Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަދުލު އިންސާފް

އަދުލު އިންސާފަކީ ރެކޯޑް ހެދުމަށް ކުރަން ހެޔޮވާ ވަރުގެ ކަމެއް ނޫން: ފާއިޒް

29 އޮކްޓޯބަރު 2017 | އާދީއްތަ 03:07

އަދުލު އިންސާފަކީ ބިމުގައި ގާއިމް ކުރުމަށް ﷲ އެންގެވި ވަރުގަދަ އަމުރެއް

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 29 އޮކްޓޯބަރު 2017 | އާދީއްތަ 03:07
ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސައިން

ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސައިން

އަދުލު އިންސާފަކީ މީސްތަކުންގެ ހައްގުތަކާ ގުޅިފައިވާ ކަމަކަށްވާއިރު އެއީ ރެކޯޑް ހެދުމަށް ކުރަން ހެޔޮވަރުގެ ކަމެއް ނޫން ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިން ވިދާޅުވެއްޖެ އެވެ.

ކުރީގެ އުއްތަމަ ފަނޑިޔާރު މިފަދައިން ވިދާޅުވެފައިމިވަނީ، އެއްދުވަހުގެ ތެރޭގައި އެންމެ ގިނަ މައްސަލަ ބައްލަވައިގެން ސިވިލް ކޯޓުގެ ގާޒީ މުޙައްމަދު ހަލީމް ރާއްޖޭގެ ޝަރުއީ ދާއިރާގެ ރިކޯޑެއް ބުރާސްފަތި ދުވަހު ހައްދަވާފައިވަނިކޮށެވެ.

Advertisement - newsAdvertisement

ގާޒީ ހަލީމް ރެކޯޑް ހެއްދެވި ކަމަށް "ރާއްޖެއެމްވީ" ގައި ލިޔެފައިވާ ހަބަރުގެ ލިންކާއެކު ފާއިޒް ފޭސްބުކްގައި ވިދާޅުވީ އަދުލު އިންސާފަކީ މީސްތަކުންގެ ހައްގުތަކާ ގުޅިފައިވާ، ބިމުގައި ގާއިމް ކުރުމަށް ﷲ އެންގެވި ވަރުގަދަ އަމުރެއް ކަމަށެވެ.

"އަދުލު އިންސާފަކީ މީސްތަކުންގެ ހައްގުތަކާ ގުޅިފައިވާ، ބިމުގައި ގާއިމް ކުރުމަށް ﷲ އެންގެވި ވަރުގަދަ އަމުރެކެވެ. އެއީ ރެކޯޑް ހެދުމަށް ކުރަން ހެޔޮވާވަރު ކަމެއް ނޫނެވެ،" ފާއިޒް ވިދާޅުވެފައިވެއެވެ.

މީގެ ކުރިން ރެކޯޑް ހެދުމަށް ގިނަ މައްސަލަތައް އެއްފަހަރާ ތާވަލުކޮށްގެން ކުރިއަށް ގެންދިއުމުން ކަންތައްވީ ގޮތް ވެސް ފާއިޒް ވިދާޅުވެފައިވެއެވެ.

އެގޮތުން ފާއިޒް ވިދާޅުވީ ސެޕްޓެމްބަރު، 9، 1999 ފާހަގަކުރުމުގެ ގޮތުން ކުރީގެ ޖިނާއީ ކޯޓުގެ ގާޒީއަކު 67 މައްސަލަ ތާވަލުކުރުމަށްފަހު، 66 މައްސަލައިގެ ހުކުމްކޮށް އެންމެންގެ މައްޗަށް ކުށް ސާބިތުވި ކަމަށެވެ.

ފާއިޒް ވިދާޅުވީ ގާޒީންގެ މެދުގައި ރެކޯޑް ހެދުމުގެ ވާދަވެރިކަން ފެށިގެން ދިޔައީ ހުރިހާ ގޮތަކުން އެންމެ މޮޅު ގާޒީ ހޮވައި، ފިލާ ދިނުމުގެ ސަގާފަތެއް މިނިސްޓްރީ އޮފް ޖަސްޓިސް އިން ފެށުމާއި ގުޅިގެން ކަމަށެވެ. ނަމަވެސް، އެއިރުގެ ބައެއް ގާޒީން އެކަމާ ދެކޮޅަށް ވާހަކަ ދައްކައި، މައްސަލަ ޖައްސައި ހަދަން ފެށުމުން އެންމެ މޮޅު ގާޒީ ހޮވުން މިނިސްޓްރީއިން ހުއްޓާލި ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

ސިވިލް ކޯޓުގެ ގާޒީ މުހައްމަދު ހަލީމް ރެކޯޑް ހެއްދެވީ ބުރާސްފަތި ދުވަހުގެ ހެނދުނު 08:00 އިން އެރޭ 12:00 އާއި ހަމައަށް 153 މައްސަލައިގެ ޝަރީއަތް ހިންގަވައިގެންނެވެ. މެދުނުކެނޑި 16 ގަޑިއިރު ގާޒީ ހަލީމް ޝަރީއަތް ކުރެއްވިއިރު، ކުރިއަށްގެންދެވި 153 މައްސަލައިގެ ތެރެއިން 66 މައްސަލައެއްގައި ގާޒީ ހަލީމް ހުކުމް އިއްވެވި އެވެ.

އެންމެ ހިނގާ

1

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

4

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

5

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

އިތުރަށް ކިޔާލަން

01 އެޕްރީލު 2017

ނިމިދިޔައީ ހެއްވާޒާތުގެ ސަބަބުތައް ބަޔާންކޮށް ސިޔާސީ ފަރާތްތައް ހާޒިރުކުރުމުގައި ރެކޯޑް ހެދި ހަފްތާއެއް: އެމްޑީޕީ

01 އެޕްރީލު 2017
ނިމިދިޔައީ ހެއްވާޒާތުގެ ސަބަބުތައް ބަޔާންކޮށް ސިޔާސީ ފަރާތްތައް ހާޒިރުކުރުމުގައި ރެކޯޑް ހެދި ހަފްތާއެއް: އެމްޑީޕީ
22 މާރިޗު 2017

ވޯޓް ނުލެވޭ ގޮތް ހެދުމަށް ސިފައިން ތާއީދު ކުރޭ: އާދަމް ޝަރީފް

22 މާރިޗު 2017
ވޯޓް ނުލެވޭ ގޮތް ހެދުމަށް ސިފައިން ތާއީދު ކުރޭ: އާދަމް ޝަރީފް
04 މާރިޗު 2017

ސިފައިންގެ ތާއީދެއް ސަރުކާރަކަށް ނެތް، ސިފައިންނަށް ވޯޓުނުލެވޭ ގޮތް ހެދުމަށް ފުރުސަތެއް ނުދޭނަން: އިންތި

04 މާރިޗު 2017
ސިފައިންގެ ތާއީދެއް ސަރުކާރަކަށް ނެތް، ސިފައިންނަށް ވޯޓުނުލެވޭ ގޮތް ހެދުމަށް ފުރުސަތެއް ނުދޭނަން: އިންތި
28 ފެބުރުއަރީ 2017

ސިފައިންނަށް ވޯޓު ނުލެވޭގޮތް ހެދުމަށް ޤާނޫނަށް އިސްލާހު ހުށަހަޅާނަން: ޑިފެންސް މިނިސްޓަރ

28 ފެބުރުއަރީ 2017
ސިފައިންނަށް ވޯޓު ނުލެވޭގޮތް ހެދުމަށް ޤާނޫނަށް އިސްލާހު ހުށަހަޅާނަން: ޑިފެންސް މިނިސްޓަރ
06 ފެބުރުއަރީ 2017

ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް

06 ފެބުރުއަރީ 2017
ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް
31 ޖެނުއަރީ 2017

ބްލީޗް ބުއި ކުއްޖާ އިތުރު ޓެސްޓް ހެދުމަށް މާލެ ގެންނަނީ

31 ޖެނުއަރީ 2017
ބްލީޗް ބުއި ކުއްޖާ އިތުރު ޓެސްޓް ހެދުމަށް މާލެ ގެންނަނީ
25 ޖެނުއަރީ 2017

ވާދޫގައި ކުނިކޮށި ހެދުމަށް ބަޔަކާ ޙަވާލުކޮށްފި

25 ޖެނުއަރީ 2017
 ވާދޫގައި ކުނިކޮށި ހެދުމަށް ބަޔަކާ ޙަވާލުކޮށްފި
22 ޖެނުއަރީ 2017

ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ

22 ޖެނުއަރީ 2017
ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ
20 ޖެނުއަރީ 2017

ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން

20 ޖެނުއަރީ 2017
ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން
13 ޖެނުއަރީ 2017

އެމްއެންޔޫގެ އޮޑިޓް ރިޕޯޓް: ކެމްޕަސްތަކުން ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލީ ރެކޯޑް ކަށަވަރެއް ނުވޭ

13 ޖެނުއަރީ 2017
އެމްއެންޔޫގެ އޮޑިޓް ރިޕޯޓް: ކެމްޕަސްތަކުން ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލީ ރެކޯޑް ކަށަވަރެއް ނުވޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް