Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއުރީދޫ ދިވެހި ޕްރިމިއާ ލީގު

ދިވެހި ޕްރިމިއާ ލީގު: ތިނަދޫ ބަލިކޮށް ނިއު އެއްވަނައިގައި ހަމަޖެހިލައިފި

31 އޮކްޓޯބަރު 2017 | އަންގާރަ 02:37

ތިނަދޫއާ ދެކޮޅަށް ކުޅުނު މެޗު ނިއު އިން ކާމިޔާބު ކޮށްފައިވަނީ 3-1 ގެ ނަތީޖާ އަކުން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 31 އޮކްޓޯބަރު 2017 | އަންގާރަ 02:37
ނިއުއާ ތިނަދޫ ބައްދަލުކުރި މެޗުގެ ތެރެއިން ދަގަނޑޭ ތިނަދޫ ކުޅުންތެރިއެއްގެ ކައިރިން ނައްޓާލަން މަސައްކަތް ކުރަނީ

ނިއުއާ ތިނަދޫ ބައްދަލުކުރި މެޗުގެ ތެރެއިން ދަގަނޑޭ ތިނަދޫ ކުޅުންތެރިއެއްގެ ކައިރިން ނައްޓާލަން މަސައްކަތް ކުރަނީ

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ގދ. ތިނަދޫއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްއިން އެއްވަނައިގައި ހަމަޖެހިލައިފިއެވެ.

ހޯމަ ދުވަހުގެ ރޭ ގަލޮޅު ދަނޑުގައި ތިނަދޫއާ ދެކޮޅަށް ކުޅުނު މެޗު ނިއު އިން ކާމިޔާބު ކޮށްފައިވަނީ 3-1 ގެ ނަތީޖާ އަކުންނެވެ. މި މެޗުގައި ވެސް ނިއުއިން ވަނީ ގިނަ ވަގުތު ބޯޅަ ގެންގުޅެ ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ތަނަވަސް ކޮށްފައެވެ. އެ ޓީމުން ވަނީ މި މެޗުގައި ވެސް މޮޅު އެޓޭކިން ފުޓްބޯޅައެއް ކުޅެ ތިނަދޫގެ ގޯލާ އަމާޒުކޮށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ.

އެގޮތުން މެޗުގެ 20 ވަނަ މިނެޓުގައި ނިއުއަށް ލީޑު ލިބިގެން ދިޔައީ އަލީ ފާސިރް (ސެންޓޭ) ނަގައިދިން ކޯނަރަކުން އެ ޓީމުގެ މިޑްފީލްޑާ ކަންޑޭލާ ބޮލުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން ލަނޑެއް ކާމިޔާބު ކޮށްދީގެންނެވެ. މެޗުގެ 40 ވަނަ މިނެޓުގައި ނިއުގެ ދެވަނަ ލަނޑު އެ ޓީމަށް ޖަހައިދިނީ އަލީ އަޝްފާގް (ދަގަނޑޭ) އެވެ. މި ލަނޑަކީ އެ ޓީމުގެ ބިދޭސީ ފޯވާޑް ގަލާޑޯ ތަނަވަސް ކޮށްދިން ފުރުސަތަކުން ދަގަނޑޭ ކާމިޔާބުކުރި ލަނޑެކެވެ.

ފުރަތަމަ ހާފު 2-0 ގެ ނަތީޖާއަކުން ނިއު ކުރީގައި އޮވެގެން ނިމުނުއިރު ތިނަދޫއިން ވަނީ ދެވަނަ ހާފުގައި އެ ޓީމުގެ ކުޅުން ރަނގަޅުކޮށް ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސް ކުރުމަށް މަސައްކަތް ކޮށްފައެވެ. އެގޮތުން މެޗުގެ 65 ވަނަ މިނެޓުގައި އެ ޓީމުގެ ވިންގާ އަހުމަދު ރިޒުވާން (ރިޒޭ) ތަނަވަސް ކޮށްދިން ފުރުސަތެއްގައި އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ ހޯސޭ އެލެކްސެންޑާ އަވީލާ ވަނީ ލަނޑެއް ޖަހާ ތިނަދޫއަށް ނަތީޖާގެ ފަރަގު ކުޑަ ކޮށްދީފައެވެ. ތިނަދޫއިން ލަނޑު ޖެހިތާ ފަސް މިނެޓުގެ ތެރޭގައި ކަންޑޭލާ ނަގައިދިން ކޯނަރަކުން ގަލާޑޯ ވަނީ ލަނޑެއް ޖަހާ އެ ޓީމުގެ ލީޑު އަނެއްކާ ވެސް ފުޅާ ކޮށްދީފައެވެ.

މި މޮޅާއެކު ނިއުވަނީ ޕޮއިންޓް ތަވާލުގެ ކުރީގައި އެ ޓީމަށް ލިބިފައިވާ ލީޑު ފުޅާ ކޮށްފައެވެ. އެގޮތުން ކުޅުނު 11 މެޗުން އެ ޓީމު 30 ޕޮއިންޓް ހަމަކޮށްފައިވާއިރު ދެވަނައިގައި އޮތް ޓީސީއަށް 10 މެޗުން ލިބިފައިވަނީ 25 ޕޮއިންޓްއެވެ. އަދި ތިން ވަނައިގައި އޮތް މާޒިޔާއަށް 10 މެޗުން 20 ޕޮއިންޓް ލިބޭއިރު ނިއު އަތުން ބަލިވި ތިނަދޫ އޮތީ ކުޅުނު 11 މެޗުން ލިބުނު 12 ޕޮއިންޓާއެކު ތާވަލުގެ ފަސް ވަނައިގައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

14 ޖެނުއަރީ 2017

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް