Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސީރިޔާ ހަނގުރާމަ

އެމެރިކާ އާއި ރަޝިއާގެ ފައުޖުތައް ސީރިޔާއިން ބޭލުމަށް އޮރްދޮޣާން ގޮވާލައްވައިފި

ސީރިޔާއިން އެހީވަނީ އަސަދުގެ ސަރުކާރުގެ ފައުޖުތަކަށް

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 14 ނޮވެމްބަރު 2017 | އަންގާރަ 07:27
ރަޝިއާގެ އައްސޭރިފަށުގެ ރަށެއް ކަމަށްވާ ސާޗީގައި ރައީސް ޕޫޓިން އާއި އޮރްދޮޣާން ބައްދަލު ކުރައްވަނީ

ރަޝިއާގެ އައްސޭރިފަށުގެ ރަށެއް ކަމަށްވާ ސާޗީގައި ރައީސް ޕޫޓިން އާއި އޮރްދޮޣާން ބައްދަލު ކުރައްވަނީ

ހަނގުރާމައިގައި ސުންނާފަތިވެފައިވާ ސީރިޔާއިން ރަޝިއާ އާއި އެމެރިކާގެ ފައުޖުތައް ބޭލުމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އޮރްދޮޣާން ގޮވާލައްވައިފިއެވެ.

ރައީސް އޮރްދޮޣާން މިހެން ވިދާޅުވެފައި ވަނީ ސީރިޔާގެ މައްސަލައަށް އަސްކަރީ ހައްލެއް ނެތް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި ރަޝިއާގެ ރައީސް ވްލާޑިމިއަރ ޕޫޓިން ވިދާޅުވެފައި ވަނިކޮށެވެ.

ރައީސް ޕޫޓިންއާ ބައްދަލު ކުރެއްވުމަށް ރަޝިއާގެ އައްސޭރިފަށުގެ ރަށެއް ކަމަށްވާ ސާޗީއަށް ފުރާވަޑައިގެންނެވުމުގެ ކުރިން ހޯމަ ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވަމުން އޮރްޣާން ވަނީ "އަޅުގަނޑަށް މިއުޅެނީ އުނދަގޫވެގެން އެވާހަކަ ފަހުމުވާން" ކަމަށެވެ.

ރަޝިއާ އާއި އެމެރިކާގެ ރައީސުންނަށް ނިސްބަތްކުރައްވައި އޮރްދޮޣާން ވަނީ އަސްކަރީ ހައްލެއް ނުލިބޭނެކަން އެނގޭ ނަމަ އެ ދެ ގައުމުގެ ފައުޖުތައް ނުބާލުވައި ތިއްބަވަނީ ކީއްވެތޯ ސުވާލުކުރައްވާފައެވެ. އަދި ސިޔާސީ ހައްލެއް ހޯދުމަށް ފިޔަވަޅު އަޅުއްވަން ޖެހިވަޑައިގަންނަވާ ކަމަށް އޮރްދޮޣާން ވިދާޅުވިއެވެ.

ވިއެޓްނާމްގައި މި މަހުގެ 10 އިން 11 އަށް ކުރިޔަށްދިޔަ އޭޝިއާ-ޕެސިފިކް ސަމިޓްގެ ހަވާސާގައި ރައީސް ޕޫޓިން އާއި ޓްރަމް ވަނީ ސީރިޔާގެ މައްސަލައަށް އަސްކަރީ ހައްލެއް ނެތް ކަމަށް އެއްބަސްވެ ވަޑައިގެންފައެވެ. ކްރެމްލިން އިން ވަނީ އެކަމާ ބެހޭ ގޮތުން ބަޔާނެއް ވެސް ނެރެފައެވެ.

މީގެ އިތުރުން އެ ގައުމުތަކުން ވަނީ ސީރިޔާގެ މައްސަލައަށް ހައްލެއް ހޯދުމަށް އދ. އިން އިސްނަގައިގެން ޖެނީވާގައި ބާއްވާ ވާހަކަތަކުގައި ބައިވެރިވުމަށް، މައްސަލައިގައި ހިމެނޭ ހުރިހާ ޕާޓީތަކަށް ގޮވާލާފައެވެ.

ސީރިޔާގެ ރައީސް ބައަޝާރުލް އަސަދުގެ ސަރުކާރަށް ވާގިދޭ މައި ފަރާތަކީ ރަޝިއާ ކަމަށްވާއިރު ސީރިޔާ ސަރުކާރާ ދެކޮޅަށް އެއްގަމު މަގުން ހަނގުރާމަކުރަމުންދާ ކުރުދީ ވައިޕީޖީ ފައުޖުތަކަށް އެއްބާރުލުން ދެނީ އެމެރިކާ އިންނެވެ.

ރައީސް އޮރްދޮޣާން ވަނީ ރަޝިއާ އަދި އެމެރިކާއިން ވެސް އެ ގައުމުތަކުގެ ފައުޖުތައް އަވަސް ގޮތެއްގައި ސީރިޔާއިން ނުބާލާނެ ކަމަށް ވިދާޅުވެފައެވެ.

"އެމެރިކާއިން ބުނި އިރާގު ވެސް އެއްކޮށް ދޫކޮށްލާނެ ކަމަށް، އެކަމަކު އެކަމެއް ނުކުރޭ" އޮރްދޮޣާން ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ

23 ޖެނުއަރީ 2017
ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ
23 ޖެނުއަރީ 2017

ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!

23 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!
22 ޖެނުއަރީ 2017

އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ

22 ޖެނުއަރީ 2017
އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ
14 ޖެނުއަރީ 2017

ކިއުބާގެ ރައްޔިތުންނަށް ވިސާއާ ނުލައި އެމެރިކާގައި ތިބެވޭ ތިބުން ނިމުމަކަށް

14 ޖެނުއަރީ 2017
ކިއުބާގެ ރައްޔިތުންނަށް ވިސާއާ ނުލައި އެމެރިކާގައި ތިބެވޭ ތިބުން ނިމުމަކަށް
13 ޖެނުއަރީ 2017

ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި

13 ޖެނުއަރީ 2017
ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު