Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޑަބްލިއުޓީއޭ ފައިނަލްސް

ވީނަސް ވިލިއަމްސް ބަލިކޮށް، ޑަބްލިއުޓީއޭ ފައިނަލްސް ވޮޒްނިއާކީ ކާމިޔާބުކޮށްފި

މިއީ ވޮޒްނިއާކީގެ ކެރިއަރުގައި ކާމިޔާބުކުރި އެންމެ ބޮޑު މުބާރާތް

މުޙައްމަދު ޒާހިރު
މުޙައްމަދު ޒާހިރު, ރާއްޖެ އެމްވީ | 30 އޮކްޓޯބަރު 2017 | ހޯމަ 03:45
ކެރޮލިން ވޮޒްނިއާކީ ޑަބްލިއުޓީއޭ ފައިނަލްސްގެ ތަށި އުފުލާލަނީ

ކެރޮލިން ވޮޒްނިއާކީ ޑަބްލިއުޓީއޭ ފައިނަލްސްގެ ތަށި އުފުލާލަނީ

ވީނަސް ވިލިއަމްސް ބަލިކޮށް، ސީޒަންގެ ފަހު މުބާރާތް ކަމަށްވާ ޑަބްލިއުޓީއޭ ފައިނަލްސް، ޑެންމާކްގެ ކެރޮލިން ވޮޒްނިއާކީ ކާމިޔާބުކޮށްފި އެވެ.

އުމުރުން 37 އަހަރުގެ ވީނަސް ވިލިއަމްސްގެ މައްޗަށް ސިންގަޕޫރުގައި ބޭއްވި ޑަބްލިއުޓީއޭ ފައިނަލްސްގައި ވޮޒްނިއާކީ ކުރިހޯދީ 6-4 އަދި 6-4 ންނެވެ. މިއީ ވޮޒްނިއާކީގެ ކެރިއަރުގައި ކާމިޔާބުކުރި އެންމެ ބޮޑު މުބާރާތެވެ.

ޑަބްލިއުޓީއޭ ފައިނަލްސްގައި ވާދަކުރި އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި ފައިނަލަށް ނުކުތް ވީނަސް ވިލިއަމްސް ފުރަތަމަ ހަތަރު ގޭމް ކާމިޔާބުކުރި އެވެ. އެހެންނަމަވެސް ވޮޒްނިއާކީގެ ދެވަނަ ޗެމްޕިއަންޝިޕް ޕޮއިންޓާއެކު އޭނާ ވަނީ ކެރިއަރުގައި ފުރަތަމަ ފަހަރަށް ވީނަސް ބަލިކޮށްފައެވެ. ފައިނަލްގެ ނާކާމިޔާބީ އާއެކު ވީނަސް މިސީޒަން ނިންމާލީ އެއްވެސް މުބާރާތެއް ކާމިޔާބު ނުކުރެވި، ހުސް އަތާއެވެ.

މިމެޗަށް މިދެކުޅުންތެރިން ނުކުތްއިރު، 2007 ވަނަ އަހަރުގެ ފަހުން ވޮޒްނިއާކީ އަދި ވީނަސް ހަތް ފަހަރެއްގެ މަތިން ބައްދަލުކޮށްފައިވާއިރު، އެ ހަތް ކުރިމަތިލުންވެސް ނިމިފައިވަނީ ވީނަސް ކޮޅަށް ބުރަވެގެންނެވެ. ވީނަސްގެ މައްޗަށް އެ ހަތް މެޗުގައި ވޮޒްނިއާކީ އަށް ކާމިޔާބު ކުރެވިފައިވަނީ އެންމެ ސެޓެކެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ވޮޒްނިއާކީ ބުނީ، ޑަބްލިއުޓީއޭ ފައިނަލްގެ ކާމިޔާބީ އާއެކު އުފާވެފައިވާ ކަމަށެވެ. ވޮޒްނިއާކީ ބުނީ، މިއަހަރަކީ ވަރަށް ކާމިޔާބު އަހަރެއް ކަމަށާއި، އަނިޔާގެ ސަބަބުން މިދިޔަ އަހަރަކީ ދަތި އަހަރަކަށްވީނަމަވެސް، އެނބުރި އައިސް މިއަހަރު ލިބުނު ކާމިޔާބީ އާއިމެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށެވެ.

މިދިޔަ އަހަރު ކުރިމަތިވި އަނިޔާގެ ސަބަބުން ގިނަ މުބާރާތްތަކެއް ގެއްލުނު ވޮޒްނިއާކީ، އެކަމުގެ ސަބަބުން ދުނިޔޭގެ ރޭންކިންގެ 74 ވަނަ އަށް ވެއްޓުނެވެ.

އެހެންނަމަވެސް އަނިޔާ އިން އެނބުރި އައިސް މިއަހަރު ދެއްކި މޮޅު ކުޅުމާއެކު އޭނާ ވަނީ ރޭންކިންގެ ފަސްވަނަ އަށް ޖެހިލާފައެވެ. މިއަހަރުގެ ތެރޭގައި އޭނާ ވަނީ އޮސްޓްރޭލިއަން އޯޕަން އަދި ވިމްބަލްޑަން މުބާރާތުގެ ފައިނަލްގައި ވާދަކޮށްފައެވެ.

މިމުބާރާތާއެކު މިއަހަރުގެ ސީޒަން ނިމިފައިވާއިރު، ރޭންކިންގެ އެއްވަނާގައިވަނީ ރުމޭނިއާގެ ސިމޯނާ ހަލެޕް އެވެ. ސިމޯނާ އަކީ، ދުނިޔޭގެ ރޭންކިންގެ އެއްވަނަ ހޯދި 13 ވަނަ އަންހެން ޓެނިސް ކުޅުންތެރިޔާ އެވެ. އޭނާ ރޭންކިންގެ އެއްވަނަ އަށް ޖެހިލީ އޮކްޓޫބަރު މަހުގެ ކުރީކޮޅު ބޭއްވި ޗައިނާ އޯޕަން މުބާރާތުގެ ކާމިޔާބީ އާއެކުއެވެ. އަދި އެމަގާމުގައި އޮވެ އަހަރު ސިމޯނާ އަށް ސީޒަން ނިންމާލެވުނީ، އެމަގާމަށް އެންމެ ވާދަކުރި ކެރޮލީނާ ޕްލިސްކޯވާ، ޑަބްލިއުޓީއޭ ފައިނަލްސް މުބާރާތުގެ ސެމީ ފައިނަލްގައި ހޮނިހިރު ދުވަހު ވޮޒްނިއާކީ އަތުން ބަލިވެގެންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އޮސްޓްރޭލިއަން އޯޕަން: ނަޑާލް ބަލިކޮށް 18 ވަނަ ގްރޭންޑް ސްލޭމް ފެޑެރާ އުފުލާލައިފި

އޮސްޓްރޭލިއަން އޯޕަން: ނަޑާލް ބަލިކޮށް 18 ވަނަ ގްރޭންޑް ސްލޭމް ފެޑެރާ އުފުލާލައިފި

30 ޖެނުއަރީ 2017
ފައިނަލްގައި ވާދަކުރާނީ ވިލިއަމްސްގެ ދެބެއިން

ފައިނަލްގައި ވާދަކުރާނީ ވިލިއަމްސްގެ ދެބެއިން

27 ޖެނުއަރީ 2017
ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް

ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

26 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު