Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ބާސެލޯނާ

ޗެލްސީއާ ދެކޮޅަށް އިނިއެސްޓާއަށް ކުޅެވޭނެ ކަމާ މެދު ސުވާލު އުފެދިއްޖެ

އިނިއެސްޓާއަށް އަނިޔާވީ އެޓްލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗުގައި

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 10 މާރިޗު 2018 | ހޮނިހިރު 14:30
އިނިއެސްޓާއަށް އަނިޔާވެފައި

އިނިއެސްޓާއަށް އަނިޔާވެފައި

ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ޗެލްސީއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅޭ ދެވަނަ ލެގުގެ މެޗުގައި ބާސެލޯނާގެ ކެޕްޓަން އަންދްރޭސް އިނިއެސްޓާއަށް ކުޅެވޭނެ ކަމާމެދު ސުވާލު އުފެދިއްޖެއެވެ.

މިދިޔަ ހޮނިހިރު ދުވަހު އެޓްލެޓިކޯއާ ދެކޮޅަށް ބާސާ ކުޅުނު މެޗުގެ ފުރަަމަ ހާފުގެ މެދުތެރެ އިން އިނިއެސްޓާ ވަނީ އަނިޔާވެގެން ބާލާފައެވެ. ބާސާގެ ޑޮކްޓަރުންނާ ހަވާލާދީ އެ ކްލަބުން ބުނެފައި ވަނީ އިނިއެސްޓާގެ ފަލަމަސްގަނޑަށް އަނިޔާވެފައިވާ ކަމަށެވެ. ހަމައެހެންމެ މި ހަފްތާގެ ހޮނިހިރު ދުވަހުގެ ރޭ ސްޕެނިޝް ލީގުގައި މަލާގާއާ ދެކޮޅަށް ކުޅޭ މެޗުގައި ވެސް އޭނާއަށް ނުކުޅެވޭނެއެވެ. ހަމައެހެންމެ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ޗެލްސީއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅޭ ދެވަނަ ލެގުގެ މެޗުގައި އޭނާއަށް ކުޅެވޭނެ ކަމާމެދު ވެސް ވަނީ ޝައްކު އުފެދިފައެވެ. މި ދެ ޓީމު ޗެލްސީގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗު ނިމިފައި ވަނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.

މަލާގާއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ބާސާގެ ކޯޗު އާނެސްޓޯ ވަލްވާޑޭ ބުނީ އިނިއެސްޓާ ފަރިތަކުރަމުންދަނީ އެހެން ކުޅުންތެރިންނާއި ވަކިން ކަމަށާއި ދެވަނަ ލެގުގެ މެޗުގައި އޭނާއަށް ކުޅެވޭނެ ކަމާމެދު ޝައްކު އުފެދިފައިވާ ކަމަށެވެ. ހަމައެހެންމެ އިނިއެސްޓާއަކީ ވަރަށް މުހިންމު ކުޅުންތެރިޔެއް ކަމަށާއި އެހެން ނަމަވެސް އެ މަގާމުގެ ޒިންމާތައް އަދާކުރެވޭނެ އެހެން ކުޅުންތެރިން ސްކޮޑުގައި އެބަތިބި ކަމަށް ވެސް ވަލްވާޑޭ ބުނެފައިވެއެވެ. އެގޮތުން އޭނާ ބުނީ ޑެނިސް ސުއަރޭޒް އާއި ފިލިޕޭ ކުޓީނިއޯ އަދި އަންދްރޭ ގޮމޭޒް އަކީ އިނިއެސްޓާގެ މަގާމަށް ކުޅުމުގެ ހުނަރާއި ގާބިލުކަން ލިބިފައިވާ ކުޅުންތެރިން ކަމަށް ވެސް ވަލްވާޑޭ ބުނެފައިވެއެވެ.

އިނިއެސްޓާގެ މަގާމު ބާސާގެ ފުރަތަމަ އެގާރާގައި ފުރުމުގެ ފުރުސަތު ޒުވާން ފޯވާޑް އުސްމާން ޑެމްބެލޭ އަށް ވެސް އެބައޮތެވެ. ޑެމްބެލޭއާ ގުޅޭގޮތުން ވަލްވާޑޭ ބުނީ އޭނާގެ ފަރާތުން ވަރަށް ބޮޑު އުއްމީދުތަކެއް ކުރާ ކަމަށާއި އެނާއަށް މެޗު ކުޅެން ފުރުސަތު ލިބުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. ޑެމްބެލޭއަކީ ކުޅުންތެރިންގެ ކައިރިން ނެއްޓުމުގެ ހުނަރު ލިބިފައިވާ ކުޅުންތެރިޔެއްކަން ފާހަގަކުރަމުން ވަލްވާޑޭ ބުނީ ތަޖުރިބާ ލިބޭ މިންވަރަކުން އޭނާގެ ފަރާތުން ފެންނަ ކުޅުމުގެ ފެންވަރު މަތިވާނެ ކަމާމެދު އެއްވެސް ޝައްކެއް ނެތް ކަމަށެވެ.

ޗެލްސީގެ މެޗުގެ ކުރިން އިނިސްޓާގެ އިތުރުން ބާސާގެ ޑިފެންސްގެ މައި ތަނބު ކަމަށްވާ ޖެރާޑް ޕީކޭއަށް ވެސް ނުކުޅެވޭނެ ކަމުގެ ބިރު ވަނީ ހީވެފައެވެ. އެކަމާއި ގުޅޭގޮތުން ވާހަކަ ދައްކަމުން ވަލްވާޑޭ ބުނީ ޕީކޭގެ އަނިޔާއަކީ މާ ބޮޑު އަނިޔާއެއް ކަމަށް ނުބެލެވޭ ކަމަށާއި އޭނާއަށް މެޗުގައި ކުޅެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ.

ޗެލްސީ އަދި ބާސެލޯނާ ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު އޮންނާނީ އަންނަ ހަފްތާގެ ބުދަ ދުވަހުގެ ރެޔެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޝައިހް ކަމާލް ކަޕް: ބަންގަލަދޭޝް ލީގް ޗެމްޕިއަން ބަލިކޮށް ޓީސީއަށް އުންމީދީ ފެށުމެއް

ޝައިހް ކަމާލް ކަޕް: ބަންގަލަދޭޝް ލީގް ޗެމްޕިއަން ބަލިކޮށް ޓީސީއަށް އުންމީދީ ފެށުމެއް

18 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕްގައި ވާދަކުރުމަށް ޓީސީ ބަންގްލަދޭޝް އަށް ފުރައިފި

ޝައިހް ކަމާލް ކަޕްގައި ވާދަކުރުމަށް ޓީސީ ބަންގްލަދޭޝް އަށް ފުރައިފި

15 ފެބުރުއަރީ 2017
ސުޒޭން އެނބުރި ވިކްޓްރީގެ ކޯޗުކަމާ ހަވާލުވެއްޖެ

ސުޒޭން އެނބުރި ވިކްޓްރީގެ ކޯޗުކަމާ ހަވާލުވެއްޖެ

15 ފެބުރުއަރީ 2017
މާޒިޔާއާ ދެކޮޅަށް ނިކުންނާނީ ނެގެންހުރި ހަތިޔާރެއް ނަގައިގެން:ފެސްކޯ

މާޒިޔާއާ ދެކޮޅަށް ނިކުންނާނީ ނެގެންހުރި ހަތިޔާރެއް ނަގައިގެން:ފެސްކޯ

15 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕްގެ ގުރު ނަގައިފި، ޓީސީ ވަރުގަދަ ގްރޫޕެއްގައި

ޝައިހް ކަމާލް ކަޕްގެ ގުރު ނަގައިފި، ޓީސީ ވަރުގަދަ ގްރޫޕެއްގައި

14 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

4 މެއި
މަސްވެރިކަމުގެ ސިނާއަތް 2024 ގައި 48.4 އިންސައްތަ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މަސްވެރިކަމުގެ ސިނާއަތް 2024 ގައި 48.4 އިންސައްތަ ދަށަށް ހިނގައްޖެ

ރާއްޖެޓީވީއަށް ސަރުކާރުގެ ކުންފުނިތަކުން ދެމުންއައި ހުރިހާ ސްޕޮންސަރތައް ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖެޓީވީއަށް ސަރުކާރުގެ ކުންފުނިތަކުން ދެމުންއައި ހުރިހާ ސްޕޮންސަރތައް ކަނޑާލައިފި

ކެޕްޓަން ރަޝީދު: " އަޅުގަނޑުމެންނަށް ބޯޓު ނުޖައްސައި ފަރުޖެހޭކަށް ނެތް، ފިއުލްއެއްވެސް، ދާނެ ތަނެއްވެސް ނެތް"
20233 އަހަރު ކުރިން
ރިޕޯޓު

ކެޕްޓަން ރަޝީދު: " އަޅުގަނޑުމެންނަށް ބޯޓު ނުޖައްސައި ފަރުޖެހޭކަށް ނެތް، ފިއުލްއެއްވެސް، ދާނެ ތަނެއްވެސް ނެތް"

ބީޖީ ގަރާޖު ސަރަޙައްދުގައި މަރުވެފައި އޮތް މީހާއަކީ ކާކުކަން ދެނެގަނެފި
20224 އަހަރު ކުރިން
ރާއްޖެ

ބީޖީ ގަރާޖު ސަރަޙައްދުގައި މަރުވެފައި އޮތް މީހާއަކީ ކާކުކަން ދެނެގަނެފި

މަލިކު އިސްބަޣޫލު ފަނި ބުއިންތަ؟ މިއޮތީ ވަރަށް ތަފާތު ރެސިޕީއެއް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

މަލިކު އިސްބަޣޫލު ފަނި ބުއިންތަ؟ މިއޮތީ ވަރަށް ތަފާތު ރެސިޕީއެއް

ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުން- ވަޅުދިޔަ ހިއްކަން ފޭބީ ޑެޕިއުޓީ މިނިސްޓަރު
20197 އަހަރު ކުރިން
ރާއްޖެ

ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުން- ވަޅުދިޔަ ހިއްކަން ފޭބީ ޑެޕިއުޓީ މިނިސްޓަރު

ސައުދީގައި ފައްޅި އަޅަން ވެޓިކަން އާއިއެކު އެއްބަސްވެއްޖެ
20188 އަހަރު ކުރިން
ދުނިޔެ

ސައުދީގައި ފައްޅި އަޅަން ވެޓިކަން އާއިއެކު އެއްބަސްވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު