Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަނޑިޔާރު އަލީ ހަމީދު

އުނަގަނޑުން ތިރި ވަނީ އައްސިވެފައި، ހިނގެނީ ކިރިޔާ: އަލީ ހަމީދު

30 އެޕްރީލު 2018 | ހޯމަ 08:37

ހައްޔަރު ކުރި ދުވަހު އަޅުގަނޑު ސިޑިން ވެއްޓުނު: އަލީ ހަމީދު

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 30 އެޕްރީލު 2018 | ހޯމަ 08:37
ކްރިމިނަލް ކޯޓުގެ ޝަރީއަތަކަށް އަލީ ހަމީދު މާލެ ގެންނަނީ

ކްރިމިނަލް ކޯޓުގެ ޝަރީއަތަކަށް އަލީ ހަމީދު މާލެ ގެންނަނީ

އުނަގަނޑުން ތިރި ވަނީ އައްސިވެފައި ކަމަށާއި ހިނގާބިނގާވެ އުޅެވެނީ ވަރަށް އުނދަގުލުން ކަމަށް ހައްޔަރުކޮށްފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ވިދާޅުވެއްޖެއެވެ.

އަލީ ހަމީދު އެހެން ވިދާޅުވީ އޭނާގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގެ ދައުވާގެ އިބްތިދާއީ އަޑުއެހުމުގައެވެ.

Advertisement - newsAdvertisement

ގާޒީ އަހްމަދު ހައިލަމް ބައްލަވާ އެ މައްސަލައިގެ އަޑުއެހުމުގައި އަލީ ހަމީދު ވިދާޅުވީ އޭނާގެ އުނަގަނޑުން ތިރި އައްސިވެފައި ވަނީ ހައްޔަރު ކުރި ރޭ، މިދިޔަ ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހުގެ ރޭ ސުޕްރީމް ކޯޓުގެ ސިޑިން އޭނާ ވެއްޓުމުން ކަމަށެވެ. ސިޑިން ވެއްޓި ލިބުނު އަނިޔާތަކާ ގުޅިގެން އުނަގަނޑަށް އަނިޔާވެފައިވާ ކަމަށާއި ހިނގާއުޅޭ އިރު "ބެލެންސް" ނުވާ ކަމަށް އަލީ ހަމީދު ވިދާޅުވިއެވެ.

އަލީ ހަމީދު އެހެން ވިދާޅުވުމުން ދައުލަތުގެ ވަކީލާ ވިދާޅުވީ އަލީ ހަމީދު ހައްޔަރު ކުރި ރޭ ސުޕްރީމް ކޯޓުގައި ހިނގައިދިޔަ ކަންތައްތައް ފުލުހުން ވީޑީއޯކޮށްފައިވާ ކަމަށާއި އެ ވީޑިއޯތަކުން އަލީ ހަމީދަށް އަނިޔާވިކަން އެނގެން ނެތް ކަމަށެވެ. ޝަރީއަތުން ބޭނުން ވެއްޖެ ނަމަ، އެ ވީޑީއޯ ޝަރީއަތަށް ހުށަހެޅިދާނެ ކަމަށް ވެސް ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ.

ދައުލަތުގެ ވަކީލާ އެހެން ވިދާޅުވުމުން، ގާޒީ ހައިލަމް އެ ވީޑިއޯ ޝަރީއަތަށް ހުށަހެޅުމަށް އަންގަވާފައެއް ނުވެއެވެ.

އަލީ ހަމީދު ވިދާޅުވީ އޭނާއަކީ ލޭ މައްޗަށްދާ މީހެއް ކަމަށާއި ހިތުގެ މައްސަލަ ވެސް ހުންނަ މީހެއް ކަމަށެވެ. އަދި ފަރުވާ ލިބެންޖެހޭ ވަރަށް ކަރެކްޝަނަލް ސާވިސްއިން އޭނާއަށް ފަހިކޮށްދޭންޖެހޭ ކަންތައްތައް ފަހިކޮށްދީފައި ނުވާ ކަމަށް އަލީ ހަމީދު ވިދާޅުވިއެވެ.

ގާޒީ ވިދާޅުވީ ހައްޔަރުކޮށްފައިވާ އެހެން ފަރާތްތަކާ ހިލާފަށް އަލީ ހަމީދަކީ ހާއްސަ އިމްތިޔާޒުތަކެއް ދެއްވާފައިވާ ބޭފުޅެއް ކަމަށާއި ބަންދުކޮށްފައި ހުންނަ ކޮންމެ ދުވަހަކު ނަރުހަކު އޭނާގެ ސިއްހީ ހާލަތު ބައްލަވަންޖެހޭނެ ކަމަށެވެ. އަދި އެކަންކަން ބަރާބަރަށް ކުރަމުންދޭތޯ ދެން އޮންނަ ޝަރީއަތަކަށް ސާފުކޮށްދެއްވުމަށް ދައުލަތުގެ ވަކީލާ އަރިހުން ގާޒީ އެދިވަޑައިގެންނެވިއެވެ.

ހޯމަ ދުވަހު ބޭއްވި އިބްތިދާއީ އަޑުއެހުމުގައި އަލީ ހަމީދުގެ މައްޗަށް ކޮށްފައިވާ ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގެ ދައުވާ އިއްވަމުން ދައުލަތުގެ ވަކީލު އަހުމަދު ނައުޝާދު ވިދާޅުވީ 2013 ވަނަ އަހަރުން ފެށިގެން އަލީ ހަމީދު ރިޝްވަތުގެ ފައިސާގައި ހިއްޕަވައި ވަކި ބަޔަކަށް މަންފާވާ ގޮތަށް ހުކުމްތައް ކުރައްވާފައިވާ ކަމަށެވެ. އަދި މުއައްސަސާތަކުގެ މަސައްކަތަށް ބުރޫ އަރުވައި ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާފައިވާ ކަމަށް ވެސް އޭނާގެ މައްޗަށް ދައުލަތުން ވަނީ ތުހުމަތުކޮށްފައެވެ.

ވަކި ގޮތަކަށް ކޯޓުން ހުކުމްތައް ނެރެ، ގާނޫނާ ހިލާފަށް ސަރުކާރު ބަދަލުކުރަން ފުލުހުންނާ ގުޅިގެން މަސައްކަތް ކުރި ކަމަށް ވެސް އަލީ ހަމީދުގެ މައްޗަށް ކުރި ދައުވާ އިއްވަމުން ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

އަލީ ހަމީދުގެ ދައުވާއާ ގުޅޭ ހުރިހާ ލިޔެކިޔުމެއް ލިބިފައިވޭތޯ ގާޒީ ސުވާލު ކުރެއްވުމުން އަލީ ހަމީދު ވިދާޅުވީ ލިޔެކިޔުންތައް ލިބިފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ އެ ދައުވާއާއެކު ކުރިއަށްދާން ބޭނުންވަނީ ވަކީލަކާއެކުގައި ކަމަށާއި ވަކީލަކު އައްޔަން ކުރުމަށް 15 ދުވަސް ދެއްވުމަށެވެ. ގާޒީ ހައިލަމް ވިދާޅުވީ ވަކީލަކު އައްޔަން ކުރުމަށް 15 ދުވަސް ދިނުމަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނާ މުއްދަތަށް ވުރެ ދިގު މުއްދަތެއް ކަމަށާއި އެހެކަމުން އެ މުއްދަތު ނުދެވޭނެ ކަމަށެވެ.

ވަކީލަކު އައްޔަން ކުރުމަށް އަލީ ހަމީދަށް ކޯޓުން ދެއްވަފައި ވަނީ ދެ ދުވަހުގެ މުއްދަތެކެވެ.

އަލީ ހަމީދުގެ ބަލި ހާލަތުގެ ވާހަކަ ޝަރީއަތުގެ މަޖިލީހުގައި އޭނާ ކިޔައި ދެއްވިއިރު، ގާޒީ ވިދާޅުވީ ގޮނޑީގައި އިށީންދެވަޑައިގެން އިންނަވައިގެން، ވާހަކަފުޅު ދެއްކެވުމަށެވެ. އަލީ ހަމީދުގެ ބަލި ހާލަތު ހުރި ގޮތުން ކޯޓުގައި އޭނާ ވާހަކަފުޅު ދެއްކެވީ ވަރަށް މަޑުންނެވެ. ގާޒީ ހައިލަމް ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވިއިރު، އަލީ ހަމީދު ވިދާޅުވި ބައެއް ބަސްފުޅުތައް ވެސް ސާފެއް ވެސް ނުވެއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

3

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

04 އެޕްރީލު 2018

ފުލުހުން އެމްޑީޕީގެ ދިދަ ތިރިކުރުމުން، ހޮޅި ދަނޑިއަށް ބާޓިނު ގަނޑެއް ނަގައިފި

04 އެޕްރީލު 2018
ފުލުހުން އެމްޑީޕީގެ ދިދަ ތިރިކުރުމުން، ހޮޅި ދަނޑިއަށް ބާޓިނު ގަނޑެއް ނަގައިފި
12 މާރިޗު 2018

ބިލަތްފަހީގައި ހުރި އެމްޑީޕީގެ ބޮޑު ދިދަ ފުލުހުން ގޮސް ތިރި ކޮށްފި

12 މާރިޗު 2018
ބިލަތްފަހީގައި ހުރި އެމްޑީޕީގެ ބޮޑު ދިދަ ފުލުހުން ގޮސް ތިރި ކޮށްފި
12 މާރިޗު 2018

ލޯޔަރުންގެ މުސީބާތް ބޮޑުވެއްޖެ، ކުޑަގޮޅިއަށް ލައިގެން ވެސް ފަނޑިޔާރުން މައިތިރި ކުރަންޖެހޭ: މޫސާ

12 މާރިޗު 2018
ލޯޔަރުންގެ މުސީބާތް ބޮޑުވެއްޖެ، ކުޑަގޮޅިއަށް ލައިގެން ވެސް ފަނޑިޔާރުން މައިތިރި ކުރަންޖެހޭ: މޫސާ
06 މާރިޗު 2018

ތިނަދޫގައި ހުރި އެމްޑީޕީގެ ބޮޑު ދިދަ ތިރިކުރަން އަންގައިފި

06 މާރިޗު 2018
ތިނަދޫގައި ހުރި އެމްޑީޕީގެ ބޮޑު ދިދަ ތިރިކުރަން އަންގައިފި
13 ފެބުރުއަރީ 2018

އުކުޅަހުގައި ހުރި އެމްޑީޕީ ބޮޑު ދިދަ ފުލުހުން ތިރިކޮށްފި

13 ފެބުރުއަރީ 2018
އުކުޅަހުގައި ހުރި އެމްޑީޕީ ބޮޑު ދިދަ ފުލުހުން ތިރިކޮށްފި
07 ނޮވެމްބަރު 2017

ކުޅުދުއްފުށީގައި ނަގާފައި ހުރި އެމްޑީޕީގެ ބޮޑު ދިދަ ބައިދަނޑިއަށް ތިރިކޮށްފި

07 ނޮވެމްބަރު 2017
ކުޅުދުއްފުށީގައި ނަގާފައި ހުރި އެމްޑީޕީގެ ބޮޑު ދިދަ ބައިދަނޑިއަށް ތިރިކޮށްފި
31 އޯގަސްޓު 2017

ކަނޑޫދޫ "ތަސްވީރު އަތިރި" ހުޅުވައިފި

31 އޯގަސްޓު 2017
ކަނޑޫދޫ "ތަސްވީރު އަތިރި" ހުޅުވައިފި
19 މެއި 2017

ތިރިވަނަންތަޕޫރަމްއަށް ދިވެހިން ގޮސް އުޅޭ ތަންތަން ފާސް ކުރުމުގެ ޚާއްސަ އޮފަރޭޝަނެއް އިންޑިއާގެ ސަލާމަތީ ބާރުތަކުން ފަށައިފި

19 މެއި 2017
ތިރިވަނަންތަޕޫރަމްއަށް ދިވެހިން ގޮސް އުޅޭ ތަންތަން ފާސް ކުރުމުގެ ޚާއްސަ އޮފަރޭޝަނެއް އިންޑިއާގެ ސަލާމަތީ ބާރުތަކުން ފަށައިފި
14 މެއި 2017

ސާބަހޭ މެންބަރުން، ރައީސް ޔާމީނަށް ޖެހިވަޑައިގަންނަވާނީ ހަމަބިމަށް ތިރިވާން: މުސްތަފާ

14 މެއި 2017
ސާބަހޭ މެންބަރުން، ރައީސް ޔާމީނަށް ޖެހިވަޑައިގަންނަވާނީ ހަމަބިމަށް ތިރިވާން: މުސްތަފާ
20 އެޕްރީލު 2017

ރައްޔިތުންނަށް ކިރިޔާވެސް ނޭވާއެއް ލެވޭނެ ފުރުސަތެއް އޮތީ ރައީސް ޔާމީން ބޭރުކޮށްގެން: ޖާބިރު

20 އެޕްރީލު 2017
ރައްޔިތުންނަށް ކިރިޔާވެސް ނޭވާއެއް ލެވޭނެ ފުރުސަތެއް އޮތީ ރައީސް ޔާމީން ބޭރުކޮށްގެން: ޖާބިރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް