Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޤައުމީ ސަލާމް

ޤައުމީ ސަލާމް ކިޔާއިރު މޭމަތީގައި އަތް އެޅުމަކީ ޤާނޫނެއްގަައި އޮންނަ ކަމެއް ނޫން: ރައީސް މައުމޫން

16 ސެޕްޓެމްބަރު 2026 | ބުދަ 02:33

ޤައުމީ ސަލާމް ކިޔާއިރު މޭމަތީގައި އަތް އެޅުމަކީ ރާއްޖޭގެ އެއްވެސް ޤާނޫނެއް ނުވަތަ ޤަވާއިދެއްގައި އޮންނަ ކަމެއް ނޫން ކަމަށް ކުރީގެ ރައީސް މައުމޫން ވިދާޅުވެއްޖެ. އެކިއެކި ރަސްމިއްޔާތުތަކުގައި މިގޮތަށް އަމަލުކުރާ މަންޒަރު ފެނުނު ނަމަވެސް، މިއީ ދިވެހި ސަގާފީ އަދި ޤާނޫނީ އުސޫލުތަކުގައި އޮންނަ ކަމެއް ނޫންކަން އެމަނިކުފާނު ވަނީ ހަނދާންކޮށްދެއްވާފައި

ނާޒުމީ ސައީދު
ނާޒުމީ ސައީދު | 16 ސެޕްޓެމްބަރު 2026 | ބުދަ 02:33
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، މެލޭޝިއާ ބޮޑުވަޒީރުގެ ޝަރަފުގައި ބޭއްވެވި ފުރަމާނަ މެންދުރުގެ ފަރިއްކޮޅުގެ ތެރެއިން

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، މެލޭޝިއާ ބޮޑުވަޒީރުގެ ޝަރަފުގައި ބޭއްވެވި ފުރަމާނަ މެންދުރުގެ ފަރިއްކޮޅުގެ ތެރެއިން | ރައީސް އޮފީސް

ދިވެހިރާއްޖޭގެ ޤައުމީ ސަލާމް ކިޔާއިރު މޭމަތީގައި އަތް އެޅުމަކީ ރާއްޖޭގެ އެއްވެސް ޤާނޫނެއްގައި ނުވަތަ ޤަވާއިދެއްގައި އޮންނަ ކަމެއް ނޫން ކަމަށް ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައީސް މައުމޫން މިހެން ވިދާޅުވީ އަންގާރަ ދުވަހު އެމަނިކުފާނުގެ ރަސްމީ 'އެކްސް' އެކައުންޓުން ކުރެއްވި ޕޯސްޓެއްގަ އެވެ.

Advertisement - newsAdvertisement

އެމަނިކުފާނު ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވަނީ، "މާފު ކުރައްވާށެވެ. ޤައުމީ ސަލާމް ކިޔާއިރު މޭމަތީގައި އަތް އެޅުމަކީ ދިވެހިރާއްޖޭގެ ޤާނޫނެއްގައި ވެސް ނުވަތަ ޤަވާއިދެއްގައި ވެސް އޮންނަ ކަމެއް ނޫނެވެ."

ރައީސް މައުމޫން އެހެން އިޝާރާތް ކުރެއްވީ ކޮން މުނާސަބަތަކާ ގުޅުވައިގެން ކަމެއް ސާފެއް ނުވެ އެވެ. 

އެހެންނަމަވެސް އެކިއެކި ރަސްމިއްޔާތުތަކާއި ޖަލްސާތަކުގައި ޤައުމީ ސަލާމް ކިޔާއިރު، މޭމަތީގައި އަތް އަޅައިގެން ތިބެ ޤައުމީ ސަލާމް ކިޔާތަން ވަރަށް ގިނައިން ފެންނަމުންދެ އެވެ. 

ރާއްޖޭގައި ބާއްވާ ރަސްމީ އެކި އިހުތިފާލުތަކުގައްޔާއި ސްކޫލްތަކުގެ އެސެމްބްލީތަކުގައި ޤައުމީ ސަލާމް ކިޔާއިރު، ބައެއް ފަރާތްތަކުން ކަނާތް މޭމަތީގައި ބާއްވައިގެން ތިބޭ މަންޒަރު އާންމުކޮށް ފެނެ އެވެ. ނަމަވެސް، ޤައުމީ ސަލާމް ކިޔާއިރު އަމަލުކުރަންޖެހޭ ދިވެހި ސަގާފީ އަދި ޤާނޫނީ އުސޫލުތަކަށް ބަލާއިރު މޭމަތީގައި އަތް އެޅުމަކީ އޮންނަ އުސޫލެއް ނޫންކަން ރައީސް މައުމޫން މިވަނީ ހަނދާންކޮށްދެއްވާފަ އެވެ.

ޤައުމީ ސަލާމްމައުމޫން އަބްދުލްގައްޔޫމް

އެންމެ ހިނގާ

1

އެމްއޭސީއެލް މުވައްޒަފުންގެ ބޯނަސްއަކީ ކޮންމެހެން ދޭން ޖެހޭ އެއްޗެއް ނޫން، މިއަހަރު ބޯނަސް ދޭން އަދި ނުނިންމާ: އެމްއޭސީއެލް

2

މެލޭޝިއާގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދިވެހި އަންހެން ދަރިވަރަކު ނިޔާވެއްޖެ

3

ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުުރުމުގެ ތެރޭގައި "ޕްރްކެޓިކަލް އަދަދަކަށް" މުވައްޒަފުން ނެގުމަށްފަހު ބާކީ ތިބި މުވައްޒަފުން ވަކިކުުރުމަށް ރައީސް އޮފީހުން އަންގައިފި

4

ވިއެޓްނާމަށް ގަވާއިދާ ހިލާފަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި، ރާއްޖޭގެ ރައްޔިތަކު 20 އަހަރަށް ޖަލަށް!

5

އެމެރިކާއިން އެއްގަމު މަގުން އަރައިފިނަމަ އަސްކަރީ މަރުކަޒުތަކާއި އާގުބޯޓުފަހަރަށް ހަމަލާދޭނަން: އީރާން

އިތުރަށް ކިޔާލަން

13 ސެޕްޓެމްބަރު 2026

ކާބަފައިން ވޭތުވެދިޔަ 900 އަހަރު ސާބިތުކޮށްދެއްވީ ވަރަށް ވަރުގަދަ ފިލާވަޅެއް، އިސްލާމްދީނަށް ކުޑަވެސް ލޮޅުމެއް އެރިއަކަ ނުދެއްވާ، އެދުމަކީ ކުރިއަށް އޮތްތާނގައިވެސް ދީނަށް ވަފާތެރި ތެދުވެރި ގައުމެއް ގޮތަށް ދެމިއޮތުން: ރައީސް މައުމޫން

13 ސެޕްޓެމްބަރު 2026
ކާބަފައިން ވޭތުވެދިޔަ 900 އަހަރު ސާބިތުކޮށްދެއްވީ ވަރަށް ވަރުގަދަ ފިލާވަޅެއް، އިސްލާމްދީނަށް ކުޑަވެސް ލޮޅުމެއް އެރިއަކަ ނުދެއްވާ، އެދުމަކީ ކުރިއަށް އޮތްތާނގައިވެސް ދީނަށް ވަފާތެރި ތެދުވެރި ގައުމެއް ގޮތަށް ދެމިއޮތުން: ރައީސް މައުމޫން
01 ފެބުރުއަރީ 2026

ޑރ. ވަހީދު އެޕްސްޓީން އަށް: މިއުޅެނީ މުސްކުޅި ރައީސް މައުމޫނަށް ރަނގަޅު ފިލާވަޅެއް ދޭން، ސިޔާސީ ކަންކަމުން ދުރަށް ގޮސް، ރިޓަޔަރ ކޮށްގެން ހުންނަވަން ދަސްކޮށްދޭން!

01 ފެބުރުއަރީ 2026
ޑރ. ވަހީދު އެޕްސްޓީން އަށް: މިއުޅެނީ މުސްކުޅި ރައީސް މައުމޫނަށް ރަނގަޅު ފިލާވަޅެއް ދޭން، ސިޔާސީ ކަންކަމުން ދުރަށް ގޮސް، ރިޓަޔަރ ކޮށްގެން ހުންނަވަން ދަސްކޮށްދޭން!
07 ޖޫން 2025

ޑިމޮކްރަސީ އަދި ލާމަރުކަޒީ ނިޒާމު ވެސް ރަނގަޅަށް ނުހިނގަނީ ގާނޫނު އަސާސީގައި ހުރި ބާގަނޑުތަކެއްގެ ސަބަބުން: ވަހީދު

07 ޖޫން 2025
ޑިމޮކްރަސީ އަދި ލާމަރުކަޒީ ނިޒާމު ވެސް ރަނގަޅަށް ނުހިނގަނީ ގާނޫނު އަސާސީގައި ހުރި ބާގަނޑުތަކެއްގެ ސަބަބުން: ވަހީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް