Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފިލިޕޭ ކުޓީނިއޯ

ކުޓީނިއޯ ހޯދުމަށް ހުށަހެޅި ބިޑުގެ އަގު ބޮޑުކުރަން ބާސާ އިން ނިންމައިފި

16 ޑިސެމްބަރު 2017 | ހޮނިހިރު 14:40

ކުޓީނިއޯ ހޯދުމަށް ބާސާ އިން 145 މިލިއަން ޔޫރޯ ހަރަދުކުރަން ތައްޔާރު

ލީވާން އަލީ
ލީވާން އަލީ | 16 ޑިސެމްބަރު 2017 | ހޮނިހިރު 14:40
ލިވަޕޫލް އަށް ކުޅެމުން އަންނަ ފިލިޕޭ ކުޓީނިއޯ

ލިވަޕޫލް އަށް ކުޅެމުން އަންނަ ފިލިޕޭ ކުޓީނިއޯ

ލިވަޕޫލް އަށް ކުޅެމުން އަންނަ ފިލިޕޭ ކުޓީނިއޯ ހޯދުމަށް ހުށަހެޅި ބިޑު ބޮޑުކުރަން ބާސެލޯނާއިން ނިންމައިފި ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

"މުންޑޯ ޑިޕޯޓިވޯ" އިން ބުނީ ކުރިޔަށް އޮތް ޖެނުއަރީ ޓްރާންސްފާއާ އަމާޒުކޮށް ކުޓީނިއޯ ގެންނަން ބާސާ އިން މަސައްކަތްކުރަމުން އަންނަ ކަމަށާއި، އެގޮތުން އޭނާ ހޯދުމަށް ބާސާ އިން ހުށަހެޅި ބިޑު 145 މިލިއަން ޔޫރޯ އަށް ބޮޑުކުރަން ނިންމާފައިވާ ކަމަށެވެ.

ބާސާ އިން ވަނީ އެކި ފަހަރު މަތިން ކުޓީނިއޯ ހޯދުމަށް ބިޑްކޮށްފައެވެ. އެހެން ނަމަވެސް ލިވަޕޫލް އިން ވަނީ އެ ހުރިހާ ބިޑެއް ވެސް ރިޖެކްޓް ކޮށްފައެވެ.

ރިޕޯޓްތައް ބުނާ ގޮތުން ކުޓީނިއޯގެ މުސާރަ ހަމަޖެއްސުމަށް ތިން ކުޅުންތެރިޔަކު ވިއްކާލަން ނިންމާފައި ވެއެވެ. އޭގެ ތެރޭގައި އަރްދާ ޓުރާން ވެސް ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ބާސާގެ އިތުރުން ގިނަ ކްލަބްތަކުން އަންނަނީ ކުޓީނިއޯ ހޯދުމަށް މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި އިންލޭންޑް، ސްޕެއިން، ޖަރުމަން އަދި ފްރާންސްގެ ކްލަބްތައް ވެސް ހިމެނެއެވެ.

މި ސީޒަނުގެ ކުރީކޮޅު އަނިޔާގެ ސަބަބުން ލިވަޕޫލްގެ ޓީމުން ކުޓީނިއޯއަށް ފުރުސަތު ގެއްލުނު ނަމަވެސް އަނިޔާއިން އެނބުރި އައިސް އޭނާ އަންނަނީ ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން އޭނާ ވަނީ އެ ޓީމަށް މި ސީޒަނުގެ މިހާތަނަށް ކުޅުނު 14 މެޗުގައި ހަ ލަނޑު ޖަހާފައެވެ.

ލިވަޕޫލްއާ އެކު 2022 ވަނަ އަހަރާ ހަމަޔަށް ކޮންޓްރެކްޓް ހަދާފައިވާ ކުޓީނިއޯ އެ ޓީމަށް ބަދަލުވެފައި ވަނީ 2012 ވަނަ އަހަރުއެވެ. އޭނާ ވަނީ އެ ޓީމަށް ބަދަލުވި ފަހުން މިހާތަނަށް އެ ޓީމަށް ކުޅެދިން 195 މެޗުގައި 51 ލަނޑު ޖަހައިދީފައެވެ.

ލިވަޕޫލްގައި އޭނާ މޮޅު ކުޅުމެއް ދައްކަމުން އައި ނަމަވެސް ފުޓްބޯޅައިގެ ދުނިޔޭގެ ނަން މަޝްހޫރު އެތަކެއް ފަރާތްތަކުން އަންނަނީ އޭނާ އެހެން ޓީމަކަށް ބަދަލުވުމަށް ގޮވާލަމުންނެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2017

އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ

03 ފެބުރުއަރީ 2017
އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ
02 ފެބުރުއަރީ 2017

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި

02 ފެބުރުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި
31 ޖެނުއަރީ 2017

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި

31 ޖެނުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި
19 ޖެނުއަރީ 2017

ޓޫރޭ ހޯދުމަށް ޗައިނާ ކްލަބަކުން ހުށަހެޅި ބިޑަށް އޭނާ ނޫނެކޭ ބުނެފި

19 ޖެނުއަރީ 2017
ޓޫރޭ ހޯދުމަށް ޗައިނާ ކްލަބަކުން ހުށަހެޅި ބިޑަށް އޭނާ ނޫނެކޭ ބުނެފި
18 ޖެނުއަރީ 2017

ޑިޕޭ ހޯދުމަށް ލިޔޯން އިން ހުށަހެޅި ބިޑް ޔުނައިޓެޑުން ރިޖެކްޓްކޮށްލައިފި

18 ޖެނުއަރީ 2017
ޑިޕޭ ހޯދުމަށް ލިޔޯން އިން ހުށަހެޅި ބިޑް ޔުނައިޓެޑުން ރިޖެކްޓްކޮށްލައިފި
11 ޖެނުއަރީ 2017

ކުޓީނިއޯ ކުޅުމާމެދު ވަކި ގޮތެއް ނުނިންމަން: ކްލޮޕް

11 ޖެނުއަރީ 2017
ކުޓީނިއޯ ކުޅުމާމެދު ވަކި ގޮތެއް ނުނިންމަން: ކްލޮޕް
04 ޖެނުއަރީ 2017

ކޭން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޕައުންޑު ހުށަހަޅަނީ!

04 ޖެނުއަރީ 2017
ކޭން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޕައުންޑު ހުށަހަޅަނީ!
04 ޖެނުއަރީ 2017

ވިލިއަން ހޯދުމަށް ޔުނައިޓެޑުން މަސައްކަތްކުރަނީ!

04 ޖެނުއަރީ 2017
ވިލިއަން ހޯދުމަށް ޔުނައިޓެޑުން މަސައްކަތްކުރަނީ!
04 ޖެނުއަރީ 2017

ޗައިނާ ކްލަބުން ހުށަހެޅި ބިޑް ސަންޗޭޒް ރިޖެކްޓްކޮށްލައިފި

04 ޖެނުއަރީ 2017
ޗައިނާ ކްލަބުން ހުށަހެޅި ބިޑް ސަންޗޭޒް ރިޖެކްޓްކޮށްލައިފި
04 ޖެނުއަރީ 2017

ވެރާޓީ ހޯދުމަށް ޗެލްސީން 30 މިލިއަން ޕައުންޑު ހުށަހަޅައިފި

04 ޖެނުއަރީ 2017
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް