Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއޭސީސީ އަހަރީ ރިޕޯޓް

މިދިޔަ އަހަރު ވެސް ކޮރަޕްޝަނާ ގުޅުން ހުރި 1.3 ބިލިއަން ރުފިޔާ ހޯދަން ޕީޖީއަށް ފޮނުވި

16 މާރިޗު 2018 | ހުކުރު 14:28

23 މީހަކަށް ދައުވާ ކުރަން ފޮނުވި

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 16 މާރިޗު 2018 | ހުކުރު 14:28
އެމްއެމްޕީއާރްސީގެ ކޮރަޕްޝަނާ ގުޅިގެން އަލްޖަޒީރާއިން އާންމުކުރީ ޑޮކިއުމެންޓްރީގެ ސްކްރީންޝޮޓެއް

އެމްއެމްޕީއާރްސީގެ ކޮރަޕްޝަނާ ގުޅިގެން އަލްޖަޒީރާއިން އާންމުކުރީ ޑޮކިއުމެންޓްރީގެ ސްކްރީންޝޮޓެއް

ކޮރަޕްޝަންގެ އަމަލުތަކާ ގުޅިގެން، ދައުލަތަށް ގެއްލުނު ފައިސާގެ ތެރެއިން ހޯދަންޖެހޭ މިންވަރު ވަނީ ރެކޯޑު އަދަދަކަށް އަރާފައެވެ. އެކަން ހާމަވެގެންދަނީ އޭސީސީން މިދިޔަ އަންގާރަ ދުވަހު އާންމު ކުރި، އެ ކޮމިޝަންގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުންނެވެ. އެ ރިޕޯޓުން ދައްކާ ގޮތުން މިދިޔަ އަހަރަކީ އެ ކޮމިޝަނުން ދައުވާ ކުރަން ފޮނުވި މައްސަލަތަކުގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ފައިސާ ހޯދަން މައްސަލަ ފޮނުވި އަހަރެވެ.

އޭސީސީގެ އަހަރީ ރިޕޯޓުން ދައްކާ ގޮތުން މިދިޔަ އަހަރު އެކަނި ވެސް، 1.3 ބިލިއަން ރުފިޔާ ދައުލަތަށް އަނބުރާ ހޯދަންޖެހޭ މައްސަލަތަކެއް ޕީޖީއަށް ފޮނުވާފައިވެއެވެ. މިއީ އެ ކޮމިޝަންގެ ނުވަ އަހަރުގެ ތާރީހުގައި ރެކޯޑު އަދަދެކެވެ. ކޮރަޕްޝަންގެ ރަތް ރޮނގު ހުރަސްކޮށް، ފައިސާގެ އަދަދުތައް އެ ވަނީ ބިލިއަނަށް އަރާފައެވެ. މިއީ ހަމައެކަނި ލިޔެކިޔުންތަކުން ހެކި ސާބިތުވާ ވަރަށް ހުރި ބިލިއަން ރުފިޔާގެ ވާހަކައެވެ.

Advertisement - newsAdvertisement

މިދިޔަ އަހަރު ދައުލަތަށް އަނބުރާ ހޯދަން އެންގި 1.3 ބިލިއަން ރުފިޔާގެ ފައިސާއަކީ ކޮރަޕްޝަންގެ 12 މައްސަލައަކާ ގުޅުންހުރި ފައިސާއެވެ. އެ މައްސަލަތަކުގައި ޝާމިލު ވަނީ 23 މީހެކެވެ. އެ މީހުންގެ މައްޗަށް 20 ދައުވާއެއް އުފުލުމަށް ޕީޖީ އޮފީހުގައި އޭސީސީން ވަނީ އެދިފައެވެ.

ކޮމިޝަނުން އާންމު ކޮށްފައިވާ ހިސާބުތަކުން ދައްކާ ގޮތުން ވޭތުވެދިޔަ ނުވަ އަހަރު ދައުވާ ކުރަން ފޮނުވި މައްސަލަތަކުން 1.8 ބިލިއަން ރުފިޔާ ދައުލަތަށް ލިބެންޖެހެ އެވެ. މިއަހަރުގެ ސެޕްޓެމްބަރު މަހު އޭސީސީއަށް 10 އަހަރު ފުރޭއިރު، ވޭތުވެދިޔަ ހަތަރު އަހަރަކީ އެންމެ ބޮޑެތި ކޮރަޕްޝަންގެ މައްސަލަ ތަހުގީގު ކުރި އަހަރު އަހަރެވެ. އެކަން އެ ކޮމިޝަންގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

އެގޮތުން 2014 ވަނަ އަހަރު ދައުވާ ކުރަން ފޮނުވި މައްސަލަތަކުން ދައުލަތަށް ލިބެންޖެހޭ ފައިސާގެ އަދަދު 1.4 މިލިއަން ރުފިޔާއަށް އަރައެވެ. އަދި 2015 ވަނަ އަހަރު ދައުވާ ކުރަން ފޮނުވި މައްސަލަތަކުން ތިން ލައްކައަށް ވުރެ ގިނަ ރުފިޔާ ދައުލަތަށް ލިބެންޖެހޭއިރު، 2016 އަހަރު ދައުވާ ކުރަން ފޮނުވި މައްސަލަތަކުން 10 މިލިއަން ރުފިޔާ ދައުލަތަށް ލިބެންޖެހެއެވެ. ނާޖާއިޒު ފައިދާ ހޯދުމާއި ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކުުރުމުގެ ސަބަބުން މިދިޔަ އަހަރު ދައުވާ ކުރަން ފޮނުވި މައްސަލަތަކުން ޖުމްލަ 1،335،729،425 (އެއް ބިލިއަން ތިންސަތޭކަ ތިރީސް ފަސް މިލިއަން ހަތް ލައްކަ ނުވާވީސްހާސް ހަތަރުސަތޭކަ ފަންސަވިސް ރުފިޔާ ސާޅީސް ލާރި) ރުފިޔާ ދައުލަތަށް ލިބެންޖެހޭ ކަމަށް އޭސީސީގެ އަހަރީ ރިޕޯޓުން ދައްކައެވެ.

ކޮރަޕްޝަންގެ އެ އަމަލުތައް ހިންގާފައި ވަނީ ކޮން ވުޒާރާއަކުން ކަމެއް، އަދި ކޮން ބަޔަކު ކަމެއް ވެސް އަހަރީ ރިޕޯޓުގައި ފާހަގަ ކޮށްފައެއް ނުވެއެވެ. އޭސީސީން ޕީޖީއަށް ދައުވާ ކުރަން މިދިޔަ އަހަރު ފޮނުވި 12 މައްސަލައަކީ ކޮން އަހަރެއްގައި ހިންގާފައިވާ ކޮރަޕްޝަންގެ އަމަލުތަކެއްކަން ވެސް އެ ރިޕޯޓުގައި ފާހަގަ ކޮށްފައެއް ވެސް ނުވެއެވެ. އަދި އެ މައްސަލަތަކުގައި ޝާމިލުވާ 23 މީހުންގެ ވަނަވަރެއް ވެސް އޭސީސީއަކުން ހާމަކޮށްފައެއް ނުވެއެވެ.

އޭސީސީން ރިޕޯޓުން ދައްކާ ގޮތުން ސަރުކާރު ހިއްސާވާ ތަންތަނުގެ ތެރެއިން ކޮރަޕްޝަން މައްސަލަތައް އެންމެ ގިނައީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގައެވެ. ކޮރަޕްޝަންގެ މައްސަލަތަކާ ގުޅިގެން ކަންކަން އިސްލާހުކުރަން އެންމެ ގިނައިން އަންގާފައި ވަނީ އެޑިއުކޭޝަން މިނިސްޓްރީއަށެވެ. ދެ ވަނަ އަށް ހެލްތު މިިނިސްޓްރީއަށެވެ.

އެކަށީގެންވާ ކާފީ ހެކި ހުރި ކަމަށް އޭސީސީއަށް ފެންނާތީ، 1.3 ބިލިއަން ރުފިޔާ ދައުލަތަށް ލިބެންޖެހޭ ކަމަށް ބަލައި، 12 މައްސަލަައެއް ޕީޖީއަށް ފޮނުވާފައިވާއިރު، އެ ކޮމިޝަނުން ތަހުގީގު ނުނިންމާ 1311 މައްސަލަ އަދި އެބައޮތެވެ. އެ މައްސަލަތަކުގެ ތަހުގީގު ނިންމައި ދައުވާ ކުރަން ފޮނުވުމުން، ދައުލަތަށް ލިބެންޖެހޭ ފައިސާގެ މިންވަރު އަންދާޒާކޮށްލާށެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް