Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ފީފާ ވޯލްޑްކަޕް

މެކްސިކޯ ވޯލްޑްކަޕަށް ކޮލިފައި ވެއްޖެ

މެކްސިކޯއިން ވޯލްޑް ކަޕްގެ ޖާގައެއް ކަށަވަރުކުރީ 1-0 އަކުން ޕެނަމާ ބަލިކޮށްގެން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 2 ސެޕްޓެމްބަރު 2017 | ހޮނިހިރު 06:02
މެކްސިކޯގެ ގައުމީ ފުޓުބޯޅަ ޓީމު

މެކްސިކޯގެ ގައުމީ ފުޓުބޯޅަ ޓީމު

އަންނަ އަހަރު ރަޝިއާގައި އޮންނަ ފީފާ ވޯލްޑް ކަޕްގެ ޖާގައެއް މެކްސިކޯއިން ކަށަވަރު ކޮށްފިއެވެ.

މެކްސިކޯއިން ވޯލްޑް ކަޕްގެ ޖާގައެއް ކަށަވަރު ކުރީ ހޮނިހިރު ދުވަހު ކުޅުނު ނޯތް އެމެރިކާގެ ކޮލިފައިން ބުރުގައި 1-0 އަކުން ޕެނަމާގެ މައްޗަށް ކުރިހޯދައިގެންނެވެ.

މި މޮޅާއެކު މެކްސިކޯއަށް ވަނީ ޕޮއިންޓް ތާވަލުގެ އެންމެ ކުރީގައި ތިން ޕޮއިންޓްގެ ލީޑެއް ލިބިފައެވެ. އަދި ނޯތް އެމެރިކާއިން ވޯލްޑް ކަޕަށް ސީދާ ކޮލިފައިވާ ތިން ޖާގައިގެ ތެރެއިން އެއް ޖާގަ އެޓީމަށް ވަނީ ކަށަވަރުވެފައެވެ.

ޕެނަމާއާ ދެކޮޅަށް ކުޅުނު މެޗުގައި މެކްސިކޯއިން ވަނީ މޮޅު ޑިފެންސިވް ގޭމެއް ކުޅެ ކައުންޓާ އެޓޭކުގައި ގިނަ ހަމަލާތަކެއް އުފައްދާފައެވެ. މި މެޗުގައި މެކްސިކޯއިން ނެރެފައި ވަނީ ވަރުގަދަ ފުރަތަމަ އެގާރައެކެވެ. އެގޮތުން ހަވިޔާ ހަނާންޑޭޒްއާ ކާލޯސް ވޭލާގެ އިތުރުން ޖިއޮވާނީ ޑޮސް ސަންޓޯސް ވަނީ މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެފައެވެ.

މެކްސިކޯއަށް މެޗުގެ 53 ވަނަ މިނެޓުގައި އެ ޓީމުގެ ލަނޑު ޖަހައި ދިނީ ބެންޗުން ކުޅެންއެރި ލޮޒާނޯއެވެ. މި ލަނޑު އޭނާ ކާމިޔާބު ކޮށްދިނީ ކޮރޯނާ ނަގައިދިން ހުރަހެއް، ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.

ނޯތް އެމެރިކާގެ ވޯލްޑް ކަޕް ކޮލިފައިން ޕޮއިންޓް ތާވަލުގެ ގަދަ ތިން ޓީމަށް އަންނަ އަހަރުގެ ވޯލްޑް ކަޕުން އޮޓެމެޓިކްކޮށް ޖާގަ ލިބެއެވެ. އެގޮތުން 17 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައި މެކްސިކޯ އޮތްއިރު ދެވަނައިގައި ކޮސްޓަރިކާ އޮތީ 14 ޕޮއިންޓާއެކުއެވެ. އަދި އެމެރިކާ އޮތީ ޕޮއިންޓްގެ ގޮތުން އެއްވަރުވެ ލަނޑުގެ ތަފާތުން ތިން ވަނައިގައެވެ.

މެކްސިކޯގެ އިތުރުން އަންނަ އަހަރުގެ ވޯލްޑް ކަޕުން ޖާގަ ކަށަވަރު ކޮށްފައި ވަނީ ބްރެޒިލްއާ އީރާންއާ ޖަޕާންގެ އިތުރުން އެ މުބާރާތް ބާއްވާ ގައުމު ކަމަށްވާ ރަޝިއާއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި

މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި

18 ޖެނުއަރީ 2017
މޮޅު ކުޅުންތެރިޔާގެ އެވޯޑާއެކު ހުވަފެން ހަގީގަތަކަށް ވެއްޖެ: ސެންޓޭ

މޮޅު ކުޅުންތެރިޔާގެ އެވޯޑާއެކު ހުވަފެން ހަގީގަތަކަށް ވެއްޖެ: ސެންޓޭ

17 ޖެނުއަރީ 2017
ފުޓްބޯލް އެވޯޑް ނައިޓަށް ޑްވައިޓް ޔޯކް ރާއްޖެ އަތުވެއްޖެ

ފުޓްބޯލް އެވޯޑް ނައިޓަށް ޑްވައިޓް ޔޯކް ރާއްޖެ އަތުވެއްޖެ

15 ޖެނުއަރީ 2017
ނިއުގެ ގާނާގެ ޑިފެންޑަރު އެޓީމާ ގުޅެން މާލެ އަތުވެއްޖެ

ނިއުގެ ގާނާގެ ޑިފެންޑަރު އެޓީމާ ގުޅެން މާލެ އަތުވެއްޖެ

11 ޖެނުއަރީ 2017
ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

11 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު