Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުތަގްސް އޮފް ހިންދުސްތާން

ތަގްސް އޮފް ހިންދުސްތާން ރިލީޒް ކުރަނީ އައިމެކްސް ފޯމެޓްގައި

މި ފިލްމު ރިލީޒްކުރާނީ އަންނަ ނޮވެމްބަރު 7 ގައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 14 މެއި 2018 | ހޯމަ 06:08
ތަގްސް އޮފް ހިންދުސްތާންގެ ކަވަރ ފޮޓޯއެއް

ތަގްސް އޮފް ހިންދުސްތާންގެ ކަވަރ ފޮޓޯއެއް

މި އަހަރުގެ ނޮވެމްބަރު މަހު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ތަގްސް އޮފް ހިންދުސްތާން، އައިމެކްސް ފޯމެޓުގައި ރިލީޒްކުރަން ނިންމައިފިއެވެ.

ތަގްސް އޮފް ހިންދުސްތާން ރިލީޒް ކުރާނީ އައިމެކްސް ފޯމެޓްގައިކަން އައިމެކްސް އާއި އެފިލްމު އުފައްދާ ޔާޝް ރާޖް ފިލްމްސް (ވައިއާރްއެފް) އިންވެސް ވަނީ ޔަގީންކޮށްދީފައެވެ. އެ ދެ ކުންފުނިންވެސް ވަނީ ޓްވިޓަރ މެދުވެރިކޮށް އެކަން ކަށަވަރުކޮށްދީފައެވެ.

މި ފިލްމުގެ މަންޒަރުތައް ނަގާފައި ވަނީ މޯލްޓާ އާއި މުމްބާއީގައެވެ. ޔާޝް ރާޖް ފިލްމްސް އިން ޕްރޮޑިއުސްކުރާ މި ފިލްމުގައި އަމީތާބު ބައްޗަންވެސް މުހިއްމު ރޯލެއް އަދާކުރާއިރު، މި ފިލްމުގެ ވާހަކަ ލިޔެ، ފިލްމު ޑައިރެކްޓްކުރަނީ ވިޖޭ ކްރިޝްނާ އަޗާރިޔާއެވެ.

ތަގްސް އޮފް ހިންދުސްތާނުގައި އަމީތާބުގެ އިތުރުން އާމިރު ޚާން އާއި ފާތިމާ ސަނާ ޝައިޚް އަދި ކެޓްރީނާ ކައިފް އާއި މުޙައްމަދު ޒީޝާން އައްޔޫބް ފެނިގެންދާނެއެވެ.

ތަގްސް އޮފް ހިންދުސްތާން ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ނޮވެމްބަރު މަހުގެ 7 ވަނަ ދުވަހުގައެވެ.

މި ފިލްމާއި ބެހޭގޮތުން މީގެ ކުރިން އާމިރު ޚާން ވަނީ ވާހަކަ ދައްކާފައެވެ. އާމިރު ބުނީ މި ފިލްމުގެ އަސްލު ވާހަކަ ބިނާވެގެންވާނީ ފާތިމާގެ މައްޗަށް ކަމަށާއި ދެން ފެންނަ އެކްޓަރުން އެއީ ސަޕޯޓިން އެކްޓަރުން ކަމަށެވެ. ޑަންގަލް އިން މޮޅު އެކްޓިންއެއް ދައްކުވައިދީފައިވާ ފާތިމާ ގެ ކެރެކްޓާގައި އެކި ކަހަލަ ކުލަތަކެއް އެކުލެވޭނެ ކަމަށާއި އޯޑިއެންސް އެ ފިލްމު ބަލައިގަންނާނެ ކަމަށް އާމިރު ބުންޏެވެ. އާމިރު ޚާންގެ "ޑަންގަލް"ގައި ފާތިމާ އަދާކޮށްފައިވަނީ އާމިރުގެ ދަރިއެއްގެ ރޯލެވެ.

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

ރިތިކްގެ ލޯ ހަދިޔާކުރަނީ

01 ފެބުރުއަރީ 2017
ރިތިކްގެ ލޯ ހަދިޔާކުރަނީ
25 ޖެނުއަރީ 2017

ފިލްމު "އިރާދާ" އަންނަ މަހު 17 ގައި ރިލީޒްކުރަނީ

25 ޖެނުއަރީ 2017
ފިލްމު "އިރާދާ" އަންނަ މަހު 17 ގައި ރިލީޒްކުރަނީ
24 ޖެނުއަރީ 2017

ހިންދީ ފިލްމު "މެޝިން" މާޗު މަހު ރިލީޒްކުރަނީ

24 ޖެނުއަރީ 2017
 ހިންދީ ފިލްމު "މެޝިން" މާޗު މަހު ރިލީޒްކުރަނީ
17 ޖެނުއަރީ 2017

ސަންޖޭ ދަތުގެ މައްޗަށް އުފައްދާ ބަޔޮޕިކާއި ސަލްމާން ޚާންގެ ފިލްމު "ޓައިގަރ ޒިންދާ ހޭ" އާ އެއްދުވަހެއްގައި ރިލީޒްކުރަނީބާ؟

17 ޖެނުއަރީ 2017
ސަންޖޭ ދަތުގެ މައްޗަށް އުފައްދާ ބަޔޮޕިކާއި ސަލްމާން ޚާންގެ ފިލްމު "ޓައިގަރ ޒިންދާ ހޭ" އާ އެއްދުވަހެއްގައި ރިލީޒްކުރަނީބާ؟
16 ޖެނުއަރީ 2017

ރިލީޒްކުރިތާ ދެ ދުވަސް ތެރޭ ފިލްމަށް 12.47 ކްރޯޑް ރުޕީސްގެ އާމްދަނީ

16 ޖެނުއަރީ 2017
ރިލީޒްކުރިތާ ދެ ދުވަސް ތެރޭ ފިލްމަށް 12.47 ކްރޯޑް ރުޕީސްގެ އާމްދަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު