Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފްރެންޗް ލީގު

ލީގް ވަން: ފަހު ވަގުތު ޖެހި ލަނޑުން ލިޔޯން މޮޅުވެއްޖެ

14 އޮކްޓޯބަރު 2017 | ހޮނިހިރު 14:28

ލިޔޯންއިން މެޗު ކާމިޔާބު ކޮށްފައިވަނީ ތިން ލަނޑު ދެ ލަނޑުން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 14 އޮކްޓޯބަރު 2017 | ހޮނިހިރު 14:28
ލިޔޯންގެ ކެޕްޓަން ނަބީލް ފެކިރް - އޭނާ ވަނީ މި މެޗުގައި ދެ ލަނޑު ޖަހާފަ

ލިޔޯންގެ ކެޕްޓަން ނަބީލް ފެކިރް - އޭނާ ވަނީ މި މެޗުގައި ދެ ލަނޑު ޖަހާފަ

ފްރާންސްގެ ލީގު ވަންގައި މޮނާކޯއާއި ދެކޮޅަށް ކުޅުނު މެޗުގެ ފަހު މިނެޓުގައި ޖެހި ލަނޑުން ލިޔޯން މޮޅުވެއްޖެއެވެ.

މިދިޔަ ސީޒަނުގެ ޗެމްޕިއަނުންނާ ދެކޮޅަށް އަމިއްލަ ދަނޑުގައި ނުކުތް ލިޔޯންއިން މެޗު ކާމިޔާބު ކޮށްފައިވަނީ ތިން ލަނޑު ދެ ލަނޑުންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ޓީމުގެ ފަރާތުން ވެސް ވަނީ ބަލާހިތްވާ ޒާތުގެ މޮޅު އެޓޭކިން ފުޓްބޯޅައެއް ފެނިގެން ގޮސްފައެވެ. ފުރަތަމަ ހާފުގައިވެސް ހަތަރު ލަނޑު ފެނިގެން ދިޔަ މި މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފަވަނީ ލިޔޯން އިންނެވެ.

އެގޮތުން މެޗުގެ 11 ވަނަ މިނެޓުގައި ނަބީލް ފެކިރް ތަނަވަސް ކޮށްދިން ފުރުސަތަކުން މި ލަނޑު ލިޔޯންއަށް ޖަހައދިނީ މި ސީޒަނުގައި ލޯނު އެއްބަސްވުމެއްގެ ދަށުން އެ ޓީމާއި ގުޅުނު ރެއާލް މެޑްރިޑްގެ ޒުވާން ފޯވާޑް މަރިއާނޯ ޑިއާޒްއެވެ. އެހެނަސް އޭގެ ހަ މިނެޓު ފަހުން ބަލްޑޭ ކެއިޓާ ތަނަވަސް ކޮށްދިން ފުރުސަތެއްގައި ރޯނީ ލޮޕޭޒް ވަނީ ލަނޑެއް ޖަހާ މޮނާކޯއަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.

ލިޔޯންއިން މެޗުގެ ލީޑު އަލުން އަނބުރާ ނެގީ މެޗުގެ 23 ވަނަ މިނެޓުގައި ފާލަންޑް މެންޑީގެ އެހީތެރި ކަމާއެކު ނަބީލް ފެކިރް ޖަހައިދިން ލަނޑުންނެވެ. އެހެނަސް މެޗުގެ 34 ވަނަ މިނެޓުގައި އާދަމާ ޓްރައޯރޭ ވަނީ ލަނޑެއްޖަހާ އަނެއްކާ ވެސް މޮނާކޯއަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ލަނޑު ދެ ލަނޑުން ދެ ޓީމު އެއްވަރުވެ އޮވެގެންނެވެ.

ދެ ވަނަ ހާފުގައި ވެސް ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެން ދިޔައިރު މި ހާފުގައި ވެސް ދެ ޓީމުން ވަނީ ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ތަނަވަސް ކޮށްފައެވެ. ލިޔޯންގެ ކެޕްޓަން ނަބީލް ފެކިރް ވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ރެފްރީ ކުޅެން ދެއްކި އިތުރު ވަގުތުގެ ވެސް އެންމެ ފަހު މިނެޓުގައި ހިލޭ ޖެހުމަކުން ލަނޑެއް ޖަހާ މޮނާކޯގެ ކުޅުންތެރިންނާ ސަޕޯޓަރުންގެ ހިތްތައް ފުނޑުފުނޑު ކޮށްލާފައެވެ.

މި މެޗުން މޮޅުވި ނަމަވެސް ލިޔޯން އޮތީ މިވަގުތު ފްރާންސްގެ ލީގު ވަންގައި މޮނާކޯއަށް ވުރެ ފަހަތުގައެވެ. އެގޮތުން 22 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައި ޕީއެސްޖީ އޮތްއިރު މޮނާކޯއަށް ދެވަނަ ލިބެނީ ކުޅުނު ނުވަ މެޗުން 19 ޕޮއިންޓް ހޯދައިގެންނެވެ. ހަމައެހެންމެ ލިޔޯންއަށް ނުވަ މެޗުން 16 ޕޮއިންޓް ލިބިފައިވާއިރު އެ ޓީމުގެ ފަހަތުގައި އޮތް މާސޭއަށް ވެސް އެއް މެޗު މަދުން ކުޅެގެން 16 ޕޮއިންޓް ލިބިފައިވެއެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

22 ޖެނުއަރީ 2017
ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި
20 ޖެނުއަރީ 2017

މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!

20 ޖެނުއަރީ 2017
މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!
20 ޖެނުއަރީ 2017

އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ

20 ޖެނުއަރީ 2017
އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ
18 ޖެނުއަރީ 2017

އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ

18 ޖެނުއަރީ 2017
އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ
18 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް

18 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް
18 ޖެނުއަރީ 2017

ނިއުރޭޑިއަންޓް އެކަޑަމީ ފުޅާކޮށް އަންނަ ފެބްރުއަރީ މަހު ހުޅުވަން ނިންމައިފި

18 ޖެނުއަރީ 2017
ނިއުރޭޑިއަންޓް އެކަޑަމީ ފުޅާކޮށް އަންނަ ފެބްރުއަރީ މަހު ހުޅުވަން ނިންމައިފި
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
04 ޖެނުއަރީ 2017

އިސްކޯ ހޯދުމާ ގާތަށް ޓޮޓެންހަމް ޖެހިލައިފި

04 ޖެނުއަރީ 2017
އިސްކޯ ހޯދުމާ ގާތަށް ޓޮޓެންހަމް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް