Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގުޅިފައިވާ ސިޔާސީ ހަރަކާތްތައް

މި ސަރުކާރުން ރާއްޖޭގެ ހުރިހާ ރަށްތަކެއް ވީރާނާކޮށްފި: ޑރ. މައުސޫމް

6 އެޕްރީލު 2018 | ހުކުރު 02:27

ސަރުކާރު ވަނީ ގައުމު އިނދަޖައްސާލާފައި

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 6 އެޕްރީލު 2018 | ހުކުރު 02:27
ކެލާ ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަބްދުﷲ މައުސޫމް

ކެލާ ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަބްދުﷲ މައުސޫމް

ރައްޔިތުންގެ ފައިސާއިން އިސްރާފުގެ ބިނާތައް އަޅަމުންދާއިރު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބަލާ އިރު ރައްތަކުން ފެންނަނީ ވީރާނާ ވެފައިވާ މަންޒަރު ކަމަށް މަޖިލީހުގެ ކެލާ ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އެމްޑީޕީ ހަރުގެ ސަރަހައްދުގައި ބޭއްވި އެއްވުމުގައި ވާހަކަދައްކަވަމުން މައުސޫމް ވިދާޅުވީ، ސަރުކާރުން ގައުމުގެ ހިންގުމާ ހަވާލުވުމަށް ފަހު ރައްޔިތުންނަށް ރަނގަޅު ދިރިއުޅުމެއް ލިބޭނެ ގޮތްތައް ފަހިކޮށްދިނުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށާއި ރަށުގައި ހަމަޖެހިގެން އާއިލާއާ އެކު އުޅެވޭނެ މަގު ތަނަވަސްކޮށްދެއްވަން ޖެހޭ ކަމަށެވެ.

Advertisement - newsAdvertisement
"އަޅުގަނޑުމުގެ ރަށްތަކަށް ބަލާލަމުން ފެންނަމުން ދަނީ ރަށުގެ ގޯތިތައް ފަޅުވަމުންދާ މަންޒަރު. ސަރުކާރުގެ ދޯހަޅި ސިޔާސަތުގެ ސަބަބުން އަދި މުޅި މާލެއަށް ހުރިހާ އެންމެން ޖަމާކޮށް ތޮއްޖެއްސުމުގެ ސަބަބުން ރަށްރަށް ދޫކޮށް ރައްޔިތުން އަންނަނީ މާލެ. މާލެއަށް އަންނަންޖެހުމުން އެކަމުގެ ތަކްލީފު ހުރިހާ ރައްޔިތުން ދަނީ އުފުލަމުން. ރާއްޖޭގެ ރައްޔިތުން މާލޭގައި ދިރިއުޅެންޖެހުމުގެ ސަބަބުން ރާއްޖޭގެ ރައްޔިތުން ދިރިއުޅުމަށްޓަކައި ވަރަށް ބޮޑު ޖިހާދެއް ދަނީ ކުރަމުން. ދިރއުޅުމުގައި ރަނގަޅަށް ނިދާލެވެނީކީ ނޫން. މަގެއް މަތީ ހިނގާ ލެވެނީކީ ނޫން. އެއްވެސް ކަހަލަ އިންސާފެއް ރަށު ތެރޭގައި އޮތީކީ ނޫން." މައުސޫމް ވިދާޅުވިއެވެ.

މައުސޫމް ވިދާޅުވީ، މާލޭގައި އަމާން މާހައުލެއް ނެތް އިރު ގެދޮރުގެ މައްސަލައަށް ހައްލެއް ހޯދުމަށް ރަނގަޅު ސިޔާސަތެއް ސަރުކާރުން އެކުލަވާލަންޖެހޭ ކަމަށެވެ. އެހެން ނަމަވެސް މަތި މައްޗަށް ކުދި ކުދި ފްލެޓް އަޅަމުންދާ ކަމަށާއި ރާއްޖޭގެ މުޅި އާބާދީ ކޮތަރު ކޮށްޓެއްގައި ގެންގުޅެން ސަރުކާރުން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެއީ އެއްވެސް ހާލެއްގައި ދިވެހިން ދިރިއުޅެން ބޭނުންވާ ގޮތް ނޫން ކަމަށާއި ދިވެހިން ބޭނުންވާނީ ދިރިއުޅޭ ގޭގައި ގަހެއް އިންދާލައިގެން ހަމަޖެހޭ ދިރިއުޅެއް އުޅެން ކަމަށް އޭނާ ވިދާޅުވިއެވެ.

މައުސޫމް ވިދާޅުވީ، މިއަހަރުގެ ނޮވެމްބަރު 11 އާހަމައަށް ސަރުކާރު ދެމި އޮންނަ ހަމައެކަނި ސަބަބަކީ ކަނޑި ބަޑީގެ ބާރު ބޭނުން ކޮށްގެން ކަމަށާއި މި ސަރުކާރު ގައުމު ހިންގުމުގައި ފެއިލްވެފައިވާ ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

4

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

5

ދުޝްމަނުން އީރާނުގެ ބިމުގައި ފައިޖައްސާލައިފި ނަމަ ފައިބުރިކޮށްލާނަން: ކޮމާންޑަރު

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
11 ޖެނުއަރީ 2017

ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ

11 ޖެނުއަރީ 2017
ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް