Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޑަބްލިއުޓީއޭ ފައިނަލްސް

ޑަބްލިއުޓީއޭ ފައިނަލްސް: ހޭލެޕް އާއި ވޮޒްނިއާކީ މޮޅުވެއްޖެ

މި މުބާރާތުގައި ވާދަކުރަނީ ޑަބްލިއުޓީއޭ ޓެނިސް ރޭންކިންގެ ގަދަ އަށެއްގައި ހިމެނޭ ކުޅުންތެރިން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 24 އޮކްޓޯބަރު 2017 | އަންގާރަ 14:16
ދުނިޔޭގެ އެއްވަނަައިގައި ރޭންކް ކުރެވިފައިވާ ސައިމޯނާ ހޭލެޕް -  އޭނާ ވަނީ ސީދާ ދެ ސެޓުން ފްރާންސްގެ ކެރޮލައިން ގާސިއާ ބަލިކޮށްފަ

ދުނިޔޭގެ އެއްވަނަައިގައި ރޭންކް ކުރެވިފައިވާ ސައިމޯނާ ހޭލެޕް - އޭނާ ވަނީ ސީދާ ދެ ސެޓުން ފްރާންސްގެ ކެރޮލައިން ގާސިއާ ބަލިކޮށްފަ

ސިންގަޕޫރުގައި މިހާރު ކުރިޔަށްދާ ޑަބްލިއުޓީއޭ ފައިނަލްސްގައި ކެރޮލައިން ވޮޒްނިއާކީ އާއި ސައިމޯނާ ހޭލެޕް ކުޅުނު މެޗުތަކުން އެ ދެ ކުޅުންތެރިން ވެސް މޮޅުވެއްޖެއެވެ.

ޑަބްލިއުޓީއޭ ޓެނިސް ރޭންކިންގެ ގަދަ އަށެއްގައި ހިމެނޭ ކުޅުންތެރިންގެ މެދުގައި ސިންގަޕޫރުގައި މިހާރު ކުރިޔަށްދާ ފައިނަލްސް މުބާރާތުގައި މިވަގުތު ދުނިޔޭގެ ރޭންކިންގެ އެއްވަނައިގައި އޮތް ރޯމޭނިއާގެ ސައިމޯނާ ހޭލެޕް ވަނީ ސީދާ ދެ ސެޓުން ފްރާންސްގެ ކެރޮލައިން ގާސިއާ ބަލިކޮށްފައެވެ. މި މެޗުގެ ސެޓުތަށް ހޭލެޕް ގެންގޮސްފައިވަނީ 6-4 އަދި 6-2 އަކުންނެވެ.

އޭނާގެ ކެރިއަރުގައި މިހާތަނަށް އެއްވެސް ގްރޭންޑް ސްލޭމް މުބާރާތެއް ކާމިޔާބުކޮށްފައި ނުވި ނަމަވެސް ހޭލެޕް މި މުބާރާތާ ކުރިމަތިލީ ސްޕެއިންގެ ގާބައިން މުގުރްޒާ ފަހަތަށް ޖައްސާލުމަށް ފަހު ދުނިޔޭގެ ރޭންކިންގެ އެއްވަނައިގައި އޮވެގެންނެވެ. ހަމައެހެންމެ ހޭލެޕް މި މުބާރާތް ކާމިޔާބު ކޮށްފިނަމަ އޭނާ މިއަހަރު ނިންމާލާނީ ދުނިޔޭގެ އެއް ނަމްބަރު ޓެނިސް ކުޅުންތެރިޔާގެ ގޮތުގައެވެ.

މީގެ ހަތް އަހަރު ކުރިން ޑަބްލިއުޓީއޭ ފައިނަލްސްގައި ވާދަކުރި ވޮޒްނިއާކީ ވަނީ އޭނާއަށް ވުރެ ދެ ދަރަޖަ މަތިން ރޭންކް ކުރެވިފައި އޮތް ޔޫކްރެއިންގެ އެލީނާ ސްވިޓްލޯނާ ސީދާ ދެ ސެޓުން ބަލިކޮށްފައެވެ. މި މެޗުގެ ސެޓުތަށް ވޮޒްނިއާކީ ގެންގޮސްފައިވަނީ 6-2 އަދި 6-0 އަކުންނެވެ.

މި މުބާރާތް ކުރިޔަށް ދަނީ އަށް ކުޅުންތެރިން ދެ ގްރޫޕަކަށް ބަހާލައިގެން ރައުންޑް ރޮބިން ފޯމެޓަށެވެ. އެގޮތުން ކޮންމެ ގްރޫޕެއްގައި ވެސް ހަތަރު ކުޅުންތެރިން ހިމެނޭއިރު ސެމީ ފައިނަލުން ޖާގަ ލިބޭނީ ކޮންމެ ގްރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެ ކުޅުންތެރިންނަށެވެ. ޕްލިސްކޯވާ އަތުން ބަލިވި ވީނަސްއަކީ މި އަހަރުގެ މުބާރާތުގައި ވާދަކުރާ އެންމެ އުމުރުން ދުވަސްވީ ކުޅުންތެރިޔާއެވެ. އޭނާ ވަނީ 2008 ވަނަ އަހަރު މި މުބާރާތް ކާމިޔާބު ކޮށްފައެވެ.

މި މުބާރާތުގެ ފުރަތަމަ ގްރޫޕުގައި ހިމެނެނީ ރޯމޭނިއާގެ ސައިމޯނާ ހޭލެޕް އާއި ޔޫކްރެއިންގެ އެލީނާ ސްވިޓްލޯނާއާ ޑެންމާކުގެ ކެރޮލައިން ވޮޒްނިއާކީގެ އިތުރުން ފްރާންސްގެ ކެރޮލައިން ގާސިއާއެވެ. ދެވަނަ ގްރޫޕުގައި ހިމެނެނީ ސްޕެއިންގެ ގާބައިން މުގުރްޒާއާ ޗެކް ރިޕަބްލިކްގެ ކެރޮލައިން ޕްލިސްކޯވާއާ ލެޓްވިއާގެ ޖެލޭނާ އޮސްޓަޕެންކޯގެ އިތުރުން އެމެރިކާގެ ވީނަސް ވިލިއަމްސްއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ވޮލީ އެސޯސިއޭޝަންގެ ރަސްމީ ލިޔެކިޔުމެއްގައި ސޮއިކުރެވޭނީ ރައީސް އާއި ޖެނެރަލް ސެކެޓްރީ އަށް

ވޮލީ އެސޯސިއޭޝަންގެ ރަސްމީ ލިޔެކިޔުމެއްގައި ސޮއިކުރެވޭނީ ރައީސް އާއި ޖެނެރަލް ސެކެޓްރީ އަށް

04 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

01 ފެބުރުއަރީ 2017
ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި

ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި

31 ޖެނުއަރީ 2017
ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!

ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!

25 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

20 މާރިޗު
ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ
20242 އަހަރު ކުރިން
މީހުން

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!
20233 އަހަރު ކުރިން
ރިޕޯޓު

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި
20224 އަހަރު ކުރިން
ރާއްޖެ

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!
20215 އަހަރު ކުރިން
ރިޕޯޓު

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
20197 އަހަރު ކުރިން
ރާއްޖެ

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު