އެފްއެޗްއޭއެމް އެގްޒިބިޝަން އާއި ކަލިނަރީ ޗެލެންޖު 2026 ފަށައިފި
7 ސެޕްޓެމްބަރު 2026 | ހޯމަ 18:14ފަތުރުވެރިކަމާއި މެހެމާންދާރީގެ ދާއިރާއަށް ބޭނުންވާ އައު އީޖާދުތަކާއި ކެއްކުމުގެ ހުނަރުތައް ދައްކާލުމަށް ބާއްވާ މި ހަރަކާތް ސެޕްޓެމްބަރު 9 ގެ ނިޔަލަށް ހުޅުމާލޭގައި ކުރިއަށްދާނެ. މި އެގްޒިބިޝަންގައި ރާއްޖޭގެ ބޮޑެތި ކުންފުނިތަކުން ބައިވެރިވެ އައު އުފެއްދުންތައް ތައާރަފުކުރާއިރު، ދާއިރާގެ ފަންނީ މީހުންގެ މެދުގައި ގުޅުން ބަދަހިކުރުމަށް ތަފާތު މުބާރާތްތަކެއް ވެސް ކުރިއަށްދާނެ


އެފްއެޗްއޭއެމް އެގްޒިބިޝަން އާއި ކަލިނަރީ ޗެލެންޖު 2026 ފަށައިފި | ސަން
ފުޑް އެންޑް ހޮސްޕިޓަލިޓީ އޭޝިއާ މޯލްޑިވްސް (އެފްއެޗްއޭއެމް) އެގްޒިބިޝަން އާއި ކަލިނަރީ ޗެލެންޖު 2026 ފަށައިފި އެވެ.
ހޯމަ ދުވަހު ފެށި އެފްއެޗްއޭއެމް އެގްޒިބިޝަން އާއި ކަލިނަރީ ޗެލެންޖު 2026 އިފުތިތާހުކޮށްދެއްވީ ޓުއަރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނިޔާޒު އެވެ. ހުޅުމާލެ މަންހެޓަން ގްރޭންޑް ހޮޓެލުގައި ބާއްވާ މި އެގްޒިބިޝަން ސެޕްޓެމްބަރު 9 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާނެ އެވެ.
ދުނިޔޭގެ ފެންވަރުގެ ކެއްކުމުގެ ހުނަރުވެރިންނާއި ފޯރިގަދަ މުބާރާތްތަކުގެ އިތުރުން، މެހެމާންދާރީގެ ދާއިރާއަށް ބޭނުންވާ އައު އީޖާދުތަކާއި ދާއިރާގެ އެންމެ ކުރިއަރާފައިވާ ބްރޭންޑްތަކާއެކު، އެފްއެޗްއޭއެމް 2026 ވެގެންދާނީ ރާއްޖޭގެ ފަތުރުވެރިކަމާއި މެހެމާންދާރީގެ ސިނާއަތް މީގެ ކުރިން ދުވަހަކު ވެސް ބައްދަލުނުކުރާ ފަދަ ގާތް ގުޅުމަކުން ގުޅުވާލަދޭނެ ބޮޑު ހަރަކާތަކަށެވެ. މި ހަރަކާތުގައި ކާބޯތަކެއްޗާއި މެހެމާންދާރީގެ ދާއިރާއަށް ބޭނުންވާ އެންމެ ފަހުގެ ހައްލުތަކުގެ އިތުރުން ކެއްކުމުގެ ދާއިރާގެ ފެންވަރު ރަނގަޅު އުފެއްދުންތައް ދައްކާލުމަށް ވަނީ ހަމަޖެހިފަ އެވެ.
މި އެގްޒިބިޝަންގައި ސިމްޑީ، ބީއެޗްއެމް، ޔޫރޯ މަރކެޓިންގ އަދި ޓެއިލަރ ޝޮޕް މޯލްޑިވްސްގެ ސްޓޯލްތައް ހުންނާނެ އެވެ. އެގޮތުން ބީއެޗްއެމް ސްޓޯލްއިން އޯލްޑް ޓައުން ކޮފީގެ އެކްސްޓްރާ ރިޗް، ހެޒްލްނަޓް، ކްލެސިކް އެންޑް ލެސް ޝުގަރ ލިބެން ހުންނާނެ އެވެ. އަދި ފްރީ ސާމްޕްލިން ވެސް ލިބެން ހުންނާނެ އެވެ.
ހަމައެއާއެކު، ޔޫރޯ މަރކެޓިންގ އިން ވަނީ އެފްއެޗްއޭއެމް އެގްޒިބަޝަންގެ ތެރެއިން އިތުރު ތަފާތު ޕްރޮޑަކްޓްތަކެއް ތައާރަފުކޮށްފަ އެވެ. ހަމައެއާއެކު، އަންގާރަ ދުވަހު 28 ބައިވެރިންނާ އެކު މޮކްޓެއިލް ޗެލެންޖެއް ބާއްވަން ވަނީ ހަމަޖެހިފަ އެވެ. މީގެ އިތުރުން ވެސް އިތުރު ޗެލެންޖުތައް ކުރިއަށް ދާނެ ކަމަށް މައުލޫމާތު ލިބެ އެވެ.
މި އެގްޒިބިޝަންގައި ހިމެނޭ ޓެއިލަރ ޝޮޕް މޯލްޑިވްސްގެ ސްޓޯލްއިން އެތަނުން ފޯރުކޮށްދޭ ހިދުމަތްތަކާ ގުޅޭ މައުލޫމާތު ލިބެން ހުންނާނެ އެވެ. އަދި ޓެއިލަރ ޝޮޕްއިން ތައްޔާރުކޮށްފައިވާ ޗެފް އަދި ކޯޕަރޭޓް ޔުނިފޯމްތަކާއި ސުއިޓްތައް ބަލާލުމުގެ ފުރުސަތު ލިބިގެން ދާނެ އެވެ.
އެފްއެޗްއޭއެމް އެގްޒިބިޝަން އާއި ކަލިނަރީ ޗެލެންޖަކީ ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތަކާއި އައު އީޖާދުތަކާއި މުބާރާތްތައް ބާއްވާ ދާއިރާގެ އިސް މީހުންނާ ގުޅުން ބަދަހިކުރުމަށް ކުރިއަށްދާ ހަރަކާތެކެވެ.








