Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ކަޝްމީރުގެ ހަމަނުޖެހުން

ޙަމަލާތައް އިތުރުވެ، ކަޝްމީރުގެ މަސްރަޙު ހޫނުވެއްޖެ

24 ގަޑިއިރު ތެރޭ 5 މީހަކު މަރުވެފައިވޭ

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު, ރާއްޖެ އެމްވީ | 19 ޖެނުއަރީ 2018 | ހުކުރު 18:01
ހުކުރު ދުވަހުގެ ހަމަލާގައި މަރުވި ކަޝްމީރުގެ އިންޑިއާ މީހެއްގެ ޖަނާޒާގެ ތެރެއިން

ހުކުރު ދުވަހުގެ ހަމަލާގައި މަރުވި ކަޝްމީރުގެ އިންޑިއާ މީހެއްގެ ޖަނާޒާގެ ތެރެއިން

ޕާކިސްތާނު ފަޅިން ކަޝްމީރުގެ އިންޑިއާ ފަޅިއަށް ދިން ބަޑީގެ ޙަމަލާތަކެއްގައި އާއްމުންގެ 2 މީހަކާއި، އިންޑިއާ ސިފައިންގެ އެކަކު މަރުވެއްޖެކަމަށް އިންޑިއާއިން ހުކުރު ދުވަހު ބުނެފިއެވެ.

ކަޝްމީރުގެ ސްޓޭޓް ފުލުހުންގެ ވެރިޔާ ޝެޝް ޕައުލް ވާއިދު މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ހުކުރު ދުވަހު ޕާކިސްތާނު ފަޅިން ދިން ޙަމަލާތަކެއްގައި ކަޝްމީރުގެ އިންޑިއާ ފަޅީގައި ހުރި 52 އަހަރުގެ އަންހެނަކު މަރުވެފައިވާކަމަށެވެ. މީގެ އިތުރުން އިންޑިއާގެ ސަރަހައްދީ ރޮނގުގެ ސަލާމަތީ ކަންކަން ބަލަހައްޓާ ލަޝްކަރުކަމަށްވާ ބޯޑަރ ސެކިއުރިޓީ ފޯސްގެ އޮފިސަރަކުވެސް މި ޙަމަލާތަކުގައި މަރުވިއެވެ. އަދި ބުރާސްފަތި ދުވަހުވެސް މިފަދަ ޙަމަލާތަކެއްގައި އުމުރުން 17 އަހަރުގެ އަންހެން ކުއްޖަކު މަރުވިއެވެ.

މިއީ ކަޝްމީރުގެ ޕާކިސްތާނު ފަޅިން ދިން ޙަމަލާތާކުގައި އިންޑިއާ ފަޅިން 24 ގަޑިއިރު ތެރޭ މަރުވި 5 ވަނަ މީހާއެވެ.

2003ވަނަ އަހަރުން ފެށިގެން ޙަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމެއް ޤާއިމްކޮށްފައިވީނަމަވެސް ދޭތެރެ ދޭތެރެއިން ދެޤައުމުގެ ސިފައިން ބަޑީގެ ޙަމަލާތައް ބަދަލުކުރެއެވެ. އަދި ޕާކިސްތާނުގައި ޙަރަކާތްތެރިވާ ހަނގުރާމަވެރިންވެސް ޕާކިސްތާނު ފަޅިން އިންޑިއާއަށް ޙަމަލާދޭކަމަށާއި، މިޙަމަލާތަކަށް ޕާކިސްތާނުގެ އަސްކަރިއްޔާއިން އެހީތެރިވާކަމަށް އިންޑިއާއިން ތުހުމަތުކުރެއެވެ. އެހެން ނަމަވެސް އިންޑިއާގެ މިތުހުމަތުތައް ޕާކިސްތާނުން ދޮގުކުރެއެވެ.

ހުކުރު ދުވަހުގެ ހެނދުނުން ފަށައިގެން ދެޤައުމުގެ ސިފައިން ގެންދަނީ ވަރުގަދަޔަށް ސަރަހައްދީ ރޮނގު ހުރަސްކޮށް ޙަމަލާ ބަދަލުކުރަމުންނެވެ. އިންޑިއާއިން ތުހުމަތުކުރަނީ މިފަހަރުވެސް ޙަމަލާތައް ފެށީ ޕާކިސްތާނުންކަމަށެވެ.

ނިމިގެންދިޔަ ހަފްތާގެ މެދުތެރެއިން ފެށިގެން ޕާކިސްތާނާއި އިންޑިއާގެ ސިފައިން ގެންދަނީ ކަޝްމީރުގައި ހަމަލާ ބަދަލުކުރަމުންނެވެ.

ކަޝްމީރުގެ ފުރިހަމަ ކޮންޓްރޯލަށް ޕާކިސްތާނާއި އިންޑިއާއިން ދައުވާކުރަމުންދާއިރު، އެސްޓޭޓް އޮތީ މިހާރު ދެޤައުމުގެ މެދުގައި ބަހާލެވިފައެވެ. 1947 ވަނަ އަހަރު އިންޑިއާގެ ކިބައިން ޕާކިސްތާނަށް މިނިވަންކަން ލިބުނުފަހުން ނިއުކްލިއަރ ހަތިޔާރުގެ ޤާބިލްކަން ލިބިގެންވާ މިދެޤައުމުން 3 ހަނގުރާމަކޮށްފައިވެއެވެ. އޭގެ ތެރެއިން 2 ހަނގުރާމަކޮށްފައިވަނީ ކަޝްމީރުގެ މައްސަލައިގައެވެ. 2003ވަނަ އަހަރު ދެޤައުމުގެ މެދުގައި ޙަމަލާ ބަދަލުކުރުން ހުއްޓާލުމުގެ ވަގުތީ އެއްބަސްވުމެއް އެކުލަވާލިނަމަވެސް ކޮންމެ އަހަރަކުވެސް ޙަމަލާ ބަދަލުކުރުމުގެ އެތައް ސަތޭކަ ޙާދިސާއެއް ސަރަހައްދީ ރޮނގުގައި ހިނގައެވެ.

1989ވަނަ އަހަރުން ފެށިގެން ހަތިޔާރު އެޅި ޖަމާޢަތްތަކުން ގެންދަނީ ކަޝްމީރަކީ މިނިވަން ސަރަހައްދަކަށް ނުވަތަ ޕާކިސްތާނުގެ ފުރިހަމަ ކޮންޓްރޯލް ހިނގާ ސަރަހައްދަކަށް ހެދުމަށް މަސައްކަތްކުރަމުންނެވެ. ކަޝްމީރުގެ މައްސަލައިގައި މިހާތަނަށް 70 ހާހެއްހާ މީހުން މަރުވެފައިވާއިރު، އެސަރަހައްދުގައި އިންޑިއާގެ ބައި މިލިއަނެއްހާ ސިފައިން ދާއިމީކޮށް ޤާއިމްވެގެން ތިބެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މުސްލިމުންނަށް ދޭ ހަމަލާތައް އިތުރުވެ ސްރީ ލަންކާގެ ކަރފިއު މުއްދަތު އިތުރުކޮށްފި

މުސްލިމުންނަށް ދޭ ހަމަލާތައް އިތުރުވެ ސްރީ ލަންކާގެ ކަރފިއު މުއްދަތު އިތުރުކޮށްފި

14 މެއި 2019
ފަތުރުވެރިންތަކެއް މިސްކިތެއްގެ ފާރުބުރި މަތީގައި ނެށި މައްސަލަ ހޫނުވެއްޖެ

ފަތުރުވެރިންތަކެއް މިސްކިތެއްގެ ފާރުބުރި މަތީގައި ނެށި މައްސަލަ ހޫނުވެއްޖެ

25 ޖޫން 2018
އިންޑިއާ އިން ކަޝްމީރުގެ އަސްކަރީ އޮޕަރޭޝަން އަލުން ފަށައިފި

އިންޑިއާ އިން ކަޝްމީރުގެ އަސްކަރީ އޮޕަރޭޝަން އަލުން ފަށައިފި

18 ޖޫން 2018
ޒައިނަބްގެ މަރު: ޕާކިސްތާނުގެ ކަސޫރުގައި މުޒާހަރާތައް ހޫނުވެއްޖެ

ޒައިނަބްގެ މަރު: ޕާކިސްތާނުގެ ކަސޫރުގައި މުޒާހަރާތައް ހޫނުވެއްޖެ

11 ޖެނުއަރީ 2018
ކަޝްމީރުގެ އިންޑިއާ އާ ވީ ފަޅިން ދިން ހަމަލާތަކެއްގައި ޕާކިސްތާނުގެ ތިން ސިފައިން މަރުވެފައިވާ ކަމަށް އެގައުމުން ބުނެފި

ކަޝްމީރުގެ އިންޑިއާ އާ ވީ ފަޅިން ދިން ހަމަލާތަކެއްގައި ޕާކިސްތާނުގެ ތިން ސިފައިން މަރުވެފައިވާ ކަމަށް އެގައުމުން ބުނެފި

26 ޑިސެމްބަރު 2017

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު