Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުދިވެހި ޕްރިމިއާ ލީގު

ދިވެހި ޕްރިމިއާ ލީގު: މިލަންދޫ އިން ޓީސީ ހިފަހައްޓައިފި

1 ނޮވެމްބަރު 2017 | ބުދަ 01:16

ޓީސީ އޮތީ 26 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ދެވަނައިގައި

ލީވާން އަލީ
ލީވާން އަލީ | 1 ނޮވެމްބަރު 2017 | ބުދަ 01:16
ޓީސީ އަދި މިލަންދޫ ބައްދަލުކުރި މެޗުގެ ތެރެއިން

ޓީސީ އަދި މިލަންދޫ ބައްދަލުކުރި މެޗުގެ ތެރެއިން

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިލަންދޫ އިން ޓީސީ ސްޕޯޓްސް ކްލަބް ހިފަހައްޓައިފިއެވެ.

އަންގާރަ ދުވަހުގެ ރޭ މިލަންދޫ އަދި ޓީސީ ބައްދަލުކުރި މެޗު އެއްވަރުވީ 0-0 ގެ ނަތީޖާއަކުންނެވެ.

ގަލޮޅު ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށްގެން ރަނގަޅަށް ކުޅެމުންދިޔައީ ޓީސީންނެވެ. އެގޮތުން އެޓީމަށް ވަނީ ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

ފުރަތަމަ ހާފްގައި ޓީސީގެ ބިދޭސީ ފޯވާޑް ސްޓެވާޓް އަދި އިބްރާހިމް މަހުދީ (ކުދު އިއްބެ) އަށް ވަނީ ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ލިބިފައެވެ. އެހެންނަނަމވެސް މިލަންދޫ އިން ވަނީ ޓީސީ ހިފެހެއްޓުމަށް ފުރަތަމަ ހާފްގައިވެސް ބުރަ މަސައްކަތްކޮށްފައެވެ.

ދެވަނަ ހާފްގައި ޓީސީން އެޓީމުގެ އެޓޭކްތައް ވަރުގަދަކޮށްފައިވާއިރު، ފުލުފުލުގައި ލަނޑު ޖެހުމަށް އެޓީމުންދިޔައީ ފުރުސަތު ހޯދަމުންނެވެ. އެހެންނަމަވެސް ދެވަނަ ހާފްގައިވެސް މިލަންދޫގެ ޑިފެންސް ފޫއަޅުވާލުމަށްފަހު ލަނޑެއް ޖެހުމަށް ޓީސީ ވަނީ ނުކުޅެދިފައެވެ.

މެޗުގެ ފަހުވަގުތުކޮޅު ތެރޭގައި މިލަންދޫގެ ފަރާތުން ލަސް ކުޅުމެއް ފެނިގެންދިޔައިރު، ރެފްރީ ވަނީ މެޗުގެ އިތުރުވަގުތުގެ ގޮތުގައި 8 މިނެޓު ދައްކާފައެވެ. އެހެންނަމަވެސް އެ 8 މިނެޓު ތެރޭގައިވެސް ހިނގައިދިޔަ ކަންތައްތައްތަކާއެކު 10 މިނެޓު ވަންދެން ކުޅުން ވަނީ ކުރިޔަށް ގެންގޮސްފައެވެ.

މެޗަށްފަހު ދެޓީމުގެ ކުޅުންތެރިން އަދި ސަޕޯޓަރުން ދެމެދުގައިވެސް ވަނީ ހަމަނުޖެހުންތަކެއް ހިނގާފައެވެ. އެހެންނަމަވެސް ފުލުހުން ވަނީ މާގިނައިރުތަކެއް ނުވެ ސަޕޯޓަރުން އަދި އޮފިޝަލުން ކޮންޓްރޯލްކޮށްފައެވެ.

މެޗަށްފަހު ވާހަކަދައްކަމުން ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނީ އަދިވެސް ޓީސީ އަށް ލީގު ނުގެއްލޭ ކަމަށާއި، މިފަހަރު ޓީސީ އަށް ލީގު ކާމިޔާބުކުރެވެން އަދިވެސް އުންމީދު އެބައޮތްކަމަށެވެ.

މިލަންދޫގެ ކޯޗު ނަސީރު ބުނީ ޓީސީފަދަ ޓީމެއް އަތުން ޕޮއިންޓެއް ލިބުމުން ވަރަށް އުފާވާ ކަމަށާއި، މިއީ ކުޅުންތެރިން ކުރި މަސައްކަތުން ލިބުނު ޕޮއިންޓެއް ކަމަށެވެ. އެގޮތުން އޭނާ ވަނީ ކުޅުންތެރިންގެ މަސައްކަތަށް ޝުކުރު އަދާކޮށްފައެވެ.

މި ނަތީޖާއާއެކު ޓީސީ އޮތީ ކުޅުނު 11 މެޗުން ލިބުނު 26 ޕޮއިންޓާއެކު، ޕޮއިންޓް ތާވަލުގެ ދެވަނައިގައެވެ. އެއްވަނައިގައި އޮތީ ޓީސީއަށްވުރެ ހަތަރު ޕޮއިންޓް އިތުރަށް ހޯދައިގެން ނިއުރޭޑިއަންޓެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
06 ޖެނުއަރީ 2017

ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި

06 ޖެނުއަރީ 2017
ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް