Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރާއްޖެޓީވީ

ރާއްޖެޓީވީން އިހްތިޖާޖްކުރި މައްސަލަ ނުބެލުމުން އެމްއެމްސީ ގޮވައިގެން އަސްއަދު ކޯޓަށް

އެ މައްސަލަ އެމްއެމްސީގެ ސަމާލު ކަމަށް އަސްއަދު ގެންނެވުމުން އެ ކައުންސިލުން ނިންމާފައި އޮތީ އެ މައްސަލަ ބަލަން ނުޖެހޭކަމަށް

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ, ރާއްޖެ އެމްވީ | 24 ނޮވެމްބަރު 2017 | ހުކުރު 13:58
އެމްއެމްސީގެ އާއްމު މެންބަރު އަސްއަދު ޝަރީފް

އެމްއެމްސީގެ އާއްމު މެންބަރު އަސްއަދު ޝަރީފް

މޯލްޑިވްސް މީޑިއާ ކައުންސިލުން އިން ބޭއްވި ނޫސްވެރިކަމުގެ އެވޯޑް ދިނުމުގެ ހަފްލާގައި ރާއްޖެ ޓީވީން އިހްތިޖާޖްކުރި މައްސަލަ ނުބަލަން މީޑިއާ ކައުންސިލުން ނިންމުމުން އެކައުންސިލް ގޮވައިގެން އަސްއަދު ޝަރީފް ކޯޓަށް ދިއުމަށް ނިންމަވައިފިއެވެ.

އަސްއަދު ޝަރީފަކީ މީޑިއާ ކައުންސިލްގައި އާއްމުން ތަމްސީލްކުރާ މެންބަރެކެވެ.

Advertisement - newsAdvertisement

މިދިޔަ އޮކްޓޫބަރު މަހު އެމްއެމްސީން ބޭއްވި ނޫސްވެރިކަމުގެ އެވޯޑް ދިނުމުގެ ހަފުލާގައި ރާއްޖެޓީވީގެ ނޫސްވެރިން ވަނީ ބްރޯޑްކާސްޓިން ކޮމިޝަނާ ދެކޮޅަށް އިހްތިޖާޖްކޮށްފަ އެވެ. މި ހަފްލާގައި ރާއްޖެ ޓީވީގެ މުވައްޒަފުން ވަނީ ބްރޯޑްކޮމްއާއި ދެކޮޅަށް ލިޔެފައިވާ ލިޔުންތައް ހިފައިގެން ހިމޭން އިހުތިޖާޖެއްކޮށްފައެވެ.

އެ މައްސަލަ އެމްއެމްސީގެ ސަމާލުކަމަށް އަސްއަދު ގެންނެވުމުން އެ ކައުންސިލުން ނިންމާފައި އޮތީ އެ މައްސަލަ ބަލަން ނުޖެހޭ ކަމަށެވެ. އައްސަދު އެމްއެމްސީއާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހެޅުއްވީ އެ ނިންމުމާ މެދު ހިތްހަމަ ނުޖެހިގެންކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. މި މައްސަލަ އާއި ގުޅޭގޮތުން އައްސަދު ރާއްޖެ.އެމްވީއަށް ވިދާޅުވީ ރާއްޖެ ޓީވީގެ ނޫސްވެރިން އިހްތިޖާޖް ކުރި މައްސަލަ އެއްވެސް ގޮތަކަށް ނުބަލަން އެމްއެމްސީން ނިންމުމަކީ ޒިންމާދާރު ކަމެއް ކަމަށް އޭނާ ގަބޫލު ނުކުރައްވާ ކަމަށެވެ. ނޫސްވެރިކަމުގެ އެވޯޑް ދިނުމުގެ ބޮޑު ހަފުލާއެއްގައި އެފަދަ ކަމެއް ކުރުމަކީ ހުރިހާ މީޑިއާތަކާއި ނޫސްވެރިންނަށް ގޮންޖަހައި ކުރި ކަމެއް ކަމަށާއި އެކަން ހިނގި ގޮތް ބެލެން ޖެހޭނެ ދެކެވަޑައިގަންނަވާ ކަމަށެވެ.

ރާއްޖެޓީވީން އެމްއެމްސިގެ އެވޯޑް ހަފްލާގައި އިހުތިޖާޖުކުރީ، ބްރޯޑްކޮމްއިން ރާއްޖެޓީވީއާއިމެދު ބޭއިންސާފުން ފިޔަވަޅު އަޅަމުންދާ ދިއުން އެ ކައުންސިލްގެ ސަމާލުކަމަށް ގެނައުމަށްކަމަށް ރާއްޖެޓީވީން ބުނެއެވެ.

ރާއްޖެޓީވީ އެންމެފަހުން ޖޫރިމަނާކޮށްފައި ވަނީ މިއަހަރުގެ ޖުލައި މަހުގެ 28ވަނަ ދުވަހުގެ ރޭ ވަގުތުން ގެނެސްދިން ޕްރޮގްރާމެއްގައި ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ދެއްކެވި ވާހަކަފުޅަކާ ގުޅިގެންކަމަށް ބްރޯޑްކާސްޓިންގ ކޮމިޝަނުން ވަނީ ބުނެފައެވެ.

މިއީ ރާއްޖެ ޓީވީ ޖޫރިމަނާކުރި 3ވަނަ ފަހަރެވެ. އަދި ރާއްޖެޓީވީ މީގެ ކުރިން އެއް މިލިޔަން ރުފިޔާއިން ވެސް ޖޫރިމަނާ ކޮށްފައިވާއިރު ދެ ލައްކަ ރުފިޔާއިންވެސް ވަނީ ޖޫރިމަނާކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

23 އެޕްރީލު
ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން
20251 އަހަރު ކުރިން
ރާއްޖެ

ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ
20242 އަހަރު ކުރިން
ދުނިޔެ

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ
20233 އަހަރު ކުރިން
ކުޅިވަރު

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"
20224 އަހަރު ކުރިން
ރާއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން
20215 އަހަރު ކުރިން
ރިޕޯޓު

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
20197 އަހަރު ކުރިން
ރިޕޯޓު

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ
20188 އަހަރު ކުރިން
ރިޕޯޓު

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު