Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުޑޮން3

ޝާހްގެ "ޑޮން 3" ގެ ޝޫޓިން ފަށާނީ އަންނަ އަހަރު!

މިހާރު ކުރަމުން އަންނަ މަސައްކަތަކީ ފިލްމުގެ ސްކްރިޕްޓް ލިޔުން

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 26 ޑިސެމްބަރު 2017 | އަންގާރަ 05:43
 ބޮލީވޫޑްގެ ފިލްމް "ޑޮން" ގެ ޕޯސްޓަރެއް

ބޮލީވޫޑްގެ ފިލްމް "ޑޮން" ގެ ޕޯސްޓަރެއް

ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބިގެންދިޔަ ބޮލީވުޑްގެ ފިލްމު "ޑޮން" އެންމެ ފުރަތަމަ ސިނަމާތަކަށް އައިސްފައި ވަނީ 2006 ވަނަ އަހަރުއެވެ. އެ އަށް ފަހު "ޑޮން"ގެ ދެވަނަ ފްރަންޗައިޒް "ޑޮން 2" ސިނަމާތަކަށް އައިސްފައި ވަނީ 2011 ވަނަ އަހަރުގައެވެ.

ޝާހުރުކް ޚާން ލީޑް ރޯލުން ފެނިގެންދާ "ޑޮން" ފްރަންޗައިޒްގެ ތިންވަނަ ފިލްމު "ޑޮން 3" ގެ ޝޫޓިން އަންނަ އަހަރު ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް މި ފިލްމުގެ ޕްރޮޑިއުސަރު ރިތޭޝް ސިދުވާނީ ވަނީ ހާމަކޮށްފައެވެ.

އޭނާ ބުނީ "ޑޮން 3" އުފެއްދުމަށް މަސައްކަތް ފަށާފައިވާ ކަމަށާއި ޝޫޓިން ފެށޭނީ އަންނަ އަހަރު ކަމަށެވެ. އޭނާއަކީ "ޑޮން" ފްރަންޗައިޒްގެ ހުރިހާ ފިލްމެއް ޕްރޮޑިއުސްކޮށްފައިވާ ޕްރޮޑިއުސަރެވެ. ރިތޭޝް ބުނީ "ޑޮން 3" ވެގެން ދާނީ ކުރިން ނެރުނު ދެ ފިލްމަށް ވުރެ ހުރިހާ ގޮތަކުން ވެސް ފުރިހަމަވާނެ އަދި ކާމިޔާބު ވާނެ ފިލްމަކަށް ކަމަށެވެ.

ރިތޭޝް މި ފިލްމުގެ މިހާރު ކުރަމުން އަންނަ މަސައްކަތަކީ "ޑޮން 3" ފިލްމުގެ ސްކްރިޕްޓް ލިޔުމެވެ.

ރިތޭޝް ބުނީ "ޑޮން 2" އަކާއި "ޑޮން"އާ ދޭތެރޭ ހަ އަހަރު ވީކަމުގައި ވިއަސް "ޑޮން 3" ނެރުމަށް ފަހު ހަތަރު ވަނަ ފިލްމު ނެރުމަށް މާގިނަ ދުވަހެއް ނުނަގާނެ ކަމަށެވެ.

"ޑޮން" ސިލްސިލާ ފިލްމުތަކަކީ 1978 ވަނަ އަހަރު އަމީތާބް ބައްޗަން ލީޑު ރޯލުން ފެނިގެން ދިޔަ ފިލްމު "ޑޮން" ގެ ރީމޭކިން ފިލްމަކުން ފެށި ސިލްސިލާއެކެވެ.

ދެހާސް ހަވަނަ އަހަރާއި 2011 ވަނަ އަހަރުގައި ނިކުތް "ޑޮން"ގެ ލީޑް ރޯލުތަކުން ފެނިގެން ގޮސްފައި ވަނީ ޝާހުރުކް ޚާންގެ އިތުރުން ޕްރިޔަންކާ ޗޯޕްޅާއެވެ. "ޑޮން 3" އިން ޕްރިޔަންކާ ނުފެންނާނެ ކަމަށް އަޑުތައް ވަނީ ފެތުރިފައެވެ. ޚަބަރުތައް ބުނާ ގޮތުން މިފަހަރު "ޑޮން 3" އިން ޝާހުރުކް ޚާނާ އެކު ފެނިގެން ދާނީ ދީޕިކާ ޕަދުކޯންއެވެ.

"ޑޮން" ފްރަންޗައިޒް ފިލްމު އުފައްދާ ޕްރޮޑަކްޝަން ކޮންޕެނީ އެކްސެލް އެންޓަޓައިންމަންޓުން މި ފިލްމުގެ ޝޫޓިން ފަށާނެ ދުވަހެއް އިއުލާން ކުރާނެ ކަމަށް ރިތޭޝް ވަނީ ބުނެފައެވެ.

އިތުރަށް ކިޔާލަން

02 އެޕްރީލު 2017

ރާއްޖެ ޓީވީގެ "ދަންބައި"ގެ ޝޫޓިން ފަށައިފި

02 އެޕްރީލު 2017
 ރާއްޖެ ޓީވީގެ "ދަންބައި"ގެ ޝޫޓިން ފަށައިފި
26 މާރިޗު 2017

"ޓައިގާ ޒިންދާހޭ" ގެ ޝޫޓިން ނިންމާލުމަށްފަހު ކެޓްރީނާ އެނބުރި މުމްބާއީއަށް!

26 މާރިޗު 2017
"ޓައިގާ ޒިންދާހޭ" ގެ ޝޫޓިން ނިންމާލުމަށްފަހު ކެޓްރީނާ އެނބުރި މުމްބާއީއަށް!
21 ފެބުރުއަރީ 2017

މި ވީޑިއޯ ދުށިންތަ؟ މޭގަނޑު އަނގަޔަށް އަންނަ ވަރުވޭ!

21 ފެބުރުއަރީ 2017
މި ވީޑިއޯ ދުށިންތަ؟ މޭގަނޑު އަނގަޔަށް އަންނަ ވަރުވޭ!
20 ފެބުރުއަރީ 2017

"އިއްތިފާގު"ގެ ރީމޭކިންގެ ޝޫޓިން ފަށައިފި

20 ފެބުރުއަރީ 2017
"އިއްތިފާގު"ގެ ރީމޭކިންގެ ޝޫޓިން ފަށައިފި
19 ފެބުރުއަރީ 2017

ސީޒަން ޑައިރެކްޓު ކުރާ ސިންހަޅަ ފިލްމްމުގެ ޝޫޓިންތައް ނިންމާލާއިފި

19 ފެބުރުއަރީ 2017
ސީޒަން ޑައިރެކްޓު ކުރާ ސިންހަޅަ ފިލްމްމުގެ ޝޫޓިންތައް ނިންމާލާއިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު