Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ގާޒީ އާދަމް އާރިފް

މީހަކު ވަކި ތަނެއްގައި ބެހެއްޓުމަށް ކޯޓުން އަމުރު ކުރުމުން އެ އަމުރަށް ހުރިހައި ފަރާތްތަކަކުން ވެސް ތަބާވާން ޖެހޭނެ: ގާޒީ އާދަމް އާރިފް

ޝަރީޢަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރު ކުރާ މީހަކު ހުންނަން ޖެހޭނީ ރިމާންޑް ޖަލެއްގައި

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ, ރާއްޖެ އެމްވީ | 15 ނޮވެމްބަރު 2017 | ބުދަ 10:06
ކްރިމިނަލް ކޯޓް ވަގުތީ ގުތުން ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި ގާޒީ އާދަމް އާރިފް

ކްރިމިނަލް ކޯޓް ވަގުތީ ގުތުން ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި ގާޒީ އާދަމް އާރިފް

މީހަކު ވަކިތަނެއްގައި ބެހެއްޓުމަށް ކޯޓުން އަމުރު ނެރުމުން އެ އަމުރަކަށް ދައުލަތުގެ ހުރިހައި މުއައްސަސާއަކުން ވެސް ތަބާވާން ޖެހޭނެ ކަމަށް ކްރިމިނަލް ކޯޓު ވަގުތީ ގޮތުން ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި އިސް ގާޒީ އާދަމް އާރިފް ވިދާޅުވެއްޖެއެވެ.

ގާޒީ އާދަމް މިހެން ވިދާޅުވީ މުހައްމަދު އަނަސްގެ މަރުގެ މައްސަލާގައި މީހަކު މަރާލުމުގައި ބައިވެރި ވުމުގެ ކުށުގެ ދައުވާ ދައުލަތުން އުފުލާފައިވާ ތ. ކިނބިދޫ ގުލްފާމްގޭ މުހައްމަދު ޝާޒް ރިމާންޑް ޖަލެއްގައި ނުބަހައްޓާ ކަސްޓޯޑިއަލް ޖަލެއްގައި ބަހައްޓާފައި ހުންނަ މައްސަލަ އޭނާގެ ގާނޫނީ ވަކީލް ޝަރީޢަތަށް ހުށަހެޅުމުންނެވެ. އެ މައްސަލަ ޝަރީއަތަށް ހުށަހެޅީ އަންގާރަ ދުވަހު ބޭއްވި ޝަރީޢަތުގެ އަޑުއެހުމުގައެވެ.

Advertisement - newsAdvertisement

ޝާޒްގެ ގާނޫނީ ވަކީލް ވިދާޅުވީ ޝާޒް އަކީ ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވާ މީހަކަށްވާއިރު އޭނާ ހުންނަން ޖެހޭނީ ރިމާންޑް ޖަލެއްގައި ކަމަށެވެ. އަދި ކޯޓުން ކޮށްފައިވާ އަމުރުގައި ވެސް ވަނީ ޝާޒް ރިމާޑް ޖަލެއްގައި ބެހެއްޓުމަށް ކަމަށާއި ނަމަވެސް ޝާޒް ބަހައްޓާފައި ވަނީ ކަސްޓޯޑިއަލް ޖަލެއްގައި ކަމަށް ޝާޒްގެ ގާނޫނީ ވަކީލް ވިދާޅުވިއެވެ.

ވަކީލް ވިދާޅުވީ ޝާޒް ކަސްޓޯޑިއަލް ޖަލެއްގައި ބަހައްޓާފައި ހުރުމުގެ ސަބަބުން ޝާޒްއާ ބައްދަލުކޮށް މައްސަލަ އަށް ތައްޔާރު ވުމުގެ ފުރުސަތު ވެސް ނުލިބޭ ކަމަށެވެ. އެހެން ކަމުން ޝާޒް ރިމާޑް ޖަލަކަށް ބަދަލު ކުރުމުގެ އަމުރެއް ނެރެދިނުމަށް އެދޭ ކަމަށް ޝާޒްގެ ވަކީލް ވިދާޅުވިއެވެ.

ޝާޒްގެ ގާނޫނީ ވަކީލްގެ އެ ވާހަކަތަކާ ގުޅިގެން ގާޒީ އާދަމް އާރިފް ވިދާޅުވީ ކުށުގެ ތުހުމަތުގައި ހައްޔަރު ކުރެވޭ މީހުން ކޯޓުން އަމުރު ކުރާތަން ނޫން އެހެންތަނެއްގައި ބަހައްޓާ މައްސަލަ ވަރަށް ބޮޑުވެފައިވާ ކަމަށެވެ. އަދި އެކަމުގެ ޝަކުވާ ވަރަށް ގިނައިން ކޯޓަށް ލިބެމުންދާ ކަމަށް ގާޒީ އާދަމް އާރިފް ވިދާޅުވިއެވެ.

ގާޒީ ވިދާޅުވީ ޝަރީޢަތް ނިމެންދެން ބަންދުގައި ބަހައްޓާ މީހަކު ރިމާޑް ޖަލެއްގައި ބެހެއްޓުމަށް ކޯޓުން އަމުރުކުރަނީ އެގޮތަށް ޖަލުތަކާއި ޕެރޯލްގެ ގާނޫނުގައި އޮތުމުން ކަމަށާއި އެއީ ކޯޓުން ކަނޑައަޅާފައިވާ އުސޫލެއް ނޫން ކަމަށެވެ. އެހެން ކަމުން ގާނޫނުތަކާއި ހިލާފަށް އެއްވެސް ފަރާތަކަށް އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށާއި ގާނޫނުގައި ވަކިކަމެއް ވަކިގޮތަކަށް ކުރަން އޮވެއްޖެނަމަ އެކަމެއް އެގޮތަށް ކުރަން ޖެހޭނެ ކަމަށް ގާޒީ އާދަމް އާރިފް ވިދާޅުވިއެވެ.

ގާޒީ ވިދާޅުވީ ޝަރީޢަތް ނިމެންދެން ބަންދުގައި ބަހައްޓުމަށް ކޯޓުން އަމުރުކޮށްފައިވާ މީހަކު ރިމާންޑް ޖަލެއްގައި ނުބަހައްޓާ އެހެންތަނެއްގައި ބެހެއްޓުމުގެ ސަބަބުން ކޯޓަށް ދީފައިވާ މައުލޫމާތާއި އެ މީހަކު އެ ބަހައްޓާފައި ހުންނަތަނުގެ މައުލޫމާތު ދިމާ ނުވާ ކަމަށެވެ.

އެގޮތުން ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވާ މީހާ ހުންނަން ޖެހޭނީ ރިމާޑް ޖަލެއްގައި ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ކަމަށާއި އަދި ޝަރީޢަތް ނިމެންދެން ބަންދުގައި ބަހައްޓާފައި ހުންނަ މީހާ އަށް ކޯޓުން ފޮނުވަން ޖެހޭ ސިޓީތަކާއި ލިޔުންތައް ވެސް ފޮނުވަނީ ކަރަކްޝަން އަށް ކަމަށް ގާޒީ އާދަމް އާރިފް ވިދާޅުވިއެވެ. އެހެން ކަމުން ކޯޓުން ކުރާ އަމުރުތައް ތަންފީޒް ކުރުން ޖެހޭނެ ކަމަށާއި އަދި ޝާޒް ރިމާޑް ޖަލަކަށް ބަދަލު ކުރުމަށް އަމުރު ކުރައްވާނެ ކަމަށް ގާޒީ އާދަމް އާރިފް ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި

ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި

14 ޖެނުއަރީ 2017
މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި

މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި

11 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

11 ޖެނުއަރީ 2017
އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި

އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި

10 ޖެނުއަރީ 2017
ކެޕްޓަން އިހުސާން އެމްއެންޑީއެފް އިން ވަކިވެވަޑައިގެންފި

ކެޕްޓަން އިހުސާން އެމްއެންޑީއެފް އިން ވަކިވެވަޑައިގެންފި

10 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

10 ޖޫން
ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ
20242 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"
20233 އަހަރު ކުރިން
ކުޅިވަރު

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟
20215 އަހަރު ކުރިން
ރާއްޖެ

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު