Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމާރުކޭޓް ގޮޅިތައް

ގޮޅި ހުސްކުރުމަށް އަންގާފައިވަނީ ގޮޅިއަށް ކުލި ހަމައަށް ނުދައްކާ ފަރާތްތަކަށް: ހައުސިންގ މިނިސްޓްރީ

ވަޅޯމަސް މާރުކޭޓާއި ލޯކަލް މާރުކޭޓުގެ ގޮޅިތައް ހުސްކުރުމަށް ވަނީ އަންގާފައި

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 10 ޑިސެމްބަރު 2017 | އާދީއްތަ 16:40
މާރުކޭޓުގެ ގޮޅިއެއް

މާރުކޭޓުގެ ގޮޅިއެއް

މާރުކޭޓުގެ ގޮޅިތައް ހުސް ކުރުމަށް އަންގާފައިވަނީ އޮންނަ އުސޫލުގެ ތެރެއިން ކުލި ނުދައްކާ ފަރާތްތަކާއި ގަވައިދަށް ބޯ ނުލަނބާ ފަރާތްތަކަށް ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި އެވެ.

ހައުސިންގ މިނިސްޓްރީން ބުނީ، ގޮޅިތައް ހަވާލު ކޮށްފައިވަނީ އެގްރީމެންޓް ކުރެވިގެން ވަކި މުއްދަތަކަށް ކަމަށާއި އޮންނަ އުސޫލުގެ ތެރެއިން ގޮޅިތަކަށް ފުރުސަތު ހުޅުވާލި ކަމަށެވެ. އެގޮތުން އެގްރީމެންޓް ހަމަވުމަށް ފަހު، އަލުން ގޮޅިތައް ހިފުމަށް ފުރުސަތު ހުޅުވާލި ކަމަށް ހައުސިންގ މިނިސްޓްރީން ބުނެ އެވެ. އަދި މާކްސް ދީގެން ގޮޅިތަކަށް މީހުން ހޮވާފައިވާ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެ އެވެ. ހައުސިންގ މިނިސްޓްރީން ބުނީ ގޮޅިތައް ހުސްކުރުމަށް އަންގާފައިވަނީ ކުލި ނުދައްކާ ފަރާތްތަކާއި ބިދޭސީން ގެންގުޅޭ ގޮޅިތަކުގެ މީހުންނަށް ކަމަށެވެ. އެފަދަ ފަރާތްތަކަށް ޕޮއިންޓް މަދުން ލިބިފައިވާނެ ކަމަށް ވެސް މިނިސްޓްރީން ހާމަކުރެ އެވެ.

ހައުސިންގ މިނިސްޓްރީން ވަޅޯމަސްމާރުކޭޓާއި ލޯކަލް މާރުކޭޓުގެ ގޮޅިތައް ހިންގާ ފަރާތްތަކަށް ފޮނުވައިފައިވާ އެންގުމުގައި ބުނެފައި ވަނީ، އެ މިނިސްޓްރީން ގޮޅިތައް ހަވާލުކޮށްފައިވާ ފަރާތާއި އެކު ކުރެވިފައިވާ އެގްރީމެންޓްގެ މުއްދަތު ހަމަވެފައިވާ ކަމަށެވެ. އެ މިނިސްޓްރީގެ ހުއްދަނެތި އެއްވެސް ފަރާތެއްގެ މުދަލެއް އެގޮޅިތަކުގައި ބެެހެއްޓުމަކީ މަނާކަމެއް ކަމަށެވެ. އަދި މިހާރު އެއްވެސް މުދަލެއް ހުރިނަމަ، ޑިސެމްބަރު 11 ވާ، ހޯމަ ދުވަހުގެ ކުރިން ގޮޅި ހުސްކުރަންޖެހޭނެ ކަމަށް ބަޔާން ކޮށްފައިވެ އެވެ.

ކަނޑައެޅިފައިވާ ތާރީހުގެ ފަހުން އެއްވެސް މުދަލެއް ހުރިކަމުގައިވާނަމަ ހައުސިންގ މިނިސްޓްރީގެ ފަރާތުން އެމުދަލެއް ނަގަމުންގެންދާނެ ކަމަށާއި މިގޮތަށް ނަގާ މުދަލަށް ލިބޭގެއްލުމުގެ ޒިންމާ އެ މިނިސްޓްރީން ނުނަގާނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފައިވެ އެވެ. މިގޮތަށް ނަގާ މުދަލެއް 12 ގަޑިއިރުގެ ތެރޭގައި ވެރިފަރާތުން ހަވާލު ނުވެއްޖެނަމަ، ކުނީގެ ގޮތުގައި ނައްތާލާނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެ އެވެ.

މިކަމާ ގުޅޭ ގޮތުން މައުލޫމާތު ދެމުން މާރުކޭޓުގައި ތަކެތި ވިއްކާ ފަރާތަކުން ބުނީ، މިއީ މާރުކޭޓުގައި ތަކެތި ވިއްކާ ފަރާތްތަކަށް ދޭ ވަރަށް ބޮޑު އަނިޔާއެއް ކަމަށާއި މިއީ އެ ފަރާތްތަކުން ވިހި ތިރީސް އަހަރު ވަންދެން ކުރި މަސައްކަތް ކަމަށެވެ.

އިތުރަށް ކިޔާލަން

01 ޖުލައި 2017

ޝެއިޚް އިމްރާން ބޮޑެތި ކުށްވެރިންނާ އެއްގޮޅިއެއްގައި ބަހައްޓަވާތީ މަހްލޫފް ކަންބޮޑުވުން ފާޅުކުރައްވައިފި

01 ޖުލައި 2017
ޝެއިޚް އިމްރާން ބޮޑެތި ކުށްވެރިންނާ އެއްގޮޅިއެއްގައި ބަހައްޓަވާތީ މަހްލޫފް ކަންބޮޑުވުން ފާޅުކުރައްވައިފި
30 ޖޫން 2017

ޝެއިޚް އިމްރާން ގެންދިޔަ ގޮތަށް އެންމެ އާދައިގެ ގޮޅިއަކަށް!

30 ޖޫން 2017
ޝެއިޚް އިމްރާން ގެންދިޔަ ގޮތަށް އެންމެ އާދައިގެ ގޮޅިއަކަށް!
12 ޖޫން 2017

ގާޑިޔާތަކާ ގޮޅިތަކުގެ ކުއްޔަކީ މަހަކު 2000 ރުފިޔާ ކަމަށް ކަނޑައަޅައި ކުއްޔަށް ހުޅުވާލައިފި

12 ޖޫން 2017
ގާޑިޔާތަކާ ގޮޅިތަކުގެ ކުއްޔަކީ މަހަކު 2000 ރުފިޔާ ކަމަށް ކަނޑައަޅައި  ކުއްޔަށް ހުޅުވާލައިފި
12 ޖޫން 2017

ފަރުވާ ދިނުން ލަސްކޮށްފި ނަމަ ޖަލުގެ ގޮޅިތެރޭގައި އަދީބު މަރުވެދާނެ: ސިރާޖު

12 ޖޫން 2017
ފަރުވާ ދިނުން ލަސްކޮށްފި ނަމަ ޖަލުގެ ގޮޅިތެރޭގައި އަދީބު މަރުވެދާނެ: ސިރާޖު
26 އެޕްރީލު 2017

އިތުރު ފަރާތަކަށް ކުއްޔަށް ދީފިނަމަ މާރުކޭޓް ގޮޅިތައް އަތުލަނީ

26 އެޕްރީލު 2017
އިތުރު ފަރާތަކަށް ކުއްޔަށް ދީފިނަމަ މާރުކޭޓް ގޮޅިތައް އަތުލަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު