެއްކުން ކަމަށެވެ. އެކަމަކު ހަގީގަތް އޮޅުވާ ނުލެވޭނެކަަަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓްލުމާއި ގުޅޭ ގޮތުން އިތުރަށް ތަފްސީލް ދެއްވަމުން ހަސަން ލަތީފް ވިދާޅުވީ ރިޔާސީ ޕްރައިމަރީގެ ވޯޓްލުން ރާއްޖޭގެ ހުރިހާ ރަށެއްގައި ކުރިއަށް ގެންދާނެކަމަށެވެ. އޭގެ އިތުރުރުން ރާއްޖޭން ބޭރުގައިވެސް ވޯޓް ފޮށި ބަހައްޓާނެކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ސްރީލަންކާގެ ކޮލަމްބޯ އާއި ކެންޑީ ގައި ވޯޓް ފޮށި ބަހައްޓާނެކަމަށް ވިދާޅުވިއެވެ. އަދި އިންޑިއާގެ ޓްރިވެންޑްރަމްއާއި ބެންގަލޫރާއި، މެލޭޝިއާގެ ކުއަލަލަންޕޫރުގެ އިތުރުން ލަންޑަންގައިވެސް ވޯޓް ފޮއްޓެއް ބަހައްޓާނެކަމަށް ހަސަން ވިދާޅުވިއެވެ.

އެމްޑީޕީން އެޕާޓީެގ ރިޔާސީ ކެނޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީއަށް ތައްޔާރުވަމުން އަންނައިރު، ޕްރައިމަރީގައި ވާދަކުރައްވާނެކަމަށް މިހާތަނަށް އިއުލާންކޮށް ކެމްޕެއިން ފޯރިއާއެކު މިހާރުވެސް ކުރިއަށް ގެންދަވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. އެމަނިކުފާނު ވާދަކުރައްވާނަމަ އެމަނިކުފާނާ ވަަދަކުރައްވާނެ އެހެން ބޭފުޅަކު ނުހުންނާނެ ކަމުގައި ދެން ތިއްބެވި އެ ޕާޓީގެ އިސްބޭފުޅުން ވިދާޅުވަމުން ގެންދަވައެވެ. އެހެންނަމަވެސް ރައީސް ނަޝީދަކީ މިވަގުތުވެސް ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ބޭފުޅަކަށް ވާއިރު ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު އެމަނިކުފާނަށް ލިބިވަޑައިގަންނަވާނެތޯ އަދި ވަނީ ސުވާލުމާކެއްގެ ތެރޭގައެވެ. އެކަމަކު ރައީސް މުހައްމަދު ނަޝީދު ވިދާޅުވަމުން ގެންދަވަނީ ރިޔާސީ އިންތިޚާބް ގެ ވޯޓްކަރުދާސްކޮޅުގައި އެމަނިކުފާނުގެ ނަންފުޅު އޮންނާނޭކަމަށެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

19 މާރިޗު 2017

ޝެއިޚް އިމްރާނުގެ އިސްތިއުނާފް އަޑުއެހުމެއް އަންގާރަ ދުވަހަށް ތާވަލުކޮށްފި

19 މާރިޗު 2017
ޝެއިޚް އިމްރާނުގެ އިސްތިއުނާފް އަޑުއެހުމެއް އަންގާރަ ދުވަހަށް ތާވަލުކޮށްފި
18 މާރިޗު 2017

ކައުންސިލް އިންތިޚާބަށް ޕީޕީއެމްއިން ކެނޑިޑޭޓުން ހޮވީ މަސްޓޭންކަކުން: ޙަސަން ލަތީފް

18 މާރިޗު 2017
ކައުންސިލް އިންތިޚާބަށް ޕީޕީއެމްއިން ކެނޑިޑޭޓުން ހޮވީ މަސްޓޭންކަކުން: ޙަސަން ލަތީފް
15 މާރިޗު 2017

އަންގާރަ ދުވަހު އެކަނި 400 ބަލިމީހުން، މުޅި ޖުމްލަ 1،000 ބަލިމީހުން ފްލޫ ކްލިނިކުން ފަރުވާހޯދާފައިވޭ!

15 މާރިޗު 2017
އަންގާރަ ދުވަހު އެކަނި 400 ބަލިމީހުން، މުޅި ޖުމްލަ 1،000 ބަލިމީހުން ފްލޫ ކްލިނިކުން ފަރުވާހޯދާފައިވޭ!
09 މާރިޗު 2017

ކައުންސިލް އިންތިޚާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަން ތަރުތީބުކޮށްފި

09 މާރިޗު 2017
ކައުންސިލް އިންތިޚާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަން ތަރުތީބުކޮށްފި
02 މާރިޗު 2017

ޕީޕީއެމްއިން ކައުންސިލް އިންތިޚާބަށް ރީރެޖިސްޓަރ ކުރުމުގެ ޚާއްސަ ހަރަކާތެއް ބާއްވަނީ

02 މާރިޗު 2017
ޕީޕީއެމްއިން ކައުންސިލް އިންތިޚާބަށް ރީރެޖިސްޓަރ ކުރުމުގެ ޚާއްސަ ހަރަކާތެއް ބާއްވަނީ
02 މާރިޗު 2017

ކައުންސިލް އިންތިޚާބަށް ބޭނުން ކުރާ ތަކެތި ހަރުގެއިން ގެންދިއުމަކީ ކެމްޕޭނަށް ހުރަސްއެޅުން:އެމްޑީޕީ

02 މާރިޗު 2017
ކައުންސިލް އިންތިޚާބަށް ބޭނުން ކުރާ ތަކެތި ހަރުގެއިން ގެންދިއުމަކީ ކެމްޕޭނަށް ހުރަސްއެޅުން:އެމްޑީޕީ
16 ފެބުރުއަރީ 2017

ކައުންސިލް އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު އިތުރުކޮށްފި

16 ފެބުރުއަރީ 2017
ކައުންސިލް އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު އިތުރުކޮށްފި
13 ފެބުރުއަރީ 2017

ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ސަރުކާރުން ހުށަހެޅި ބިލަށް ބަހުސް ކުރުން އަންގާރަ ދުވަހު

13 ފެބުރުއަރީ 2017
ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ސަރުކާރުން ހުށަހެޅި ބިލަށް ބަހުސް ކުރުން އަންގާރަ ދުވަހު
07 ފެބުރުއަރީ 2017

ގާނޫނު ބަދަލު ކުރަނީ އިންތިޚާބަށް ވަގުންތަކެއް ނެރެންވެގެން: އީވާ

07 ފެބުރުއަރީ 2017
ގާނޫނު ބަދަލު ކުރަނީ އިންތިޚާބަށް ވަގުންތަކެއް ނެރެންވެގެން: އީވާ
22 ޖެނުއަރީ 2017

ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!

22 ޖެނުއަރީ 2017
ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް