Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކްރިސްޓިއާނޯ ރޮނާލްޑޯ

ރޮނާލްޑޯގެ އެހީތެރިކަމާ އެކު ޗިލީގައި ކުޑަކުދިންގެ ހޮސްޕިޓަލެއް އަޅަނީ

މި ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ފެށުމަށް ހަމެޖެހިފައި ވަނީ 2020 ވަނަ އަހަރު

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 20 ޑިސެމްބަރު 2017 | ބުދަ 11:53
ޗެރިޓީ ހަރަކާތަކަށް ފަހު ރޮނާލްޑޯ ކުޑަކުދިންތަކަކާ އެކު ފޮޓޯއަކަށް ހުއްޓިލައިގެން

ޗެރިޓީ ހަރަކާތަކަށް ފަހު ރޮނާލްޑޯ ކުޑަކުދިންތަކަކާ އެކު ފޮޓޯއަކަށް ހުއްޓިލައިގެން

ރެއާލް މެޑްރިޑްއަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯގެ އެހީތެރިކަމާ އެކު ޗިލީގެ ވެރިރަށް ސެންޓިއާގޯގައި ކުޑަކުދިންގެ ހޮސްޕިޓަލެށް އެޅުމަށް ނިންމައިފިއެވެ.

މި ހޮސްޕިޓަލް އެޅުމަށް ރޮނާލްޑޯ ނިންމާފައި ވަނީ އިޓަލީގެ ވިޔަފާރިވެރިއެއް ކަމަށްވާ އަލެސަންދްރޯ ޕްރޯޓޯއާ ގުޅިގެންނެވެ.

ރޮނާލްޑޯގެ ވިޔަފާރިތައް ބަލަހައްޓާ ނިއުޔޯކްގެ ލޯ ފާމެއް ކަމަށްވާ ބްރަފްމަން އެސޯސިއޭޓްސް އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޗިލީގެ ސެންޓިއާގޯގައި އެޅުމަށް ހަމަޖައްސާފައިވާ މި ހޮސްޕިޓަލްގެ އަމަލީ މަސައްކަތް 2020 ވަނަ އަހަރު ފެށޭނެ ކަމަށެވެ. އަދި އޭނާއަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ ގޮތުގައި ގިނަ ބަޔަކު ދެކޭ ކުޅުންތެރިޔާ ކަމަށާއި އެހެންކަމުން ރޮނާލްޑޯއާ އެކު މަސައްކަތް ފެށުމަށް އަލެސަންދްރޯ އެދިފައިވާ ކަމަށެވެ.

ސެންޓިއާގޯގައި އެޅިގެންދާ މި ހޮސްޕިޓަލަކީ ދިގު މުއްދަތަކަށް ރޮނާލްޑޯ ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާ ޕްރޮޖެކްޓެކެވެ. އެގޮތުން މި ޕްރޮޖެކްޓްގެ ދަށުން ދެކުނު އެމެރިކާގެ އެކި ގައުމުތަކުގައި އެކި ފެންވަރުގެ ތަފާތު ހޮސްޕިޓަލް އަޅާނެ ކަމަށް ބްރަފްމަން އެސޯސިއޭޓްސް އިން ބުނެއެވެ.

ރޮނާލްޑޯއަކީ ކުޑަކުދިންގެ ހައްގުގައި ގިނަ މަސައްކަތްކުރާ ކުޅިވަރު ސަހްސިއްޔަތެކެވެ. ހަތަރު ކުދިންގެ ބައްޕައެއްގެ ހައިސިއްޔަތުން އޭނާ ވަނީ މިހާތަނަށް އެތަކެއް މިލިއަން ޑޮލަރެއް ކުޑަކުދިންގެ ހައްގުގައި ހޭދަކޮށްފައެވެ. އޭނާއަކީ ޔުނިސެފް އާއި ވޯލްޑް ވިޝަންގެ އިތުރުން ސޭވް ދަ ޗިލްޑްރެން ފަދަ ޖަމްއިއްޔާގެ އެމްބެސަޑަރެކެވެ. މިފަދަ ޖަމްއިއްޔާތަކުގެ އެމްބެސެޑަރެއްގެ ހައިސިއްޔަތުން އޭނާ އަންނަނީ އެކި ޗެރިޓީ އިވެންޓްތަކުގައި ބައިވެރިވަމުންނެވެ.

ރޮނާލްޑޯ ދަނޑު މަތީގައި ކުރާ މަސައްކަތާ އެއްވަރަށް އޭނާއަކީ ދަނޑުން ބޭރުގައި ވެސް މަސައްކަތްކުރާ ކުޅުންތެރިއެކެވެ. އޭނާ ދަނޑުން ބޭރުގައި ކުރާ މަސައްކަތުގެ ބޮޑު ބައެއް ބިނާވެފައި ވަނީ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމާއި ޗެރިޓީގެ ހަރަކާތްތަކަށެވެ.

މަޝްހޫރު ކުޅިވަރު ވެބްސައިޓް "ބްލީޗާ ރިޕޯޓް" އިން 2016 ވަނަ އަހަރު އާންމުކުރި ދުނިޔޭގެ އެންމެ ޗެރިޓަބަލް އެތުލީޓް ނުވަތަ އެންމެ ގިނައިން ހޭދަކުރާ އެތުލީޓްގެ މަގާމަށް ހޮވިފައި ވަނީ ވެސް ރޮނާލްޑޯއެވެ. އެގޮތުން މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގު ރެއާލްއިން ހޯދުމާ އެކު ލިބުނު 600،000 (ހަ ލައްކަ) ޔޫރޯގެ ބޯނަސް ވެސް އޭނާ ހަދިޔާކުރީ ޗެރިޓީއަކަށެވެ. ހަމައެހެންމެ އުމުރުން 10 އަހަރުގެ ކުއްޖެގެ ސިކުޑީގެ ސާޖަރީ ހެދުމަށް އޭނާ ވަނީ 83،000 (އައްޑިހަ ތިން ހާސް) ޑޮލަރު ހަދިޔާކޮށްފަވެ. އަދި 2011 ވަނަ އަހަރު އެންމެ ގިނަ ލަނޑު ޖަހައިގެން އޭނާއަށް ލިބުނު ރަން ބޫޓު ވިއްކާލުމަށް ފަހު ލިބުނު ފައިސާ ވެސް އޭނާ ހަދިޔާކުރީ ޗެރިޓީއަށެވެ.

ރޮނާލްޑޯއަށް ސަޕޯޓުކުރާ މީހުންގެ އަދަދު އިތުރުވާ މައިގަނޑު އެއް ސަބަބަކީ މިއީ ކަމަށް ގިނަ ބަޔަކު ގަބޫލްކުރެއެވެ. ގިނަ ބަޔަކު އޭނާ ސިފަކުރަނީ ކުޑަކުދިން ދެކެ އިންތިހާ އަށް ލޯބިވާ މީހެއްގެ ގޮތުގައެވެ. އެގޮތުން ދަނޑުމައްޗަށް އަރާއިރު އޭނާއެކު އަރާ ކުޑަކުދިންނާ ހީސަމާސާކޮށް ހަދާ މަންޒަރަކީ މީގެ ކުރިން ވެސް ގިނަ ބައެއް ތައުރީފް އޭނާ އަށް ލިބިގެން ގޮސްފައިވާ ކަމެކެވެ.

އިތުރަށް ކިޔާލަން

18 ޖެނުއަރީ 2017

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

18 ޖެނުއަރީ 2017
ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް
17 ޖެނުއަރީ 2017

މޮޅު ކުޅުންތެރިޔާގެ އެވޯޑާއެކު ހުވަފެން ހަގީގަތަކަށް ވެއްޖެ: ސެންޓޭ

17 ޖެނުއަރީ 2017
މޮޅު ކުޅުންތެރިޔާގެ އެވޯޑާއެކު ހުވަފެން ހަގީގަތަކަށް ވެއްޖެ: ސެންޓޭ
16 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް

16 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް
16 ޖެނުއަރީ 2017

ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

16 ޖެނުއަރީ 2017
ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
15 ޖެނުއަރީ 2017

ސާންތިގެ އިރުޝާދާއެކު އީގަލްސް ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ސާންތިގެ އިރުޝާދާއެކު އީގަލްސް ފަރިތަކުރުންތައް ފަށައިފި
11 ޖެނުއަރީ 2017

ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް

11 ޖެނުއަރީ 2017
ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް
10 ޖެނުއަރީ 2017

ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި

10 ޖެނުއަރީ 2017
ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި
06 ޖެނުއަރީ 2017

ސަތޭކަ ޕަސެންޓް ރެކޯޑަކާއެކު ވީކޭއިން ތިންވަނަ ޑިވިޝަނުގެ ތަށި އުފުލާލައިފި

06 ޖެނުއަރީ 2017
ސަތޭކަ ޕަސެންޓް ރެކޯޑަކާއެކު ވީކޭއިން ތިންވަނަ ޑިވިޝަނުގެ ތަށި އުފުލާލައިފި
04 ޖެނުއަރީ 2017

އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!

04 ޖެނުއަރީ 2017
އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު