Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުއްލި ނުރައްކަލުގެ ހާލަތު

40 ފުލުހަކު ހައްޔަރުކުރަން އުޅޭ ވާހަކަ ފުލުހުން ދޮގުކޮށްފި، ހައްޔަރުކުރި މީހުންގެ އަދަދެއް ނުބުނި!

7 މާރިޗު 2018 | ބުދަ 06:27

އެކަން ދޮގުކުރީ އެ ޚަބަރު ޖެހިތާ ކުޑައިރުކޮޅެއްގެ ތެރޭގައި

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 7 މާރިޗު 2018 | ބުދަ 06:27
އެއްވުމުގެ ބައިވެރިން ދުރަށް ޖެއްސުމުގައި އެސްއޯ ފުލުހުން

އެއްވުމުގެ ބައިވެރިން ދުރަށް ޖެއްސުމުގައި އެސްއޯ ފުލުހުން

ސަރުކާރުން އަންގައިގެން ފުލުހުންނަށް ކުރަމުންދާ އަމުރުތަކާ ދެކޮޅު ހަދައި، ޖަދަލު ކުރާ ކަމުގެ ތުހުމަތުގައި 40 ފުލުހަކު ވަޒީފާއިން ވަކިކޮށް، ހައްޔަރުކުރަން އުޅޭ ކަމަށް ބުނި ޚަބަރު ފުލުހުން ދޮގުކޮށްފިއެވެ.

އަށް ފުލުހަކު ހައްޔަރުކޮށް، އިތުރު ފުލުހުންތަކެއް ހައްޔަރު ކުރަން އުޅޭ ޚަބަރު ދޮގުކޮށް، ފުލުހުން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ އެއީ ދޮގު ވާހަކަތަކެއް ކަމަށާއި އެފަދަ ދޮގު މައުލޫމާތު ނުފެތުރުމަށް އިލްތިމާސްކުރާ ކަމަށެވެ.

Advertisement - newsAdvertisement

ނަމަވެސް މުހުތަބަރު މަސްދަރަކުން ރާއްޖެއެމްވީއަށް ބުނި ގޮތުގައި ހައްޔަރު ކުރަން އުޅޭ ފުލުހުންގެ ތެރޭގައި ފުލުހުންގެ މުއައްސަސާގެ ތެރޭގައި އިދާރީ މަސައްކަތް ކުރާ ބައެއް މުވައްޒަފުން ވެސް ހިމެނެއެވެ. އަދި މުޒާހަރާތައް ރޫޅާލުމުގައި އުޅޭ ސްޕެޝަން އޮޕަރޭޝަން (އެސްއޯ)ގެ ފުލުހުންނާއި އޮޕަރޭޝަނަލް ޔުނީފޯމު އެޅި ފުލުހުން ވެސް ހިމެނެއެވެ.

ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށް އެއްބަސްވި ފުލުހުންނާއި އެ އަމުރު ތަންފީޒު ކުރުމަށް އިތުރު ފުލުހުންތަކެއް ވަޒީފާއަށް ނެރުމަށް އެންގި އިސް ފުލުހުންނާ މެދު ބައެއް ފިޔަވަޅުތައް މިހާރު ވަނީ އަޅާފައެވެ. އެގޮތުން ބައެއް ފުލުހުން ވަޒީފާއިން ވަކިކޮށް، ހައްޔަރުކުރަން އުޅޭކަން ވެސް ރާއްޖެޓީވީއަށް ވަނީ އެނގިފައެވެ. މިހާތަނަށް ހައްޔަރުކޮށްފައިވާ ފުލުހުންގެ އަދަދު އަށަކަށް އަރައެވެ.

ފުލުހުންގެ އިސް އޮފިސަރުންގެ އަމުރަށް ފެބްރުއަރީ 1 ގައި ކިޔަމަންވި ބައެއް ފުލުހުން މިހާރު ވަނީ އަތޮޅު ތެރޭގެ ޕޮލިސް ސްޓޭޝަންތަކަށް ބަދަލުކޮށްފަ އެވެ. ބަދަލު ކުރި ފުލުހުންގެ ތެރޭގައި ގިނަ އަދަދަކަށް އެސްއޯ ފުލުހުން ހިމެނެއެވެ.

ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި މުޒާހަރާތައް ރޫޅާލުމުގައި އެސްއޯ ފުލުހުން ނެރުމުގެ ބަދަލުގައި އޮޕަރޭޝަނަލް ޔުނީފޯމް އެޅި ފުލުހުން ދަނީ ތަމްރީނު ކުރަމުންނެވެ. އެސްއޯ ފުލުހުންނާ މެދު ސަރުކާރުގެ އިތުބާރު ކުޑަވެ، އެ ޕްލެޓޫންނުން ގިނަ އަދަދެއްގެ ފުލުހުން އެކަހެރިކޮށް، އާ ބަޔަކު ވަނީ ވައްދާފައެވެ. އާ ފުލުހުންތަކެއް، އެސްއޯއަށް ވެއްދީ ކުރު މުއްދަތެއްގެ ތަމްރީނުތަކަކަށް ފަހުއެވެ.

އެ ޚަބަރު ފުލުހުން ދޮގު ކުރި ނަމަވެސް މިހާތަނަށް ފުލުހުން ހައްޔަރުކުރީ ކިތައް ފުލުހުން ކަމެއް ހާމަކޮށްފައެއް ނުވެއެވެ. އަދި އެ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ވެސް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

19 ޖެނުއަރީ 2017

ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

19 ޖެނުއަރީ 2017
ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި
19 ޖެނުއަރީ 2017

ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ

19 ޖެނުއަރީ 2017
ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ
16 ޖެނުއަރީ 2017

ރީނދޫ ހުން އުޅޭ ޤައުމުތަކަށް ދަތުރު ކުރުމުގައި ސަމާލުވުމަށް އަންގައިފި

16 ޖެނުއަރީ 2017
ރީނދޫ ހުން އުޅޭ ޤައުމުތަކަށް ދަތުރު ކުރުމުގައި ސަމާލުވުމަށް އަންގައިފި
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
13 ޖެނުއަރީ 2017

އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި

13 ޖެނުއަރީ 2017
އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި
13 ޖެނުއަރީ 2017

ހުވަދޫ ކަނޑުން ސަބްރިންއެއް ފެނިގެން އުޅޭ ކަމަށް ބުނެ ފަތުރާ ޚަބަރަކީ ދޮގެއް: އެންއެންޑީއެފް

13 ޖެނުއަރީ 2017
ހުވަދޫ ކަނޑުން ސަބްރިންއެއް ފެނިގެން އުޅޭ ކަމަށް ބުނެ ފަތުރާ ޚަބަރަކީ ދޮގެއް: އެންއެންޑީއެފް
12 ޖެނުއަރީ 2017

ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި

12 ޖެނުއަރީ 2017
ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި
11 ޖެނުއަރީ 2017

ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް

11 ޖެނުއަރީ 2017
ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް
10 ޖެނުއަރީ 2017

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

10 ޖެނުއަރީ 2017
ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން
07 ޖެނުއަރީ 2017

މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް

07 ޖެނުއަރީ 2017
މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް