Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

ހަރަދު ކުޑަ ކުރަން، މެންބަރުންނަށް ލިބޭ އިންޝުއަރެންސް ހުރިހާ ދިވެހިންނަށް ދިނުމަށް ގޮވާލާ ޕެޓިޝަނެއް ހުށަހަޅައިފި

22 އޮކްޓޯބަރު 2026 | ބުރާސްފަތި 21:10

މަޖިލިސް މެންބަރުންގެ އިންޝުއަރެންސް ޕެކޭޖަކީ އާސަންދައަށްވުރެ ދައުލަތަށް ފައިދާހުރި ނިޒާމެއް ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވުމާ ގުޅިގެން، އެ ޕެކޭޖު ހުރިހާ ރައްޔިތުންނަށް ދިނުމަށް ގޮވާލާ ޕެޓިޝަނެއް ހުށަހަޅައިފި. މި ޕެޓިޝަންގައި ވަނީ ދައުލަތުގެ ހަރަދު ކުޑަކުރުމަށްޓަކައި މެންބަރުންނަށް ލިބޭ ފަދަ ގެއްލުން ކުޑަ އިންޝުއަރެންސް ނިޒާމެއް އާންމުންނަށް ގާއިމުކޮށްދިނުމަށް އެދިފައި

ޝާއިން މުޙައްމަދު
ޝާއިން މުޙައްމަދު | 22 އޮކްޓޯބަރު 2026 | ބުރާސްފަތި 21:10
ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލިސް | ރައްޔިތުންގެ މަޖިލިސް

 ހަރަދު ކުޑަ ކުރަން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ލިބޭ ހެލްތް އިންޝުއަރެންސް ހުރިހާ ދިވެހިންނަށް ދިނުމަށް ގޮވާލާ ޕެޓިޝަނެއް ހުށަހަޅައިފި އެވެ. 

މި ޕެޓިޝަން ހުށަހަޅާފައިވަނީ ސޯޝަލް މީޑިއާ އެކްޓިވިސްޓް މިދުއާމް ސައުދު އެވެ. އެގޮތުން މި ޕެޓިޝަންގައި ވަނީ ދައުލަތާއި ރައްޔިތުންނަށް ފައިދާ ބޮޑު ގޮތެއް އޮއްވާ، ދައުލަތާއި ރައްޔިތުންނަށް ގެއްލުން ބޮޑު އާސަންދާ އާންމު ރައްޔިތުންނަށް ދިނުމަކީ ސަބަބުވެރި ގޮތެއް ނޫން ކަމަށާއި ކޮށްގެން ވާނެ ކަމެއް ވެސް ނޫން ކަމަށް ބުނެފައި އެވެ. އަދި ދައުލަތުގެ ހަރަދު ކުޑަކޮށް، ގެއްލުން ވީހާވެސް ކުޑަކޮށް، ފައިދާ ވީހާވެސް ބޮޑުވާނެ ގޮތަކަށް ހެލްތް އިންޝުއަރެންސް ސްކީމުތައް ހިންގުމަކީ ސަރުކާރުގެ ގާނޫނީ ޒިންމާއެއް ކަން މި ޕެޓިޝަންގައި ފާހަގަކޮށްފައިވެ އެވެ. 

Advertisement - newsAdvertisement

މި ޕެޓިޝަންއަކީ އާންމު ރައްޔިތުންނަށް ނުލިބޭ، މަޖިލިސް މެންބަރުންނަށް ލިބޭ އަގު ބޮޑު ހެލްތް އިންޝުއަރެންސް ކަނޑާލުމަށް ގޮވާލާ 7000 އަށް ވުރެ ގިނަ އާންމުން ހުށަހެޅި ޕެޓިޝަނަށް ބަހުސް ކުރައްވަމުން، މަޖިލިސް މެންބަރުންނަށް މިހާރު ލިބޭ އިންޝުއަރެންސް އިން ދައުލަތަށް ވަނީ ފައިދާ ކަމަށާއި، އާންމުންނަށް ދޭ އާސަންދާއިން ވަނީ ގެއްލުން ކަމަށް އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ވެރިކަން ކުރާ ޕާޓީ ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕް ލީޑަރު އިބްރާހިމް ފަލާހު ވަނީ 19 އޮކްޓޫބަރުގައި ބޭއްވުނު މަޖިލިސް ޖަލްސާގައި ވިދާޅުވުމާއި ގުޅިގެން ހުށަހެޅުނު ޕެޓިޝަން އެކެވެ. 

ހަމައެއާއެކު، ރައްޔިތުން މަޖިލީހުގެ މެންބަރުންނަށް މިހާރު ލިބޭ ހެލްތު އިންޝުއަރެންސް އަކީ އާސަންދާ އަަށްވުރެ ގެއްލުން ކުޑަ، ރައްޔިތުންނާއި ދައުލަތަށްވެސް މާ ފައިދާ ބޮޑު ހެލްތް އިންޝުއަރެންސް ޕެކޭޖެއް ކަމަށް މެންބަރު ފަލާހު ވަނީ ތަފްސީލާއެކު މަޖިލިސް ތަޅުމުގައި ވިދާޅުވެ ދެއްވަވާފައި އެވެ.

އެހެންމަ އޭގެ މާނައަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް 24،000 ރުފިޔާ އަހަރަކު ދައްކާފަ، އޭގެ އިތުރުން މެންބަރަކު ކިތަންމެ ބޮޑު ހަރަދެއް ކުރިއަސް، އެއީކީ ދައުލަތުގެ ބަޖެޓުން ކުރާ ހަރަދެއް ނޫން. އެހެންނަމަވެސް މީގަ އަނެއްކޮޅަށް ބަލައިފިކަމަށް ވަންޏާމު އާސަންދަ ނިޒާމުގަ އަޅުގަނޑަށްވެސް، ދިވެހި ކޮންމެ ރައްޔިތަކަށްވެސް، މިހަރަދު ކުރަނީ، މިވަގުތު އެނިޒާމު އޮތްގޮތުން، ހަމަ ސީދާ ދައުލަތުގެ ބަޖެޓުން އެބަ ހަރަދުވޭ، މިސާލަކަށް ބޮޑު ބައްޔެއް މީހަކަށް ދިމާވީ، ދިވެހި ރައްޔިތަކަށް، މިސާލަކަށް ކެންސާރ ނުވަތަ މިފަދަ ބޮޑު ނުރައްކާ ބައްޔެއް ދިމާވީ، ހިނގައިދާނެ އަހަރަކު ހަ މިލިއަން ރުފިޔާވެސް، ހުސްނުވާ އާސަންދަ މިއޮތީ، އެ ހަމިލިއަންވެސް، ހަތް މިލިއަންވެސް، ދިހަ މިލިއަންވެސް، ހަރަދުވާނީ ހަމަ ދައުލަތުގެ ބަޖެޓުން، އާސަންދަ ނިޒާމުގަ، އެހެންވީމަ ބަލާލަން އެބަޖެހޭ ކޮން ނިޒާމެއްގައިތޯ ދައުލަތަށް ގެއްލުން ކުޑަވެގެން މިދަނީ. މިސާލަކަށް އަޅުގަނޑުމެން މި ޕެކޭޖު ރައްޔިތުންގެ މަޖިލީހު މެންބަރަކު ނަގާފަ މިއޮންނަނީ، ނަގާފަ އޮންނަ އިރު ހަގީގަތުގައި ދައުލަތަށޭ މީގެ ފައިދާ ބޮޑީ، ރައްޔިތުންނަށް ފައިދާ ބޮޑީ، އޭގެ މާނައަކީ އަހަރު އަޅުގަނޑުމެންނަށް އާސަންދަ އެ އޮންނަ، ދައުލަތުން ހަރަދު ކުރާ އާސަންދަ ތެރެއިން އަޅުގަނޑުމެންނެއް، ހަރަދު ކުރާކަށް ނުޖެހޭ 1،3500،000 ރުފިޔާ އާއި ހަމަޔަށް އަޅުގަނޑުމެން އަހަރަކު ހަރަދު ކުރާއިރު
އިބްރާހިމް ފަލާހު 

އެހެންކަމުން، މެންބަރު ފަލާހު އިރުޝާދު ދެއްވެވި ގޮތަށް، ދައުލަތާއި ރައްޔިތުންނަށް ލިބޭ ގެއްލުން ކުޑަކޮށް، ހަރަދު ކުޑަ ކުރުމުގެ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ލިބިލައްވަވާ، އާސިއާން، ޔޫރަޕް އަދި މެދުއިރުމަތީގެ 19 ވަރަކަށް ގައުމު ހިމެނޭ، ދައުލަތަށް ގެއްލުން ކުޑަ، އާސްނަދާއަށް ވުރެ ފައިދާ ބޮޑު، އިންޝުއަރެންސް ޕެކޭޖު ހުރިހާ ދިވެހި ރައްޔިތުންނަށް ވެސް ވީހާ ވެސް އަވަހަކަށް ދިނުމަށް ގޮވާލާ ވަނީ ޕެޓިޝަން ހުށަހަޅާފައި އެވެ. 

މިދުއާމް ސައުދުމަޖިލީހުގެ މެންބަރުންހެލްތް އިންޝުއަރެންސް

އެންމެ ހިނގާ

1

ބެއިޖިންގގެ ހުއްދަ ނެތި އެމެރިކާގެ މަނަވަރެއް ޗައިނާ ކަނޑަށް، މަސްރަހު ހޫނުވެ ޗައިނާގެ އިންޒާރެއް

2

ވިންޑްސަރ ގަނޑުވަރުގައި ރަސްގެފާނު ޗާލްސް އަރަބި ބަހުން ވިދާޅުވީ މާތް ނަބިއްޔާގެ ހަދީސްފުޅެއް!

3

ބިމުގެ އަޑީގައިވާ އީރާންގެ ނިއުކްލިޔަރ މަރުކަޒުތައް ނައްތާލަން އެމެރިކާއާއި އިސްރާއީލުން ތައްޔާރުވަނީ!

4

މުއިއްޒު އާއި އެކު ޝެހެބާޒް ދެއްވި ރަސްމީ ސްޓޭޓްމަންޓުގައި ކަޝްމީރުގައި ވަކި ދައުލަތެއް ބިނާކުރުމަށާއި، ސިންދު ކޯރުގެ މައްސަލައިގައި ރަތްރޮނގު ހުރަސްކުރާނަމަ ހަނގުރާމައަކަށް ދާންޖެހިދާނެކަމުގެ އިންޒާރު!

5

ރައީސް އޮފީސް، މަޖިލިސް އަދި ސުޕްރީމް ކޯޓުގައި ހުޅުޖަހާ ވާހަކަ ދެއްކި ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޒިހާން ހައްޔަރު ކޮށްފި

އިތުރަށް ކިޔާލަން

04 ސެޕްޓެމްބަރު 2025

ތަޖުރިބާކާރެއްގެ ނަޒަރުން މެމްބަރުންގެ މާލީ ބަޔާން - މެމްބަރު ޝުޖާއުގެ ބަޔާނުގައި ވާނުވާ ނޭނގޭ 11.3 މިލިއަން ރުފިޔާ

04 ސެޕްޓެމްބަރު 2025
ތަޖުރިބާކާރެއްގެ ނަޒަރުން މެމްބަރުންގެ މާލީ ބަޔާން - މެމްބަރު ޝުޖާއުގެ ބަޔާނުގައި ވާނުވާ ނޭނގޭ 11.3 މިލިއަން ރުފިޔާ
03 ސެޕްޓެމްބަރު 2025

މިހާތަނަށް މާލީ ބަޔާން ހުށަނާޅަނީ ޕީއެންސީގެ 4 މެމްބަރުންނާއި އެމްއެންޕީގެ ނާޒިމް

03 ސެޕްޓެމްބަރު 2025
މިހާތަނަށް މާލީ ބަޔާން ހުށަނާޅަނީ ޕީއެންސީގެ 4 މެމްބަރުންނާއި އެމްއެންޕީގެ ނާޒިމް
05 ޖޫން 2025

އަނެއްކާވެސް މުއިއްޒު އުނބަށް

05 ޖޫން 2025
އަނެއްކާވެސް މުއިއްޒު އުނބަށް
17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
13 ޖެނުއަރީ 2017

އެމްއެންޔޫގެ އޮޑިޓް ރިޕޯޓް: ކެމްޕަސްތަކުން ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލީ ރެކޯޑް ކަށަވަރެއް ނުވޭ

13 ޖެނުއަރީ 2017
އެމްއެންޔޫގެ އޮޑިޓް ރިޕޯޓް: ކެމްޕަސްތަކުން ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލީ ރެކޯޑް ކަށަވަރެއް ނުވޭ
11 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

11 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!
11 ޖެނުއަރީ 2017

ކަނޑުއުޅަނދު އިންޝުއަރެންސް ކުރުން ހަމައެކަނި އެލައިޑުން

11 ޖެނުއަރީ 2017
ކަނޑުއުޅަނދު އިންޝުއަރެންސް ކުރުން ހަމައެކަނި އެލައިޑުން
10 ޖެނުއަރީ 2017

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

10 ޖެނުއަރީ 2017
ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން
10 ޖެނުއަރީ 2017

ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!

10 ޖެނުއަރީ 2017
  ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް