Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ރެޑްވޭވްގެ މެގަ މޯލް

ރެޑްވޭވްގެ މެގަ މޯލް ހުޅުމާލޭގައި ހުޅުވަނީ

މިއީ ރާއްޖޭގައި ހުޅުވާ އެންމެ ބޮޑު މޯލް

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 22 ފެބުރުއަރީ 2018 | ބުރާސްފަތި 17:10
ރެޑްވޭވްގެ ޖެނަރަލް މެނޭޖަރު އިބްރާހިމް ޝުޖާއު ރެޑްވޭވްގެ އާ ފިހާރަ ހުޅުއްވައިދެއްވަނީ

ރެޑްވޭވްގެ ޖެނަރަލް މެނޭޖަރު އިބްރާހިމް ޝުޖާއު ރެޑްވޭވްގެ އާ ފިހާރަ ހުޅުއްވައިދެއްވަނީ

ރާއްޖޭގައި ރިޓެއިލް ވިޔަފާރީގައި އެންމެ ބޮޑު އެއް ބްރޭންޑް ކަމަށްވާ ރެޑްވޭވް އިން ވަރަށް އަވަހަށް ހުޅުމާލޭގައި މެގަ މޯލްއެއް ހުޅުވާނެ ކަމަށް އެފަރާތުން ބުނެފިއެވެ.

ރެޑްވޭވްގެ ފަރުނީޗަރު ފިހާރަ "ރެޑްވޭވް ލިވިންގް" ފިހާރަ ހުޅުވައިދެއްވަމަށް ފަހު ޖެނަރަލް މެނޭޖަރު އިބްރާހިމް ޝުޖާއު ވިދާޅުވީ މިއީ ދިވެހިރާއްޖޭގައި ތާރީހުގައި ހުޅުވިގެންދާނެ އެންމެ ބޮޑު އެއް މޯލް ކަމަށާއި މި މޯލް ހުޅުވާއިރު އެންމެ ބޮޑަށް ފޯކަސްކުރަނީ އެ ތަނުގައި ހަދާ ސުޕްމާޓަށް ކަމަށެވެ.

މެގަ މޯލްއަކީ ހަތަރު ފްލޯގެ މައްޗަށް އެކުލެވިގެންވާ މޯލްއަކަށްވާއިރު ބަދިގެ ސާމާނަށް ވަކި ހާއްސަ ފްލޯއަކާއި ފަރުނީޗަރަށް ވަކި ހާއްސަ ފްލޯއެއް ހުންނާނެ ކަމަށް ވެސް ރެޑްވޭވް އިން ވަނީ ބުނެފައެވެ.

ޝުޖާއު ވިދާޅުވީ ކުރިއަށް އޮތް ރޯދަ މަހަށް އެތަން ހުޅުވުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ. މިތަނުގެ ސަބަބުން ގޭތެރެއަށް ބޭނުންވާ ހުރިހާ ސާމާނެއް އެއްތަނުން ލިބިގެންދާނެ މަގުފަހިވެގެންދާނެ ކަމަށް ވެސް ޝުޖާއު ވިދާޅުވިއެވެ.

ރެޑްވޭވްއަކީ ގޭތެރެއަށް ބޭނުންވާ ތަފާތު ސާމާނު ވިއްކަމުން އަންނަ އަދި ހަލުވިކަމާ އެކު ކުރިއަރަމުން އަންނަ ކުންފުންޏެކެވެ. ހުޅުމާލޭގައި މިހާރު ވެސް ރެޑްވޭވްގެ ބޮޑު ސުޕަމާޓެއް ހުރެއެވެ.

އިތުރަށް ކިޔާލަން

29 މާރިޗު 2017

ކޮކޫން މޯލްޑިވްސް އިޓަލީގައި ލޯންޗްކޮށްފި

29 މާރިޗު 2017
ކޮކޫން މޯލްޑިވްސް އިޓަލީގައި ލޯންޗްކޮށްފި
28 މާރިޗު 2017

ގްރޭންޑް ޕާރކް ކޮށްދިއްޕަރު މިއަހަރުގެ ތެރޭގައި ހުޅުވަނީ

28 މާރިޗު 2017
ގްރޭންޑް ޕާރކް ކޮށްދިއްޕަރު މިއަހަރުގެ ތެރޭގައި ހުޅުވަނީ
24 މާރިޗު 2017

އުރީދޫގެ ހެޑްކުއަޓަރޒް ހުޅުމާލޭގައި ޤާއިމްކުރަނީ

24 މާރިޗު 2017
އުރީދޫގެ ހެޑްކުއަޓަރޒް ހުޅުމާލޭގައި ޤާއިމްކުރަނީ
22 މާރިޗު 2017

ހޮނޑާފުށި ރިސޯޓް އޭޕްރިލްގައި ހުޅުވަނީ

22 މާރިޗު 2017
ހޮނޑާފުށި ރިސޯޓް އޭޕްރިލްގައި ހުޅުވަނީ
20 މާރިޗު 2017

ދިއްލީއަށް ކުރާ ދަތުރުތައް މެގަ މޯލްޑިވްސް އިން ހުއްޓާލައިފި

20 މާރިޗު 2017
ދިއްލީއަށް ކުރާ ދަތުރުތައް މެގަ މޯލްޑިވްސް އިން ހުއްޓާލައިފި
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު