Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ދިވެހި ޕްރިމިއާ ލީގު

ދަގަނޑޭގެ ހެޓްރިކާ އެކު މާޅޮސް ބަލިކޮށް، ނިއު ލީޑު ފުޅާކޮށްފި

މި ނަތީޖާއާއެކު ނިއު ވަނީ 25 ޕޮއިންޓް ހަމަކޮށްފައި

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 27 އޮކްޓޯބަރު 2017 | ހުކުރު 03:59
ނިއުގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ

ނިއުގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ

އުރީދޫ ދިވެހި ލީގުގައި އަލީ އަޝްފާގު (ދަގަނޑޭ) ގެ ހެޓްރިކާ އެކު އއ. މާޅޮސް ބަލިކޮށް، ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް ޕޮއިންޓް ތާވަލުގެ އެއްވަނައިގައި ދެ ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.

ބުރާސްފަތި ދުވަހުގެ ރޭ މާޅޮސްއާ ވާދަކޮށް ނިއު މެޗު ކާމިޔާބުކުރީ 7-1 ގެ ނަތީޖާއަކުންނެވެ.

ގަލޮޅު ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ފަސްވަނަ މިނެޓުގައި ނިއު އިން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ދަގަނޑޭއެވެ. އެހެން ނަމަވެސް 17 ވަނަ މިނެޓުގައި މާޅޮސްގެ އަހުމަދު އާރިފް ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ.

މި ލަނޑާއެކު ނިއު އިން ވަނީ އެޓީމުގެ އެޓޭކްތައް ވަރުގަދަކޮށްފައެވެ. އެގޮތުން އެޓީމަށް ވަނީ ލީޑު ނެގުމަށް ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. ފުރަތަމަ ހާފް ނިމުނީ 1-1 ގެ ނަތީޖާއިން ދެޓީމު އެއްވަރުވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ފުރަތަމަ މިނެޓުގައި ދަގަނޑޭ ވަނީ ލަނޑެއް ކާމިޔާބުކޮށް، އަލުން ނިއު އަށް ލީޑު ނަގައިދީފައެވެ. އޭގެ ހަތަރު މިނެޓު ފަހުން ދަގަނޑޭގެ އެހީތެރިކަމާއެކު އަހުމަދު އަބްދުﷲ ލިލީ ވަނީ ނިއު އަށް ލީޑު ފުޅާކޮށްދީފައެވެ.

މި ލަނޑުތަކަށް ފަހު، ނިއު އިން ދިޔައީ މާޅޮހުގެ ގޯލަށް ފުލުފުލުގައި ނުރައްކާކުރަމުންނެވެ. ނިއުގެ ހަތަރުވަނަ ލަނޑު ކާމިޔާބުކުރީ ދަގަނޑޭގެ އެހީތެރިކަމާއެކު އިބްރާހިމް ފަޒީލް (އޮއްޕޮ) އެވެ.

ނިއުގެ ފަސްވަނަ ލަނޑު 76 ވަނަ މިނެޓުގައި އަލީ ފާސިރު (ސެންޓޭ) ކާމިޔާބުކުރިއިރު، ހަވަނަ ލަނޑު ކާމިޔާބުކޮށް ދަގަނޑޭ ވަނީ މެޗުގައި އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ. އަދި އެޓީމުން ޖެހި ހަތްވަނަ ލަނޑު 89 ވަނަ މިނެޓުގައި ގަލާޑޯގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ ސެންޓޭއެވެ.

މި ނަތީޖާއާއެކު ނިއު ވަނީ 27 ޕޮއިންޓް ހަމަކޮށްފައެވެ. ނިއުގެ ފަހަތުން 25 ޕޮއިންޓާއެކު، ޕޮއިންޓް ތާވަލުގެ ދެވަނައިގައި އޮތީ ޓީސީ ސްޕޯޓްސްއެވެ. ތިންވަނައިގައި 20 ޕޮއިންޓާއެކު މާޒިޔާ އޮތްއިރު، ހަތަރުވަނައިގައި އޮތީ ގްރީން ސްޓްރީޓެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސާންތިގެ އިރުޝާދާއެކު އީގަލްސް ފަރިތަކުރުންތައް ފަށައިފި

ސާންތިގެ އިރުޝާދާއެކު އީގަލްސް ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް

ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް

11 ޖެނުއަރީ 2017
ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި

ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި

10 ޖެނުއަރީ 2017
ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް

ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް

10 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

17 ޖޫން
އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި
20251 އަހަރު ކުރިން
ދުނިޔެ

އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް
20242 އަހަރު ކުރިން
ރާއްޖެ

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ

 މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ

 ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން
20215 އަހަރު ކުރިން
ރިޕޯޓު

ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!
20197 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
20188 އަހަރު ކުރިން
ރިޕޯޓު

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު