Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރައީސް ޔާމީން

ސަރުކާރުގައި މަރުތަޅު އެޅިފައި! ނެއްޓޭނެ ގޮތެއް ނެތް!

ބައިނަލްއަގުވާމީ ފަރާތްތަކުގެ ފިއްތުންތައް އިންތިހާ އަށް ބޮޑު

އަލީ ޔޫސުފް
އަލީ ޔޫސުފް, ރާއްޖެ އެމްވީ | 9 މާރިޗު 2018 | ހުކުރު 11:07
ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒުކުރުމަށް ގޮވާލައި މުޒާހަރާކުރާ މީހުން ހުއްޓުވުމަށް ފުލުހުން މަގުމަތީގައި ހަރަކާތްތެރިވަނީ

ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒުކުރުމަށް ގޮވާލައި މުޒާހަރާކުރާ މީހުން ހުއްޓުވުމަށް ފުލުހުން މަގުމަތީގައި ހަރަކާތްތެރިވަނީ

އާ ގާނޫނޫ އަސާސީއެއް އެކުލަވާލައި ދައުލަތުގެ ތިން ބާރު ވަކިކޮށްފައި ވަނީ އެއް ބާރުން އަނެއް ބާރުގެ މައްޗަށް ނުފޫޒު ނުފޯރުވޭނެ ފަދަ ގޮތަކަށެވެ. ކޮންމެ ބާރެއް ވެސް އެއީ މިނިވަން މުސްތަގިއްލު ބާރެއްގެ ގޮތުގައެވެ. ގާނޫނުއަސާސީން ރާއްޖޭގެ ވެރިކަމުގެ ނިޒާމު ރާވާފައި ވަނީ މިނޫން އެއްވެސް ހާލަތެއް މެދުވެރިވެއްޖެ ނަމަ ދައުލަތުގައި މަރުތަޅު އެޅުވޭނެ ފަދަ ގޮތަކަށެވެ. މިއަދު މިވަނީ އެފަދަ ހާލަތެއް މެދުވެރިވެފައެވެ. ދައުލަތުގެ ބާރުތައް މަސްހުނިވެ މަރުތަޅު އެޅުވިފައެވެ.

ވެރިކަން ކުރާ ބާރުން ދައުލަތުގެ އަނެއް ދެ ބާރު ކަމަށްވާ އަދުލު އިންސާފު ގާއިމުކުރުމުގެ ބާރާއި ގާނޫނު ހެދުމުގެ ބާރު ވަނީ ހިސާރު ކޮށްފައެވެ. ގާނޫނުން ލިބިނުދޭ ބާރުތަކެއްގެ ބޭނުން ހިފައިގެންނެވެ. ވަކި ހާލަތެއް މެދުވެރިވެގެން ނޫނީ ބޭނުން ނުކުރެވޭނެ ކަމަށް ގާނޫނުއަސާސީގައި ބުނެފައިވާ ބާރުތައް އެފަދަ އެއްވެސް ހާލަތެއް މެދުވެރި ނުވަނީސް، ވެރިކަމުގެ ބާރުގެ ރައްކާތެރިކަމަށްޓަކައި އަނެއް ދެ ބާރުގެ މައްޗަށް ވެރިވެގަތުމުގެ ނަތީޖާއަކަށް ވެފައި ވަނީ ދައުލަތުގައި ބުރަކި ޖެހުމެވެ.

ކުއްލި ނުރައްކަލުގެ ހާލަތަކީ ވެރިކަމުގެ ބާރަށް މުތުލަގަށް ގާނޫނުއަސާސީން ދީފައި އޮތް ބާރެއް ނޫނެވެ. އެއީ ވެރިކަމުގެ ބާރުގެ ހިމާޔަތަށް ވެސް ދީފައި އޮތް ބާރެއް ނޫނެވެ. އެއީ މުޅި ގައުމުގެ މަސްލަހަތާ ގުޅުން ހުރި ކަންކަމުގައި ގައުމުގެ ދިފާއުގައި ބޭނުންކުރަން އޮތް ބާރެކެވެ. އެ ބާރުގެ ބޭނުން ހިފޭނެ ހާލަތްތައް ގާނޫނުއަސާސީގައި ވަރަށް ޞަރީހަ އިބާރާތުން ލިޔެ ބަޔާންކޮށްފައި އެބަ އޮތެވެ.

"ޤުދްރަތީ ކާރިޘާއެއް، ނުވަތަ ނުރައްކާތެރި ބަލިމަޑުކަމެއް، ނުވަތަ ހަނގުރާމައެއް، ނުވަތަ ޤައުމީ ސަލާމަތަށް ނުރައްކާވެދާނެ ފަދަ ކަމެއް ކުރިމަތިވެއްޖެ ނަމަ ނުވަތަ ބޭރުގެ ޙަމަލައެއް ކުރި މަތި ވެދާނެކަމުގެ ބިރު ހީވެއްޖެ ނަމަ ދިވެހި ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި ، ނުވަތަ ކަނޑައެޅޭ ވަކި ސަރަޙައްދެއްގައި ނުވަތަ ސަރަޙައްދުތަކެއްގައި ތިރީސް ދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށް ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވެއެވެ."

ނަމަވެސް ރާއްޖޭގައި މިހާރު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފައިވާއިރު ގާނޫނުއަސާސީގެ 253 ވަނަ މާއްދާގައި އެ ބުނާ އެއްވެސް ހާލަތެއް ކުރިމަތިވެފައެއް ނުވެއެވެ. ކިރިޔާ ވެސް ފެއްތެން އޮތް ގޮޅިއަކީ ގައުމީ ސަލާމަތަށް ނުރައްކާވާ ހާލަތައް ކުރިމަތިވުމެވެ. ނަވެސް ބުއްދި ސަލާމަތުން ހުރި ކޮންމެ މީހަކަށްވެސް ވިސްނޭނެ ފަދައިން ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ނުވަތަ ބޭރުގެ ހަމަލާއެއް ކުރިމަތިވެދާނެ ކަމުގެ ބިރެއް މިދަނޑިވަޅަކު ނެތެވެ. ހަމައެކަނި އޮތް ބިރަކީ ވެރިކަމުގައި މިގަތު ހުންނެވި އަބްދުﷲ ޔާމީނަށް އޮތް ބިރެވެ. ގުޅިފައިވާ ބޮޑު ކޯލީޝަނަކުން ދަނީ ގާނޫނީ ހަމަތަކުގެ ތެރެއިން އެމަނިކުފާނު ވެރިކަމުން ދުރުކުރުމަށް މަސައްކަތް ކުރަމުންނެވެ.

ދިމާވެގެން އުޅޭ ކާރިޘާއަކީ މީގެ ކުރިން ރައީސް ޔާމީނަށް ބޯލަނބަމުން އައި އަނެއް ދެ ބާރު އަތްދަށުން ދޫވުމެވެ. ގާނޫނުހަދާ މަޖިލީހުގެ މެޖޯރިޓީ ގެއްލުމެވެ. އަދުލު އިންސާފު ގާއިމުކުރުމުގެ ބޭރުގެ ތެރޭގައި އޮތް ރައީސް ޔާމީނުގެ ނުފޫޒު ގެއްލި މިނިވަންކަމާ އެކު މަސައްކަތްކުރުމުގެ ރޫހު ޝަރުއީ ދާއިރާގައި ގަދަވުމެވެ. އެހެންކަމުން އެ ބާރު ކޮންޓްރޯލް ކުރުމަށްޓަކައި އޮތް ހަމައެކަނި ހަތިޔާރަކީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުން ކަމަށް ރައީސް ޔާމީނަށް ގަބޫލު ކުރެއްވުނީއެވެ. ނަމަވެސް އެގޮތުގައި ދެމިހުންނަވާނީ ކިހިނަކުން ހެއްޔެވެ؟

ކުއްލި ނުރައްކަލުގެ ހާލަތަކީ ގައުމެއްގެ ހަޔާތުގައި ކުރިމަތިވާނެ އެންމެ ބަދުނަސީބު ހާލަތެވެ. ގާނޫނުއަސާސީގައި ބުނާ ފަދަ ހާލަތެއް މެދުވެރިވެގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރަންޖެހިއްޖެ ނަމަ ގައުމަށް ލިބޭ ގެއްލުމުގައި އެހީވެދޭނެ އެތައް ބަޔަކު ތިބޭނެއެވެ. މިސާލަކަށް ގުދުރަތީ ކާރިޘާއެއްގައި ނަމަ ބޭރުގެ އެހީ އޮހޭނެއެވެ. ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ކަމެއް ހިނގި ނަމަ ބޭރުގެ ދައުލަތްތަކުގެ ހަމްދަރުދީ ލިބުނީހެވެ. ބޭރުގެ ބައެއްގެ ހަމަލާއެއް އަމާޒުވެއްޖެ ނަމަ އެކަމާ ދެކޮޅަށް އދ. އާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކާއި އަދި އެފަދަ ކަންކަމާ ދެކޮޅު ގައުމުތަކުން ރާއްޖެ އަށް އެހީވާނެކަން ކަށަވަރެވެ. ނަމަވެސް ގާނޫނުއަސާސީގައި ބުނެފައި އެވާ ފަދަ ހާލަތެއް މެދުވެރި ނުވަނީސް ހަމައެކަނި ސިޔާސީ ބޭނުމަކަށްޓަކައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ވެރިކަން ދިފާއުކުރުމަށްޓަކައި މަސައްކަތްކުރުމުން ވާނެ ހައެތި މިހާރު މިއޮތީ ވެފައެވެ. މުޅި ދުނިޔޭގެ މަލާމާތާއި ފުރައްސާރަ ދަނީ ލިބެމުންނެވެ. އޭގެ ގެއްލުން އިންތިހާއެވެ. އެހީވުމުގެ ބަދަލުގައި އިންތިހާ އަށް ފިއްތުންތައް ކުރިމަތިކުރުވަނީއެވެ.

މިހާރު އޮތް ސުވާލަކީ މިގޮތުގައި އޮވެވޭނީ ކިހާ ދުވަހަކު ހެއްޔެވެ؟ ނުވަތަ މިކަމުން ސަލާމަތްވާނެ މަގަކީ ކޮބައި ހެއްޔެވެ؟

ގާނޫނު ހަދާ ބާރާއި އަދުލު އިންސާފު ގާއިމުކުރުމުގެ ބާރު ކޮންޓްރޯލް ކުރުމަށް ހިންގާފައިވާ ކުއްލި ނުރައްކަލުގެ ހާލަތުން އަރައިގަތުމަށް ވެރިކަމުގެ ބާރުން މަސައްކަތް ކުރާތަނެއް ނުފެނެއެވެ. ނުވަތަ މިހާލަތުން ސަލަމާތްވާނެ ގޮތެއް މި ސަރުކާރަކަށް ނުހޯދުނެވެ. އޭގެ ބަދަލުގައި އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން ބެދެނީ އިތުރު މަޅިތަކެވެ. އޮޅުންބޮޅުންވެ ގޮށްޖެހި އެންމެ ފަހުން މަރުތަޅު އެޅުވެނީއެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމަށް ގުޅިފައިވާ ޕާޓީތަކާއި އެ ހާލަތުގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ތަހައްމަލު ކުރަމުންދާ ޓުއަރިޒަމް އިންޑަސްޓްރީގެ އިތުރުން ބައިނަލްއަގުވާމީ ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ. އިތުރަށް ދިގު ދައްމައިފި ނަމަ ވިޔަފާރިވެރިން ވެސް އަދި ބައިނަލްއަގުވާމީ ފަރާތްތަކުން ވެސް މަޑަކުން ނުތިބޭނެކަން ކަށަވަރެވެ.

ނަމަވެސް މި ހާލަތު އުވާލައިގެން ވެސް ސަރުކާރަށް ހިންދަމާލެވޭކަށް ނެތެވެ. އެހެން ނޫން ނަމަ މިފަދަ ބޮޑު ރިސްކެއް ނަގައިގެން އަދި އެހާ ބޮޑު ފިއްތުތަކެއްގެ ތެރޭގައި ކުއްލި ނުރައްކަލުގެ ހާލަތު ދެމެހެއްޓުމުގެ އެއްވެސް ބޭނުމެއް އޮތް ކަމަކަށް ނުފެނެއެވެ. މި ހާލަތު އުވާލައިފި ނަމަ ބަންދުކޮށްފައިވާ ފަރާތްތައް ދޫކޮށްލަން ސަރުކާރަށް މަޖުބޫރުވާނެއެވެ. އޭގެ ތެރޭގައި އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ އިތުރުން ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމާއި މަޖިލީހުގެ ނުފޫޒުގަދަ މެންބަރުންތަކެއް ހިމެނިވަޑައިގަންނަވައެވެ. ކުއްލި ހާލަތު އުވާލައިފި ނަމަ އެ ބޭފުޅުން ބަންދުގައި ބޭތިއްބުމަށް ސަރުކާރަށް އޮންނާނެ ހަމައެކަނި މަގަކީ ކްރިމިނަލް ކޯޓަށް ދިއުމެވެ. ނަމަވެސް ޝަރުއީ ދާއިރާގެ ލަގަން ސަރުކާރަށް ގެއްލިފައިވުމާއި އިންސާރުވެރިކަމާ އެކު މަސައްކަތްކުރުމުގެ ނިޔަތް ޝަރުއީ ދާއިރާގައި ގަދަވެފައިވުމުން އެއީ ވުން ދުރު ކަމެކެވެ.

ކުއްލި ނުރައްކަލުގެ ހާލަތު ދިގު ދެއްމުމުގެ މައިގަނޑު އެއް ސަބަބަކީ ވެސް ސަރުކާރުން ބޭނުންހާ ގޮތަކަށް މީހުން ބަންދުކޮށްގެން ގެންގުޅުމަށް ކްރިމިނަލް ކޯޓުން ވެސް މުއްދަތު ޖަހައިދީދީ ނުތިބޭނެކަން ސަރުކާރަށް ޔަގީންވުމެވެ. އަނެއްކޮޅުން މިވަގުތު ބަންދުގައިވާ ދެ ފަނޑިޔާރުންގެ ހައްގުގައި ޝަރުއީ ދާއިރާގެ ފަރާތްތައް ވެސް ހައްގު ބަސް ބުނަން ފަށައިފި ނަމަ ސަރުކާރު ހޫނު ފެނަށް ވެއްޓޭނެއެވެ.

ދެވަނަ ސަބަބަކީ މެންބަރުންތަކެއް ދޫކޮށްލައިފި ނަމަ މަޖިލީހުގައި ސަރުކާރުން ބޭނުންހާ އެއްޗެއް ނުހެދުމެވެ. ޝަރުއީ ދާއިރާގެ ލަގަން ގެއްލުނު ފަދައިން މަޖިލީހައި ވެސް ސަރުކާރަށް ފޮޅިއެޅުން ނޫން ކަމެއް ނުވާނެއެވެ. އެހެންކަމުން މިހާރު ސަރުކާރުގައި އެޅުވިފައިވަނީ މަރުތަޅެކޭ ބުނުމުގެ ފުރުސަތު އެބަ އޮތެވެ. މިގޮތުގައި އޮވެގެން ވެސް ސަލާމަތެއް ނެތެވެ. މި ހާލަތު އުވާލައިގެން ވެސް ހިންދެމިލެވޭކަށް ނެތެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގާސިމް: އެންމެން ވެރިކަމަށް ގެންނެވި، މިފަހަރު ރަނގަޅީ ކޮން ގޮތެއް؟

ގާސިމް: އެންމެން ވެރިކަމަށް ގެންނެވި، މިފަހަރު ރަނގަޅީ ކޮން ގޮތެއް؟

20 ޖޫން 2018
ރައީސް ޔާމީނު: ކޮންމެ ގޮތެއް ވަރިހަމަ ވެރިއެއް!

ރައީސް ޔާމީނު: ކޮންމެ ގޮތެއް ވަރިހަމަ ވެރިއެއް!

28 ފެބުރުއަރީ 2018
އެމްޑީޕީ އިން ރައީސް ނަޝީދު، ޖޭޕީ އިން ގާސިމް: އިދިކޮޅު ޕާޓީތަކަށް ގޮތެއް ނިންމޭނީ ކޮން އިރަކުން؟

އެމްޑީޕީ އިން ރައީސް ނަޝީދު، ޖޭޕީ އިން ގާސިމް: އިދިކޮޅު ޕާޓީތަކަށް ގޮތެއް ނިންމޭނީ ކޮން އިރަކުން؟

18 ފެބުރުއަރީ 2018
ބާރު އޮތަސް ހިތުހުރި ގޮތެއް ނެހެދޭނެ ވަގުތު އަންނާނެއެވެ.

ބާރު އޮތަސް ހިތުހުރި ގޮތެއް ނެހެދޭނެ ވަގުތު އަންނާނެއެވެ.

28 ޖެނުއަރީ 2018
ދެން އެނޫން ގޮތެއް ނެތިގެން ހާމަކުރި އެއްމިލިއަން ޑޮލަރު!

ދެން އެނޫން ގޮތެއް ނެތިގެން ހާމަކުރި އެއްމިލިއަން ޑޮލަރު!

04 ނޮވެމްބަރު 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު