Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެންވާރަމަންޓް ޕޮލިސް

ކުނީގެ މައްސަލަ ހައްލުކުރުމަށް "އެންވާރަމަންޓް ޕޮލިސް" ގެ ޚިދުމަތް ތަޢާރުފުކޮށްފި

އެއްބަސްވުމުގެ ދަށުން ސްޕެޝަލް ކޮންސްޓެބްލަރީގެ ޚިދުމަތް ވަރަށް އަވަހަށް ފެށިގެންދާނެ

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ, ރާއްޖެ އެމްވީ | 19 މާރިޗު 2018 | ހޯމަ 04:00
އެންވާރަމަންޓް ޕޮލިސް ގެ ޚިދުމަތް ތައާރަފް ކުރުމަަށް ބޭއްވި ރަސްމިއްޔާތު

އެންވާރަމަންޓް ޕޮލިސް ގެ ޚިދުމަތް ތައާރަފް ކުރުމަަށް ބޭއްވި ރަސްމިއްޔާތު

ކުނީގެ މައްސަލަ ހައްލުކުރުމަށް “އެންވާރަމަންޓް ޕޮލިސް” ގެ ޚިދުމަތް ތަޢާރުފުކޮށްފިއެވެ.

ކުނީގެ މައްސަލަ ޙައްލުކުރުމަށް "އެންވާރަމަންޓް ޕޮލިސް" ގެ ޚިދުމަތް ފަށައިގަތުމާ ބެހޭގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސް އާއި މިނިސްޓްރީ އޮފް އެންވާރަމަންޓް އެންޑް އެނަރޖީ އަދި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އާދެމެދު ފަހުމުނާމާއެއްގައި ސޮއިކުރީ އާދިއްތަ ދުވަހުއެވެ.

Advertisement - newsAdvertisement

އާދިއްތަ ދުވަހު އެންވާރަމަންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އެންވާރަމަންޓް އެންޑް އެނަރޖީ ޠާރިޤް އިބްރާހިމްއެވެ. މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ސޮއިކުރެއްވީ އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް، ޑިސީޕީ ޢަބްދުﷲ ނަވާޒްއެވެ. ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަންގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝިފާޢުއެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު މިނިސްޓަރ ޠާރިޤް ދެއްކެވި ވާހަކަފުޅުގައި ސޮއިކުރެވުނު މި ފަހުމުނާމާއަކީ ވަރަށް މުހިންމު ކަމެއްކަން ފާހަގަކުރެއްވިއެވެ. އެގޮތުން މާލޭ ބައެއް ސަރަޙައްދުތަކުގެ މަގުމައްޗަށް ކުނިއެޅުމާއި ޤަވާއިދާ ޚިލާފަށް ކުނިއުފުލުމުގެ ކަންކަން އަދިވެސް ފާހަގަކުރެވިފައިވާ ކަމަށާއި މިކަމުގެ ސަބަބުން އެފަދަ ފަރާތްތައް ހޯދައި، ޤަވާއިދުގެ ދަށުން ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރެވިގެންދާނެކަމަށް ވިދާޅުވިއެވެ. އެއްބަސްވުމުގެ ދަށުން ސްޕެޝަލް ކޮންސްޓެބްލަރީގެ ޚިދުމަތް ވަރަށް އަވަހަށް ފެށިގެންދާނެކަމަށް އުއްމީދުކުރައްވާ ކަމަށާއި ފުލުހުންނަށް ބޭނުންވާ އެހީތެރިކަން ލިބިގެންދާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް، ޑީސީޕީ ޢަބްދުﷲ ނަވާޒް ދެއްކެވި ވާހަކަފުޅުގައި އެއްބަސްވުމުގެ ސަބަބުން ރައްޔިތުންނަށް ރަނގަޅު ބަދަލުތަކެއްފެނި، ރައްޔިތުންނަށް ގިނަ ފައިދާތަކެއް ވެގެންދާނެ ކަމަށާއި ކުރިއަށް އޮތްތަނުގައި އެންވާރަމަންޓް ޕޮލިސްގެ ޚިދުމަތް އެހެން ސިޓީތަކަށާއި އަތޮޅުތެރެއަށް ތަޢާރަފްކުރުމުގެ ވިސްނުން ގެންގުޅުއްވާކަމަށް ވިދާޅުވިއެވެ.

ޤަވާއިދާ ޚިލާފަށް ކުނި ޖަމާކުރުން ހުއްޓުވުމަށްޓަކައި މާލެތެރެ ޕެޓްރޯލްކޮށް ބެލެހެއްޓުމާއި ކުނި މެނޭޖްކުރުމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަނަށް ޚާއްސަކުރެވިފައިވާ ޒޯންތަކުގެ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމާއި، ޤަވާއިދާ ޚިލާފަށް އެޒޯންތަކުގައި ޕާކުކުރާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އެޅުމުގެ އިތުރުން ޤަވާއިދާ ޚިލާފަށް ކުނި އުފުލާ ފަރާތްތަކާމެދު ޤަވާއިދުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅައި، ބައިސްކަލުގައްޔާއި ގާޑިޔާތަކުގައި ޤަވާއިދާ ޚިލާފަށް ކުނި އުފުލަމުންދާނަމަ އެކަންކަން ހުއްޓުވުމަށްޓަކައި ފުލުހުން މަސައްކަތްކުރާނެކަމަށް އެފަރާތުން ހާމަކުރެއެވެ.

މީގެއިތުރުން ވެމްކޯއަށް ކުނި މެނޭޖް ކުރުމުގައި ސެކިއުރިޓީ ގޮތުން ދިމާވާ ކަންތައްތައް ޙައްލުކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން ތަންފީޒްކުރަންޖެހޭ ޤަަވާއިދުތައް ތަންފީޒްކުރުމަށްޓަކައި އެއްބާރުލުންދީ، ޤަވާއިދާ ޚިލާފުވާ ފަރާތްތަކާމެދު އެޅޭ ފިޔަވަޅުތައް ތަންފީޒްކުރުމަށް އެންވާރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) މެދުވެރިކޮށް ކުރަންޖެހޭ މަސައްކަތްތައް ކުރެވިގެންދާނެކަމަށް ފުލުހުން ބުންޏެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

23 އެޕްރީލު
ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން
20251 އަހަރު ކުރިން
ރާއްޖެ

ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ
20242 އަހަރު ކުރިން
ދުނިޔެ

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ
20233 އަހަރު ކުރިން
ކުޅިވަރު

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"
20224 އަހަރު ކުރިން
ރާއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން
20215 އަހަރު ކުރިން
ރިޕޯޓު

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
20197 އަހަރު ކުރިން
ރިޕޯޓު

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ
20188 އަހަރު ކުރިން
ރިޕޯޓު

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު