Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މޯލްޑިވްސް ފުޓްބޯލް އެވޯޑްސް

އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ސެންޓޭ ދިފާއުކޮށްފި

އެންމެ މޮޅު ގޯލް ޖެހި ކުޅުންތެރިޔަކަށް ދޭ އެވޯޑު ލިބިފައިވަނީ ޓީސީ ސްޕޯޓްސްގެ ފޯވާޑް އިބްރާހިމް މަހުދީއަށް

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 16 ޑިސެމްބަރު 2017 | ހޮނިހިރު 23:17
އަލީ ފާސިރް (ސެންޓޭ) - މިދިޔަ އަހަރުވެސް މި އެވޯޑު ގެންދިޔައީ އޭނާ

އަލީ ފާސިރް (ސެންޓޭ) - މިދިޔަ އަހަރުވެސް މި އެވޯޑު ގެންދިޔައީ އޭނާ

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަދި މޯލްޑިވްސް ފުޓްބޯލް ގުޅިގެން ބޭއްވި މޯލްޑިވްސް ފުޓްބޯލް އެވޯޑްސްގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ޖެހިޖެހިގެން ދެވަނަ ފަހަރަށް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ފޯވާޑް އަލީ ފާސިރް (ސެންޓޭ) ހޯދައިފިއެވެ.

ސެންޓޭ މި މަގާމު ދިފާއުކުރިއިރު އޭނާ ވަނީ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއަށް ދޭ ރަން ބޫޓު ވެސް ޖެހިޖެހިގެން ދެވަނަ ފަހަރަށް ހޯދާފައެވެ. ސެންޓޭ މިފަހަރުގެ ރަން ބޫޓު ގެންދިޔައީ މި ސީޒަނުގައި 24 ލަނޑު ޖަހައިގެންނެވެ. ސެންޓޭ މި ދެ މަގާމު ދިފާއުކުރިއިރު އޭނާވަނީ ނިއުއިން މި ސީޒަނުގައި ތިން ތަށި ހޯދިއިރު އެ ޓީމުގައި މުހިންމު ރޯލެއް އަދާކޮށްފައެވެ.

ނިއުއަށް ޕްރެޒިޑެންޓްސް ކަޕްއާއި އެފްއޭ ކަޕްގެ އިތުރުން އުރީދޫ ދިވެހި ޕްރިމިއާ ލީގު ހޯދައިދިން ސްޕެއިންގެ ކޯޗު އޮސްކާ ބްރޫޒޯންއަށް އަހަރުގެ އެންމެ މޮޅު ކޯޗުގެ މަގާމު ލިބުނުއިރު މި ސީޒަނުގައި ފެނިގެންދިޔަ އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔަކަށް ހޮވިފައިވަނީ ނިއުއަށް ކުޅުނު ސްޕެއިންގެ ފޯވާޑް އެޑްރިއަން ގަލާޑޯއެވެ.

މި ސީޒަނުގައި އަލަށް ތައާރަފް ކުރެވިގެންދިޔަ 'ޖޫލޭ އެވޯޑު' ނުވަތަ އެންމެ މޮޅު ގޯލް ޖެހި ކުޅުންތެރިޔަކަށް ދޭ އެވޯޑު ލިބިފައިވަނީ ޓީސީ ސްޕޯޓްސްގެ ފޯވާޑް އިބްރާހިމް މަހުދީ ހުސައިން (ފޭދޫ އިއްބެ) އަށެވެ. އޭނާ ވަނީ މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކައި 17 ލަނޑު ޖަހާފައެވެ. މި ސީޒަނުގައި އޭނާގެ ފަރާތުން ފެނިގެންދިޔަ ކުޅުމުގެ ސަބަބުން ގައުމީ ޓީމުން ވެސް އޭނާވަނީ ޖާގަ ހޯދާފައެވެ.

އެންމެ މޮޅު ގޯލްކީޕަރުގެ މަގާމު ނިއުގެ ކީޕަރު އިމްރާން މުހައްމަދު (އިންމަ) ހޯދިއިރު، އެންމެ އުއްމީދީ ކުޅުންތެރިޔަކަށް ހޮވިފައިވަނީ ޓީސީ ސްޕޯޓްސް ކްލަބްގެ ފޯވާޑް ނާއިޒް ހަސަން (ދާދު) އެވެ. އެންމެ ވަރުގަދަ ސަޕޯޓެއް ދޭ ޓީމަކަށް ދޭ ސަޕޯޓާސް އެވޯޑު ލިބިފައިވަނީ އއ. މާޅޮސް ޓީމަށެވެ.

މި އެވޯޑު ހަފްލާގެ ހާއްސަ މެހުމާނެއްގެ ގޮތުން ބާސެލޯނާ އަދި ސްޕެއިންގެ ކުރީގެ ޑިފެންޑަރު ކާލެސް ޕުޔޯލް ވަނީ ބައިވެރިވެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މޮޅު ކުޅުންތެރިޔާގެ އެވޯޑާއެކު ހުވަފެން ހަގީގަތަކަށް ވެއްޖެ: ސެންޓޭ

މޮޅު ކުޅުންތެރިޔާގެ އެވޯޑާއެކު ހުވަފެން ހަގީގަތަކަށް ވެއްޖެ: ސެންޓޭ

17 ޖެނުއަރީ 2017
މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ

މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ

17 ޖެނުއަރީ 2017
ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

11 ޖެނުއަރީ 2017
ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

11 ޖެނުއަރީ 2017
އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް

އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް

10 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

19 ޖޫން
"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި
20251 އަހަރު ކުރިން
ދުނިޔެ

"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ
20242 އަހަރު ކުރިން
ރާއްޖެ

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!

ސަޢީދު: އެންމެ ބޭކާރު ވަޒީރު
20188 އަހަރު ކުރިން
ރިޕޯޓު

ސަޢީދު: އެންމެ ބޭކާރު ވަޒީރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު